Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބައްސާމް - ދަގަނޑޭ

އެފްއޭއެމްގެ ރައީސް ބައްސާމް އާއި ދަގަނޑޭ ބައްދަލުކޮށްފި

ދަގަނޑޭއަށް ގައުމީ ޓީމުން ޖާގަ ދިނުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުން

ލީވާން އަލީ
ލީވާން އަލީ | 25 އޯގަސްޓު 2019 | އާދީއްތަ 02:54
ބައްސާމް (ކ) އަދި ދަގަނޑޭ (ވ)

ބައްސާމް (ކ) އަދި ދަގަނޑޭ (ވ)

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލު އާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބައްދަލުކޮށްފިއެވެ.

ދަގަނޑޭ އާއި ބައްސާމް ބައްދަލުކޮށްފައި މިވަނީ ދަގަނޑޭއަށް ގައުމީ ޓީމުން ޖާގަ ނުލިބުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އެފްއޭއެމްއަށް އަދި ގައުމީ ކޯޗު ޕީޓަރ ސެގާޓްއަށް އަމާޒުވަމުން އައި ދަނޑިވަޅެއްގައެވެ.

ބައްދަލުވުމަށްފަހު ދަގަނޑޭ މީސް މީޑިއާގައި ބުނީ، ބައްސާމްއާ އެކު ކުރެވުނު ބައްދަލުވުމަށްފަހު ފުޓުބޯޅައިގެ މުސްތަގުބަލު އޮތީ އުޖާލާކޮށްކަމާމެދު އުންމީދު އާވެއްޖެ ކަމަށެވެ. އަދި ބައްސާމްއާއެކު ރަނގަޅު ބައްދަލުވުމެއް ކުރިޔަށް ގެންދެވުނު ކަމަށެވެ.

ގައުމީ ޓީމުން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފާނެ ކަމަށް ދާދި ފަހުން ދަގަނޑޭ ވަނީ ބުނެފައެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ނަމަވެސް އޭނާއަށް ގައުމީ ޓީމުން ޖާގަ ދީފައިނުވާއިރު، ގައުމީ ކޯޗު ޕީޓަރ ސެގާޓް ބުނީ، އަމާޒަކީ ޒުވާން ކުޅުންތެރިން އުފެއްދުން ކަމަށެވެ. އަދި އޭނާ ވަނީ ދަގަނޑޭއަށް މަލާމާތް ރައްދުވާ ފަދަ އިބާރާތުން ވާހަކަވެސް ދައްކާފައެވެ.

ބައްދަލުވުމަށްފަހު ބައްސާމް މީސް މީޑިއާގައި ވިދާޅުވީ، ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދަގަނޑޭއާއެކު ރަނގަޅު ވާހަކަތަކެއް ކުރިޔަށް ގެންދެވިފައިވާ ކަމަށެވެ. އަދި ގައުމީ ޓީމުތަކާއި، ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބައްސާމް ވަނީ ދާދި ފަހުން ދިވެހި ފުޓުބޯޅައިގެ މުސްތަގުބަލާ ގުޅޭގޮތުން ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްއާވެސް ބައްދަލުކުރައްވާ މައުލޫމާތު ހިއްސާކުރައްވާފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު