Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑްގައި މާބަނޑު މީހުންނަށް ނުރައްކާ ބޮޑު

ކޮވިޑްގައި މާބަނޑު މީހުންނަށް ނުރައްކާ ބޮޑު: ''ދަރިފުޅު ނިޔާވުމާއި އެބޯޓްވުން ފަދަ ހިތާމަވެރި ހާދިސާތައް އެބަ ހިނގާ''

ދެކުއްޖަކަށް އެންއައިސީޔޫގައި ދަނީ ފަރުވާ ދެމުން

އަމްނާ އިމާދު
އަމްނާ އިމާދު | 18 މެއި 2021 | އަންގާރަ 02:43
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް، މާބަނޑު މީހުން ވެކްސިން ޖެހުމަށް ވަނީ އިލްތިމާސްކޮށްފައި

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް، މާބަނޑު މީހުން ވެކްސިން ޖެހުމަށް ވަނީ އިލްތިމާސްކޮށްފައި

މާބަނޑު މީހުންނަށް ކޮވިޑް-19 ޖެހުމުން ނުރައްކާ ވަރަށް ބޮޑު ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފައިސަލް ވިދާޅުވީ ކޮވިޑް-19ގެ ހަތަރު ވަނަ ރާޅާއެކު މާބަނޑު މީހުން މިބައްޔަށް ހުށަހެޅޭ މިންވަރު އިތުރުވަމުންދާ ކަމަށެވެ. މި ބަލީގައި ހާލު ބޮޑުވާ މީހުންގެ ތެރޭގައި މާބަނޑު މީހުން ގިނަކަން ފާހަގަކުރައްވައި ޑރ. ފައިސަލް ވިދާޅުވީ އައިސީޔޫއަށްލާން ޖެހޭ މީހުންގެ އިތުރުން ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދޭ މާބަނޑު މީހުން ވެސް އެބަތިބި ކަމަށެވެ.

ޑރ. ފައިސަލް ވިދާޅުވީ މާބަނޑު މީހުން ޕޮޒިޓިވްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. މައިމީހާގެ އިތުރުން ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ނޭދެވޭ އަސަރު ކުރާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބައެއް ހާލަތުގައި ދަރިފުޅު ނިޔާވެ، އެބޯޓުވުން ފަދަ ހިތާމެރި ހާދިސާތައް ހިނގާ ކަމަށެވެ.

މީގެ އިތުރުން ޑރ. ފައިސަލް ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި މާބަނޑު ދެ މީހަކު ދުވަސްނުފުރާ ވިހާފައިވާ ކަމަށާއި، އެ ކުދިންނަށް ވެސް ފަރުވާ ދެމުންދަނީ އެންއައިސީޔޫގައި ކަމަށެވެ.

މާބަނޑު މީހުންނަކީ ހައިރިސްކް މީހުންކަން ފާހަގަކުރައްވައި ޑރ. ފައިސަލް ވިދާޅުވީ 35 އަހަރަށް ވުރެ އުމުރު މަތިނަމަ، ނޭވާ ހިއްލާނަމަ، ލޭމައްޗަށް ދާނަމަ ނުވަތަ ހަކުރު މައްޗަށްދާ ނަމަ ނުވަތަ އެހެން ދާއިމީ ބައްޔެއް ހުރި އަންހެނެއްނަމަ ރިސްކް ބޮޑުވާނެ ކަމަށެވެ.

ޑރ. ފައިސަލް ވިދާޅުވީ ބަލިން ރައްކާތެރިވުމަށް މާބަނޑު އަންހެނުން ޚާއްސަކޮށް ސަމާލުވާން ޖެހޭ ކަމަށެވެ. އެހެންކަމުން މިހާރު މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ޖެހުމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބޭރުގެ ގިނަ ގައުމުތަކުގައި މާބަނޑު މީހުން ފައިޒާ ވެކްސިން ޖަހަމުން އަންނަ ކަމަށާއި، މިހާތަނަށް ނުރައްކަލެއް ކުރިމަތިނުވާ ކަމަށެވެ.

މާބަނޑު މީހުންޑރ.ފައިސަލްކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
05 މެއި 2024

ޑެންގީހުން ޖެހިގެން 6 ކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާ ދެނީ

05 މެއި 2024
ޑެންގީހުން ޖެހިގެން 6 ކުއްޖަކު އެޑްމިޓްކޮށްގެން ފަރުވާ ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު