Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފީފާ ވޯލްޑް ކަޕް

ޖަޕާނުގެ ހިތްވަރާއި ފެންވަރު، ވޯލްޑް ކަޕްގައި އޭޝިއާގެ އުއްމީދު އޮތީ އެމީހުންނާއެކު

ޖަޕާންގެ އުއްމީދަކީ ކްރޮއޭޝިޔާގެ ކުރިމަތީގައި އިސްއުފުލައިގެން ތިބުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2022 | ހޯމަ 10:19
ޖަޕާން އަދި ސްޕެއިން ކުޅުނު މެޗުގެ ތެރެއިން

ޖަޕާން އަދި ސްޕެއިން ކުޅުނު މެޗުގެ ތެރެއިން

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ފެށިއިރު ކުރީގެ ދެ ޗެމްޕިއަނުން ކަމަށްވާ ޖަރުމަނާއި ސްޕެއިން ބަލިކޮށް ގަދަ 16 އަށް ޖަޕާން ދަތުރުކޮށްފާނެ ކަމަށް ގިނަ ބަޔަކު ހިޔެއް ނުކުރާނެއެވެ. ނަމަވެސް ޖަރުމަނު މުބާރާތުން ކަޓުވާލައި ޖަޕާން ދެ ވަނަ ބުރަށް ދިއުމަކީ ވަރަށް ބޮޑު ހައިރާން ކަމެއް ގެނުވި ކަމެކެވެ. ސްޕެއިން އަތުން މޮޅުވި މެޗަށް ފަހު މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަކަން ކަށަވަރުވުމުން ޖަޕާން ކުޅުންތެރިން އުފާފާޅު ކުރީ މުބާރާތުގެ ތަށި ލިބިގެން އުޅޭ ފަދަ ބައެއްގެ ގޮތުގައެވެ. ހަގީގަތުގައި ވެސް ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ދެ ބާރުގެ މައްޗަށް ވޯލްޑްކަޕުގައި ކުރި ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. މިހެންވެ މިހާރު އުފެދޭ ސުވާލަކީ ޖަޕާން ކިހާ ދުރަކަށް ދަތުރުކޮށްފާނެތޯ؟މި ސުވާލެވެ.

މީގެ 20 އަހަރު ކުރިން އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރި ޖަޕާން ޓީމާ ހިލާފަށް މި ފަހަރުގެ ޓީމަކީ މާމޮޅު ޓީމެކެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި އެމީހުންގެ މޮޅުކަން ފެންނަނީ ކުޅުންތެރިންގެ ވިސްނުން ބަދަލުވެފައިވާތީއެވެ. ޖަޕާނުގެ ކޮންމެ ކުޅުންތެރިއަކު ވެސް ދެކޭ ގޮތުގައި އެމީހުންނަކީ މިހާރު ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭނެ ބައެކެވެ. ކޮންމެ ޓީމެއް ވެސް ބަލިކުރެވިދާނެހާ ގާބިލްކަން ހުރި ޓީމެކެވެ. މި ވިސްނުމުގައި މިރޭ ކްރޮއޭޝިޔާއާ ދެކޮޅަށް ނުކުންނައިރު ޑިފެންޑަރު ޔޫޓޯ ނަގަމޯޓޯ ވެސް ދެއްކީ ހަމަ އެއް ވާހަކަ އެކެވެ. އޭނާ ބުނީ ހަނގުރާމައަކަށް ނުކުތުމުގެ ކުރިން ލިބިފައިވާ ހަތިޔާރުތައް ރަނގަޅަށް ތޫނުކޮށް، ތައްޔާރުކުރަން ޖެހޭ ކަމަށާއި ކުރިމަތިލާންޖެހޭ ވަގުތު ފަހަތަށް ޖެހި ބިރު ގަތުމަކީ އޮންނަ ކަމެއް ނޫން ކަމަށެވެ. އެފަދަ ބަޔަކަށް ކާމިޔާބު ނުލިބޭނެ ކަމަށާއި ކްރޮއޭޝިޔާއާ ދެކޮޅަށް ނުކުންނައިރު ދެ ޓީމުގެ ތަފާތު ކަރުދާހުން ބަލައިފިނަމަ އަސްލު މަންޒަރު ސިފަނުކުރެވޭނެ ކަމަށެވެ. އޭނާ ބުނީ ފުރަތަމަ ފަހަރަށް ކުއާޓަރ ފައިނަލް ކުޅެން ޖަޕާން ކުޅުންތެރިން ސަމޫރާއީންގެ ފެންވަރު ދައްކާލަން ޖެހޭ ކަމަށެވެ.

މިމެޗަށް ނުކުންނައިރު ޑިފެންޑަރު ކޯ އިޓަކޫރާ ހުރީ ސަސްޕެންޑްކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުންނާނީ ޓަކެހީރޯ ޓޮމިޔާސޫއެވެ. އާސެނަލްގެ މި ޑިފެންޑަރަކީ ޓީމުގެ ފުރަތަމަ 11 ގެ ކުޅުންތެރިއަކަށް ވިޔަސް ކުރިން ކުޅުނު މެޗުތަކުގައި އޭނާ ނުފެނުނީ އަނިޔާގެ ސަބަބުންނެވެ. ޓޮމިޔާސޫ ބުނީ މިހާރު އޭނާ މުޅީން ފިޓްވެއްޖެ ކަމަށާއި ޓީމަށް އެހީތެރިވެދޭން ތައްޔާރު ކަމަށެވެ. ފަލަ މަސްގަނޑަށް ތަދުވާތީވެ އިއްޔެގެ ފަރިތަކުރުންތަކުގައި ބައިވެރިނުވިޔަސް ޓަކެފޫސާ ކޫބޭ މި މެޗުގައި ފެންނާނެއެވެ. ނަމަވެސް ހިރޮކީ ސަކާއީގެ ކުޑަކަޅުވާއަށް އަރާފައިވާ ތަދު އަދިވެސް އެބަހުއްޓެވެ.

މި މެޗަށް ނުކުންނައިރު ކްރޮއޭޝިޔާގެ ކޯޗު ޖަޕާނާ ބެހޭ ގޮތުން ބުނީ ސްޕެއިން އަތުން ޖަޕާން މޮޅުވެ، ޖަރުމަނު ކަޓުވާލި މެޗުގައި ސްޕެއިނުން ފުރަތަމަ ގޯލު ޖެހުމުން އޭނާ ވެސް ހީކުރީ އެ ހިސާބުން މުބާރާތުން ފޭލްވާނީ ޖަޕާން ކަމަށެވެ. އޭނާ އަދި ބުނީ މުބާރާތުގެ ކުރިން 16 ގައި ޖަޕާނާދެކޮޅަށް ކުޅެން ޖެހިއްޖެނަމަ ފަސޭހަވާނެ ކަމަށް ހީކުރެވުނު ކަމަށާއި ނަމަވެސް މިރޭ ޖަޕާނާ ދެކޮޅަށް ނުކުންނަން ޖެހިފައިވަނީ މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމު އިދިކޮޅުގައި އޮތުމުގެ އިހުސާސްތަކާއެކުގައި ކަމަށެވެ.

ތަޖުރިބާކާރުންގެ ނަޒަރުގައި ޖަޕާން ޓީމަކީ ކުރު ޕާސްތަކާއެކު އަވަސް ފުޓްބޯޅައެއް ކުޅޭ ޓީމަކަށްވުމުން ކްރޮއޭޝިޔާ އަށް މި މެޗަކީ މުބާރާތުގައި އެމީހުން ކުޅޭ އެންމެ އުނދަގޫ މެޗަށް ވެގެންދާނެއެވެ. އަނެއްކޮޅުން މުޅި އޭޝިޔާ މިހާރު ވަނީ ޖަޕާނާއި ދެކުނު ކޮރެޔާ މުބާރާތުގައި ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން އެމީހުންނަށް ހެޔޮއެދޭން ފަށައިފައެވެ. ޖަޕާންގެ އުއްމީދަކީ ކްރޮއޭޝިޔާގެ ކުރިމަތީގައި އިސްއުފުލައިގެން ތިބުމެވެ. ގަދަ ހިތްވަރާއެކު މޮޅުވެ ތާރީހު ބަދަލުކޮށްލުމެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ޖަޕާންކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު