Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެންޒެމާ ސްކޮޑަށް ނެގުން

ފްރާންސްގެ ގައުމީ ސްކޮޑަށް ބެންޒެމާ އަލުން ނަގަނީ

18 މެއި 2021 | އަންގާރަ 12:32

ޔޫރޯއަށް ފްރާންސުން އެކުލަވާ ސްކޮޑުގައި ބެންޒެމާ ހިމަނާނެ ކަމަށް ބުނޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 މެއި 2021 | އަންގާރަ 12:32
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒެމާ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒެމާ

ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެކުލަވާލާ ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒެމާ ހިމަނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުން ބެންޒެމާއަށް ފުރުސަތު ގެއްލުނީ 2015 ވަނަ އަހަރުއެވެ. އެފަހަރު އޭނާއަށް ސްކޮޑުން ފުރުސަތު ގެއްލުނީ އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާއަށް ބިރުދައްކައި، ލާރި ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރުމާ ގުޅިގެންނެވެ. އެކަންތައްތައް ހިނގާދިޔައިރު ބެންޒެމާ އާއި ވަލްބުއޭނާ އަކީ ބްރެޒިލުގައި 2014 ވަނަ އަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕުގައި ކުޅުނު ފްރާންސް ޓީމުގެ ދެ ކުޅުންތެރިންނެވެ. އެކަމަކު މި މައްސަލަ ފެންމަތިވުމަށްފަހު 2015 ވަނަ އަހަރުގެ ފަހުން އެ ކުޅުންތެރިންނަށް ފްރާންސް ސްކޮޑުން ފުރުސަތު ދީފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އަންނަ މަހު ފަށާ ޔޫރޯއަށް ފްރާންސުން އެކުލަވާ ސްކޮޑުގައި އުމުރުން 33 އަހަރުގެ ބެންޒެމާ ހިމަނާނެއެވެ. މި ފަހަރުގެ ޔޫރޯގައި ފްރާންސް ވާދަކުރާއިރު، އެ ގައުމު އޮތީ ގްރޫޕް އެފްގައެވެ. އެ ގްރޫޕުގައި ދެން ހިމެނޭ ގައުމުތަކަކީ ހަންގޭރީ، ޕޯޗުގަލް އަދި ޖަރުމަނެވެ.

މެދުކެނޑުމަކަށްފަހު ބެންޒެމާ ފްރާންސްގެ ސްކޮޑަށް ނަގާއިރު، އޭނާގެ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ މި އަހަރުގެ އޮކްޓޯބަރު މަހަށް ތާވަލުކޮށްފައެވެ. ބެންޒެމާ އާއި އަންހެނަކު ގުޅިގެން ވަލްބުއޭނާގެ ވީޑިއޯއެއް ބޭނުންކޮށްގެން އޭނާއަށް ބިރުދައްކައި، ލާރި ހޯދަން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް 2015 ވަނަ އަހަރު ބެންޒެމާ ހައްޔަރުކުރި ނަމަވެސް، ރަސްމީ ހައިސިއްޔަތަކުން އެ މައްސަލަ މީގެ ކުރިން ބަލާފައެއް ނުވެއެވެ. ބެންޒެމާގެ އިތުރުން ހަތަރު މީހަކަށް މި މައްސަލައިގެ ތުހުމަތުކުރެވޭއިރު، މި މައްސަލަ ސާބިތުވެއްޖެނަމަ، ބެންޒެމާއަށް ފަސް އަހަރުގެ ޖަލު ހުކުމެއް އައުން ގާތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މައްސަލައިގައި ބެންޒެމާއަށް މިހާތަނަށް ގައުމީ ޓީމުން ފުރުސަތު ލިބިފައިނުވާއިރު، އޭނާ ވަނީ މީގެ ކުރިން ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް 81 މެޗު ކުޅެދީ 27 ލަނޑު ޖަހާފައެވެ.

ކަރިމް ބެންޒެމާ

އިތުރަށް ކިޔާލަން

07 އެޕްރީލު 2024

ލަނޑު ނުޖެހެނީ އެހެން ކުޅުންތެރިން އެހީތެރިނުވާތީވެ: ބެންޒެމާ

07 އެޕްރީލު 2024
ލަނޑު ނުޖެހެނީ އެހެން ކުޅުންތެރިން އެހީތެރިނުވާތީވެ: ބެންޒެމާ
07 އެޕްރީލު 2024

ބެންޒެމާ އެދުނީ މުސްތަޤުބަލަށް ވާނެ ގޮތެއް ބަލަން ތިބުމަށް!

07 އެޕްރީލު 2024
ބެންޒެމާ އެދުނީ މުސްތަޤުބަލަށް ވާނެ ގޮތެއް ބަލަން ތިބުމަށް!
15 ސެޕްޓެމްބަރު 2023

ބެންޒެމާގެ ލަނޑާއެކު މޮޅުވެ، އަލް އިއްތިހާދު އެއް ވަނަ އަށް

15 ސެޕްޓެމްބަރު 2023
ބެންޒެމާގެ ލަނޑާއެކު މޮޅުވެ، އަލް އިއްތިހާދު އެއް ވަނަ އަށް
04 ޖޫން 2023

ރެއާލްގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ބެންޒެމާ އެ ޓީމު ދޫކޮށްލަން ނިންމައިފި

04 ޖޫން 2023
ރެއާލްގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ބެންޒެމާ އެ ޓީމު ދޫކޮށްލަން ނިންމައިފި
02 ޖޫން 2023

ރެއާލް ދޫކޮށްލާކަމަށް ދެކެވޭ ވާހަކަތައް ބެންޒެމާ ދޮގުކޮށްފި

02 ޖޫން 2023
ރެއާލް ދޫކޮށްލާކަމަށް ދެކެވޭ ވާހަކަތައް ބެންޒެމާ ދޮގުކޮށްފި
28 ފެބުރުއަރީ 2023

އެމްބާޕޭ އާއި ބެންޒެމާ ފަހަތަށް ޖައްސާލުމަށްފަހު މޮޅު ކުޅުންތެރިޔާގެ އެވޯޑު މެސީ އަށް

28 ފެބުރުއަރީ 2023
އެމްބާޕޭ އާއި ބެންޒެމާ ފަހަތަށް ޖައްސާލުމަށްފަހު މޮޅު ކުޅުންތެރިޔާގެ އެވޯޑު މެސީ އަށް
07 ފެބުރުއަރީ 2023

އަނިޔާގެ ސަބަބުން ބެންޒެމާ އާއި ކޯޓުއާ އަށް އަލް އަހްލީއާ ދެކޮޅަށް ނުކުޅެވޭނެ

07 ފެބުރުއަރީ 2023
އަނިޔާގެ ސަބަބުން ބެންޒެމާ އާއި ކޯޓުއާ އަށް އަލް އަހްލީއާ ދެކޮޅަށް ނުކުޅެވޭނެ
12 ޖެނުއަރީ 2023

ފީފާގެ މޮޅު ކުޅުންތެރިޔާއަށް، މެސީ، އެމްބާޕޭ އަދި ބެންޒެމާ ހިމެނޭހެން، 14 ކުޅުންތެރިޔަކު ނޮމިނޭޓްވެއްޖެ

12 ޖެނުއަރީ 2023
ފީފާގެ މޮޅު ކުޅުންތެރިޔާއަށް، މެސީ، އެމްބާޕޭ އަދި ބެންޒެމާ ހިމެނޭހެން، 14 ކުޅުންތެރިޔަކު ނޮމިނޭޓްވެއްޖެ
20 ޑިސެމްބަރު 2022

ބެންޒެމާ ޤައުމީ ޓީމުން ރިޓަޔާކޮށްފި

20 ޑިސެމްބަރު 2022
ބެންޒެމާ ޤައުމީ ޓީމުން ރިޓަޔާކޮށްފި
17 ޑިސެމްބަރު 2022

"އަހަރެންގެ ޝައުގުވެރިކަމެއް ނެތް"، ބެންޒެމާ މި ބުނަނީ ފައިނަލްގައި ކުޅެން ބޭނުންނުވާ ވާހަކަ؟

17 ޑިސެމްބަރު 2022
"އަހަރެންގެ ޝައުގުވެރިކަމެއް ނެތް"، ބެންޒެމާ މި ބުނަނީ ފައިނަލްގައި ކުޅެން ބޭނުންނުވާ ވާހަކަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް