Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް

އައްޑޫ ސިޓީ ކައުންސިލުން ދެމުންގެންދާ ޚިދުމަތްތައް މެދުކަނޑާލައިފި

23 މެއި 2021 | އާދީއްތަ 06:13

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ދެމުން އަންނަ ބައެއް ޚިދުމަތްތައް ވެސް ވަނީ މެދުކަނޑާލާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 މެއި 2021 | އާދީއްތަ 06:13
އައްޑޫ ސިޓީގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ ކަމާގުޅޭ ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުން

އައްޑޫ ސިޓީގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ ކަމާގުޅޭ ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުން

އައްޑޫ ސިޓީ ކައުންސިލުން ދެމުންގެންދާ ޚިދުމަތްތައް މެދުކަނޑާލައިފިއެވެ.

މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން،  ޞިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން މި މަހުގެ 1 ވަނަ ދުވަހު އެންގި އެންގުމުން އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލާފައިވާތީ އާއި މިވަގުތު އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ވަކިގޮތެއް އަންގަންދެން، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި އެއިދާރާގެ ދަށުން ހިނގަމުންދާ އަވަށު އޮފީސްތަކުން ދެމުންގެންދާ އެންމެހާ ޚިދުމަތްތައް ދިނުންް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކައުންސިލް އިދާރާއިން ދެމުންގެންދާ ޚިދުމަތްތައް ދިނުން މެދުކަނޑާލި ނަމަވެސް އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރާއި ސޯޝަލް ސަޕޯޓް ޑެސްކްތަކުން ދެމުންގެންދާ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ލިބޭނެ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އާދީއްތަ ދުވަހުން ފެށިގެން ކޮވިޑް-19 އާ ގުޅިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މެދުކަނޑާފައިވާ ޚިދުމަތްތައް ފެށެންދެން ހޮސްޕިޓަލަށް ވަދެ ނިކުތުމަށް ބޭނުންކުރާ އޯޕީޑީފަޅީގެ ދޮރާށި ބަންދުކުރެވި ހޮސްޕިޓަލަށް ވަދެ ނިކުތުމަށް ހަމައެކަނި އެމަރޖެންސީ ފަޅީގެ ދޮރާށި ބޭނުންކުރުމަށް ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައްޑޫ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އެންމެ ފަހުން އާންމުކުރި މައުލޫމާތުތައް ދައްކާ ގޮތުން ހޮނިހިރު ދުވަހު އެ ސިޓީން އިތުރު 9 މީހަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވްވި 9 މީހުންގެ ތެރޭގައި ހިމެނެނީ ހިތަދޫން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ޕޮޒިޓިވްވި 5 މީހަކާއި ރޭންޑަމް ސާންޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހަކާއެކު 6 މީހުންނެވެ. ހުޅުދޫ އަވަށުން ވެސް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 2 މީހަކު ޕޮޒިޓިވްވެފައިވާ އިރު ގަމުގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އައްޑޫ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑް އޮތްކަމަށް އިއުލާންކޮށްފައިވާ އިރު، މި ފަހުން އެ ސިޓީން ވަނީ 201 މީހަކު ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 38 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، 6 މީހަކަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. އެކްޓިވް ކޭސްގެ ގޮތުގައި ފާހަގަ ކުރެވޭ 163 ކޭސްގެ ތެރެއިން އެންމެ ގިނަ މީހުން ހިމެނެނީ ހިތަދޫ އަވަށުގައެވެ. އެ އަވަށުގައި 92 މީހަކު އެބަތިއްބެވެ. އެގޮތުން ހުޅުދޫގައި 41 މީހުން، ފޭދޫގައި 12 މީހުން، މީދޫގައި 9 މީހުން، އަދި މަރަދޫގައި 6 މީހުންނާއި މަރަދޫ ފޭދޫގައި އެކަކު އަދި ރިސޯޓްތަކުގައި 2 މީހުނ އެކްޓިވް ކޭސްގެ ގޮތުގައި އެބަތިއްބެވެ.

އައްޑޫ އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު، ހޮނިހިރު ދުވަހު 189 ސާމްޕަލް ނަގާފައިވާ އިރު މިހާތަނަށް މުޅި ޖުމްލަ 3097 ސާމްޕަލް ނަގާ ޓެސްޓް ކުރެވިފައިވެއެވެ. އަދި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 514 މީހަކު ވަނީ ފާހަގަކުރެވިފައެވެ.

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

3

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

4

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

5

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް