Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގިނަވަގުތު މަސައްކަތުގައި ހޭދަކުރުމުގެ ނަތީޖާ

ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމުގެ ސަބަބުން އަހަރަކު 745,000 މީހުން މަރުވޭ

މަރުވާ މީހުން އެންމެ ގިނައީ ހުޅަނގު ޕެސިފިކް ސަރަހައްދާއި އިރުދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގައި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 18 މެއި 2021 | އަންގާރަ 09:29
އިތުރު ވަގުތު މަސައްކަތް ކުރުމުގެ ސަބަބުން އަހަރަކު އެތައް ލައްކަ މީހުން މަރުވޭ

އިތުރު ވަގުތު މަސައްކަތް ކުރުމުގެ ސަބަބުން އަހަރަކު އެތައް ލައްކަ މީހުން މަރުވޭ

އިޤްތިޞާދީ ފުންވަޅުގަނޑަކަށް ދުނިޔެ ވެއްޓިފައިވާ މި ދަނޑިވަޅުގައި, އަތުގައި ވަޒީފާއެއް އޮތުމަކީ ބޮޑު ނިޢުމަތެކެވެ. އެ ވަޒީފާގައި ދެމިހުރުމަށް ކޮންމެފަދަ ކަމެއް ކުރުމަށްވެސް ގިނަ ބަޔަކު ތިބެނީ ތައްޔާރުގައެވެ. ބޮޑުމީހާ 50 ގަޑިއިރު މަސައްކަތް ކުރަން ބުނެފިނަމަ 60 ގަޑިއިރު މަސައްކަތް ކުރާނެ މީހުން ވެސް މަދެއް ނޫނެވެ. އެހެން ނަމަވެސް މިއީ ތިމާގެ ހަޔާތުގެ ދަތުރު ކުރުވެދާނެ ކަމެއްކަން އެނގެނީ ކިތައް މީހުންނަށް ބާވައެވެ.

މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރުމުގެ ސަބަބުން އަހަރަކު އެތައް ލައްކަ މީހުން މަރުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދިރާސާއަކުން މިވަނީ ދައްކާފައެވެ.

ޑަބްލިއުއެޗްއޯއިން ކުރިއަށް ގެންދިޔަ މި ދިރާސާއަކީ ވަކި ގައުމަކަށް ޚާއްސަ ކުރުމެއްނެތި, ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ މިފަދަ ފުރަތަމަ ދިރާސާއެވެ. މި ދިރާސާގެ ނަތީޖާ ދައްކާ ގޮތުން ހަފްތާއަކު 55 ގަޑިއިރަށް ވުރެ ގިނަ ވަގުތު މަސައްކަތް ކުރުމުގެ ސަބަބުން ހިތުގެ ބަލި ނުވަތަ ސްޓްރޯކް ޖެހިގެން ހަމައެކަނި 2016 ވަނަ އަހަރު ވެސް 745,000 މީހުން މަރުވެފައިވެއެވެ.

މަސައްކަތުގައި ހޭދަކުރާ ވަގުތު އިތުރުވުމުގެ ސަބަބުން މަރުވާ މީހުންގެ ތެރެއިން 60 އިންސައްތައަކީ މެދު އުމުރުގެ ނުވަތަ ދުވަސްވީ ފިރިހެނުންނެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމުން މީހާގެ ހާސްކަން އިތުރުވުމާއެކު, އޭގެ ސަބަބުން ބޭނުންވާ ވަރަށް ވުރެ އިތުރަށް ކެއުމާއި, ދުންފަތުގެ އިސްތިއުމާލުކުރުމާއި, ނިދި މަދުވުން ފަދަ ނުރަނގަޅު އާދަތައް މީހާގެ ކިބައިގައި އަށަގަނެއެވެ.

ޑަބްލިއުއެޗްއޯގެ ދިރާސާއިން ދައްކާ ގޮތުގައި އިތުރު ވަގުތު މަސައްކަތްކުރާ މީހުންނަށް ފަލަވުމާއި, ލޭމައްޗަށް ދިއުމާއި, ހަކުރުބަލީގެ ނުރައްކާތެރިކަން އިތުރެވެ. މިތިން ބައްޔަކީ ވެސް އޭގެ ސަބަބުން ހިތުގެ މައްސަލައާއި ސްޓްރޯކް ޖެހުމަށް މަގުފަހިވާ ފަދަ ބަލިތަކެވެ.

ދިރާސާގައި ހަރަކާތްތެރިވި ޑަބްލިއުއެޗްއޯގެ ސައިންސްވެރިން ވަނީ ދުނިޔޭގެ ކަންކޮޅުތަކުގައި ކުރިއަށް ގެންދެވިފައިވާ 4000ށް ވުރެ ގިނަ ސިއްޙީ ސާވޭތަކުގެ ޑާޓާ މި ދިރާސާގައި ބޭނުންކޮށްފައެވެ.

ސައިންސްވެރިން ވަނީ މި ދިރާސާގައި, ހަފްތާއަކު 55 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރާ މީހުންނާއި 40 ގަޑިއިރު މަސައްކަތް ކުރާ މީހުންނާ އަޅައި ކިޔާފައެވެ. އެގޮތުން ބަލާއިރު ގިނަ ވަގުތު މަސައްކަތްކުރާ މީހުންގެ ތެރެއިން 35 އިންސައްތަ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި 17 އިންސައްތަ މީހުން ހިތުގެ ބަލީގައި މަރުވުމުގެ ފުރުސަތު ބޮޑެވެ.

ދިރާސާގެ ތަފާސް ހިސާބުތަކަށް ބަލާއިރު, ދުނިޔޭގެ ކޮންމެ 10 މީހަކުން އެކަކު ހަފްތާއަކު 55 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރެއެވެ. އެއީ ދުވާލަކު 11 ގަޑިއިރެވެ.

ދިރާސާގެ ހޯދުންތަކަށް ބަލާއިރު, ހަފްތާއަކު 55 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުމުގެ ސަބަބުން 2016 ވަނަ އަހަރުގެ ތެރޭގައި 398,000 މީހުން ސްޓްރޯކްޖެހިގެން މަރުވެފައި ވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ލަފާކުރެއެވެ. ހަމަ އެއާއެކު 374,000 މީހުން ހިތުގެ ބަލީގައި މަރުވެފައި ވާނެ ކަމަށް ވެސް ޑަބްލިއުއެޗްއޯއިން ލަފާ ކުރެއެވެ.

ގިނަ ވަގުތު މަސައްކަތް ކުރުމުގެ ސަބަބުން ހިތުގެބަލި ޖެހި މަރުވާ މީހުންގެ އަދަދު 2000 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް 42 އިންސައްތަ އިތުރުވެފައި ވާކަމަށް ޑަބްލިއުއެޗްއޯގެ ދިރާސާއިން ދައްކައެވެ. އަދި ސްޓްރޯކްޖެހިގެން މަރުވާ މީހުންގެ އަދަދު 19 އިންސައްތަ އިތުރުވެފައި ވާކަމަށް ދައްކައެވެ.

ގިނަ ވަގުތު މަސައްކަތް ކުރުމުގެ ސަބަބުން މަރުވާ މީހުން ނިސްބަތުން އެންމެ ގިނައީ ހުޅަނގު ޕެސިފިކް ސަރަހައްދާއި އިރުދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގައެވެ. އެގޮތަށް އެ ދިމާވަނީ އެ ގައުމުތަކުގައި މަޖުބޫރުން ގިނަ ވަގުތު މަސައްކަތް ކުރުވުން އިތުރު ވުމުން ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެއެވެ.

ޑަބްލިއުއެޗްއޯގެ ދިރާސާގެ ހޯދުންތައް ދައްކާ ގޮތުން, ދުނިޔޭގެ އާބާދީގެ ނުވަ އިންސައްތައަކީ ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރާ މީހުންނެވެ. އަދި މި އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެހެން ކަމުން ޑަބްލިއު އެޗްއޯއިން ވަނީ މިކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

 މި ދިރާސާގެ ހިސާބު ތަކަކީ ކޮވިޑް 19 ގެ އާލަމީ ވަބާގެ ކުރީގެ ހިސާބުތަކަކަށް ވުމުން, މިހާރު މިއަދަދު އަދި މާ ބޮޑުތަނުން އިތުރު ވާނެކަމަށް އެ ޖަމުއިއްޔާއިން ލަފާކުރެއެވެ. އެއީ ބަލިމަޑުކަމުގެ ސަބަބުން ގޭގައި މަސައްކަތްކުރާ މީހުން އިތުރުވުމާއެކު, އާންމު ދިރިއުޅުމުގައި ހޭދަ ކުރާ ވަގުތާއި, މަސައްކަތުގެ ވަގުތުގެ މެދުގައި ފަރަގު ކުރުމަށް ސަރުކާރުތަކާއި ވަޒީފާދޭ ފަރާތްތައް ނުކުޅެދިފައި ވުމުން ކަމަށް ތަޖުރިބާ ކާރުން ބުނެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި އެއްވެސް މަސައްކަތަކީ ނުވަތަ އެއްވެސް ވަޒީފާއަކީ, ވަޒީފާ އަދާ ކުރާ މީހުންގެ ސިއްހަތަށް ވުރެ މުހިންމު ނުވަތަ އަގުހުރި މަސައްކަތެއް ނޫނެވެ. އެހެން ކަމުން މަސައްކަތްތެރިންގެ ދުޅަހެޔޮކަމަށްޓަކައި ވަޒީފާތަކުގެ ހައްދެއް ކަނޑައަޅަން މިހާރު ޖެހިފައި ވާކަން ދުނިޔޭގެ ސިއްހަތު ޖަމުއްޔާގެ ދިރާސާއިން މިވަނީ ވަރަށް ސާފުވެފައެވެ.

ޑަބްލިޔުއެޗްއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

18 ސެޕްޓެމްބަރު 2025
އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

11 ސެޕްޓެމްބަރު 2025
މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

05 ސެޕްޓެމްބަރު 2025
ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ

ޣައްޒާ އަށް ބޭހާއި މެޑިކަލް ސަޕްލައިގެ ސާމާނު އެތެރެ ކުރަނީ

08 ޖުލައި 2025

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު