Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އަޙުމަދު ފައުޒަންގެ ކުއްލި ވަކިވެދިއުން

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

ފައުޒަންއަކީ އެހެން ދަރިވަރުންނަށް ނަމޫނާ ދަރިވަރެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2021 | އާދީއްތަ 10:38
ގެނބިގެން މަރުވި ފުވައްމުލަކު ދޫޑިގަން، ޔޫރޯ، އުމުރުން 17 އަހަރުގެ އަޙުމަދު ފައުޒަން

ގެނބިގެން މަރުވި ފުވައްމުލަކު ދޫޑިގަން، ޔޫރޯ، އުމުރުން 17 އަހަރުގެ އަޙުމަދު ފައުޒަން

އުފާވެރި ދުވަހެކެވެ. ޗުއްޓީގެ ފަހު ދުވަހަށް ވުމާއެކު އެކުވެރިންނާއެކު މޫދަށް ދިޔައީ ކުޅޭށެވެ. ފުވައްމުލައް ސިޓީގެ ހިތްގައިމު މާނޭރެ އަތިރި އިތުރަށް ހިތްގައިމު ކުރުވަނީ އެސަރަޙައްދުގައި އުޅޭ ކުދިންގެ ހުނުމާއި މަޖަލުގެ ތެރެއިންނެވެ. އެ ހުނުމާއި މަޖާ ފުރޮޅި ހިތާމައަށް ވެގެން ހިނގައިދާފަދަ އޮއެވަރެއް ލާފާނެކަމުގެ އިޝާރާތެއްވެސް އޭރަކު ފެންނާކަށް ނެތެވެ. ފަތުރާލާފައި އޮތް އޮމާން ދޫލައެއްހެން ކަނޑު އޮތް ނަމަވެސް ހޮނިހިރު ދުވަހުގެ އިރު ދުނިޔެއާއި އަލްވަދާޢުކީ މުޅި ގައުމު ރޮއްވާލާފައެވެ.

ގެނބިގެން މަރުވި ފުވައްމުލަކު ދޫޑިގަން، ޔޫރޯ، އުމުރުން 17 އަހަރުގެ އަޙުމަދު ފައުޒަންއަކީ ކާމިޔާބު މޮޅު ކުއްޖަކަށްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އައި ކުއްޖެކެވެ. ގްރޭޑް 10 ގައި ތަޢުލީމު ޙާޞިލްކުރަމުން އައި ފައުޒަން، މަދަރުސީ ހަޔާތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު، އެނާއަކީ ސެކަންޑް ޏ ސްކައުޓް ގްރޫޕް (ފުވައްލަކު ސްކޫލް) ގެ ސްކައުޓެކެވެ. އަދި އޭނާއަކީ ސްކައުޓް ޕެޓްރޯލް ލީޑަރެއްގެ މަގާމުގައި ހުރި، އެހެން ދަރިވަރުންނަށް ނަމޫނާ ދަރިވަރެކެވެ.

ފައުޒަން ވަކިވެ ދިއުމާއި ގުޅޭ ގޮތުން ފުވައްމުލަކު ސްކޫލުން ބުނީ އެއީ މުޅި ސްކޫލަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށެވެ. ގެއްލިގެން އެދިޔައީ ސްކޫލަށް ވަރަށް ބޭނުންތެރި ވަރަށް ރަނގަޅު ދަރިވަރެއް ކަމަށާއި، ހުރިހާކުދިންގެ ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ. އާދިއްތަ ދުވަހު ސްކޫލުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށިނަމަވެސް ފައުޒަންގެ މަރާއެކު މުޅި ސްކޫލު އޮތީ ހިމޭންވެފައެވެ.

ފުވައްމުލަކު މާނެރެ ސަރަޙައްދުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅޭގޮތުން ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އެ ސަރަޙައްދަކީ ވަރަށް އޮއި ބާރު ސަރަޙައްދެކެވެ. ފައުޒަން އެ ހިސާބަށް މޫދަށް އެރިއުޅުނު ވަގުތު، މޫދަށް ގޮސްތިބި ކުޑަ ދެ އަންހެންކުދިން ބާރުގަދަ އޮއިވަރާއެކު ބޭރަށް ދަމައިގަތުމުން އެކުދިންނަށް އެހީތެރިވުމަށް ފައުޒަން ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން، ފައުޒަންކުރި ބުރަ މަސައްކަތުން އެ ދެކުދިން އިސްކޮޅު ޖެހޭހިސާބަށް ގެނައި ވަގުތު ކުއްލިއަކަށް ނެގި ރާޅަކާއެކު ގަދަފަދަ ރާޅުބާނިތަކުގެ ތެރެއަށް އޭނާ ދަމައިގަތީއެވެ.

މާނޭރެއާ ބެހޭ ގޮތުން ފުވައްމުލަކުގެ އިސްރަށްވެއްސަކު ބުނީ އެސަރަޙައްދަކީ ގެނބުމުގެ ގިނަ ހާދިސާތައް ހިނގާފައިވާ ތަނެއް ކަމަށާއި އެތަނަށް ގެއްލޭ ގިނަ މީހުން ނުފެންނަ ކަމަށެވެ. ކަނޑު މަޑުކޮށް އޮތް ނަމަވެސް އެސަރަޙައްދުން ކުއްލިއަކަށް ރާޅު ނެގުމަށްފަހު ވަރަށް ގަދަ އޮއެ ގަނޑެއް އުފެދޭ ކަމަށެވެ. އެހެންކަމުން އެނާ ވަނީ މިސަރަޙައްދާއި މެދު އާއްމުން ސަމާވުލުމަށް އެދިފައެވެ.

ފައުޒަންގެ އާއިލާގައި އެއްބަނޑުއެއްބަފާ 4 ކުދިން ތިބެއެވެ. އަދި ފައުޒަން އަކީ އެދެމަފިރިންގެ 2 ވަނައަށް ހުރި ފިރިހެން ދަރިފުޅެއެވެ.

މިހާދިސާއާ ގުޅިގެން މުޅި ގައުމަށް ސިހުން ގެނެސްފައިވާއިރު، ފައުޒަން ވަކިވެގެން ދިޔައީ ހިތްވަރާއި ކެރުންތެރިކަމުގެ ނަމޫނާ މުޅި ދިވެހި ގައުމައް ދައްކައިދެމުންނެވެ. ވަކިވިއަސް ޖިސްމާއި ނަފްސުން އަނެކުންނަން އޯގާވަމުންނެވެ. ދެއްކި ހިތްވަރާއި ސާބިތުކަމަށް މުޅި ގައުމުގައި ފައިޒަންގެ ނަން ވަނީ ރަން އަކުރުން ފަވާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިއީ ރާއްޖެއިން އުތުރު ކޮރެއާގެ އުޞޫލު ދޫކޮށްލާ ވަގުތު

މިއީ ރާއްޖެއިން އުތުރު ކޮރެއާގެ އުޞޫލު ދޫކޮށްލާ ވަގުތު

23 ނޮވެމްބަރު 2018
މިފަހަރު އިތުރު ވަގުތު ކުޅުނަސް ރައީސް ޔާމީނަށް ކާމިޔާބުވާނެ ކަމަށް ނުފެނޭ!

މިފަހަރު އިތުރު ވަގުތު ކުޅުނަސް ރައީސް ޔާމީނަށް ކާމިޔާބުވާނެ ކަމަށް ނުފެނޭ!

17 އޯގަސްޓު 2018
އެންމެ ފަހުގެ ހޯދުން: ވަޒީފާ އަދާކުރާ ވަގުތު ކުޑަ ކުރުމުން މަސައްކަތުގެ ފެންވަރު ރަނގަޅު

އެންމެ ފަހުގެ ހޯދުން: ވަޒީފާ އަދާކުރާ ވަގުތު ކުޑަ ކުރުމުން މަސައްކަތުގެ ފެންވަރު ރަނގަޅު

24 ޖުލައި 2018
އެންމެ ގިނަ ވަގުތު ރޯދައަށް ހުންނަންޖެހޭ ގައުމު އިނގޭތަ؟

އެންމެ ގިނަ ވަގުތު ރޯދައަށް ހުންނަންޖެހޭ ގައުމު އިނގޭތަ؟

21 މެއި 2018
ހަލީމް ގާޒީގެ މަގާމުން ދުރުކުރަންވީ ވަގުތު ނާދޭތަ؟

ހަލީމް ގާޒީގެ މަގާމުން ދުރުކުރަންވީ ވަގުތު ނާދޭތަ؟

14 މެއި 2018

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު