Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިސް ޔުނިވާސް 2020

މިސް ޔުނިވާސްއަކަށް މެކްސިކޯގެ ސޮފްޓްވެއާ އިންޖިނޭރު އަންދްރެއާ މެއްޒާ

މިސް ޔުނިވާސްގެ ތާޖު ހާސިލުކޮށްފައިވަނީ 73 ރާނީންނާ ވާދަކޮށްގެން

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 17 މެއި 2021 | ހޯމަ 14:26
މިސް ޔުނިވާސް 2020 ގެ ލަގަބު ލިބުނީ މެކްސިކޯގެ އަންދްރެއާ މެއްޒާއަށް

މިސް ޔުނިވާސް 2020 ގެ ލަގަބު ލިބުނީ މެކްސިކޯގެ އަންދްރެއާ މެއްޒާއަށް

ދުނިޔޭގެ އެންމެ ބޮޑު ރީތީގެ ދެ މުބާރާތުގެ ތެރެއިން އެއް މުބާރާތް ކަމުގައިވާ މިސް ޔުނިވާސް އަކަށް މެކްސިކޯގެ އަލްމާ އަންދްރެއާ މެއްޒާ ކަރްމޯނާ ހޮވިއްޖެއެވެ.

މިސް ޔުނިވާސްގެ ތާޖު އުމުރުން 26 އަހަރުވީ އަންދްރެއާ މެއްޒާ ހާސިލުކޮށްފައި ވަނީ, މިސް ބްރެޒިލް ހޫލިއާ ގާމާ ހިމެނޭހެން ދުނިޔޭގެ އެކިކަންކޮޅުތަކުން ރީތީގެ 73 ރާނީންނާ ވާދަކޮށްގެންނެވެ.

ސޮފްޓްވެއަރ އިންޖިނިއަރިންގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވިޔަސް މެއްޒާއަކީ މޭކަޕް އާޓިސްޓެކެވެ. އޭގެ އިތުރުން ހުނަރުވެރި މޮޑެލްއެކެވެ.

މިސް ޔުނިވާސްގެ މަގާމަށް އަލަށް ހޮވުނު މެއްޒާ އަކީ ޖިންސީ ތަފާތުކުރުންތަކާއި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ އެކްޓިވިސްޓެއްވެސްމެއެވެ. އޭނާ ނިސްބަތްވާ ޗިވާވާ އަވަށުގެ ޓޫރިޒަމް ބްރޭންޑް އެމްބެސެޑަރަކީ ވެސް މެއްޒާއެވެ.

މިފަހަރު ބޭއްވި 69 ވަނަ މިސް ޔުނިވާސް މުބާރާތަކީ  2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް މުބާރާތެކެވެ. އެކަމަކު ކޮވިޑް 19 ބަލިމަޑުކަމުގެ ސަބަބުން, މިދިޔަ އަހަރު މުބާރާތް ފަސްކުރެވުނީއެވެ. އެހެންކަމުން މުބާރާތުގެ ތާޖު އޮތީ, 2019 ވަނައަހަރު މިސް ޔުނިވާސްގެ ލަގަބު ހާސިލުކުރި ދެކުނު އެފްރިކާގެ ކަޅު ނަސްލުގެ ރީތީގެ ރާނީ ޒޮޒިބީނީ ތުންޒީގެ އަތުގައެވެ.

މެއްޒާއާއެކު މިސް ޔުނިވާސްގެ ތާޖަށް ވާދަކޮށް, މުބާރާތުގެ ދެވަނަ ހޯދީ ބްރެޒިލްގެ ރީތީގެ ރާނީ ހޫލިއާ ގާމާއެވެ. ތިންވަނަ ހޯދީ ޕޭރޫގެ ރީތީގެ ރާނީ ޔަނިކް މަސޭތާއެވެ.

މިސް ޔުނިވާސް

އިތުރަށް ކިޔާލަން

09 އޯގަސްޓު 2023

މިސްޔުނިވަރސް އިންޑޮނީޝިޔާގެ ކޮންޓެސްޓުންނަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުތަކެއްކޮށްފި

09 އޯގަސްޓު 2023
މިސްޔުނިވަރސް އިންޑޮނީޝިޔާގެ ކޮންޓެސްޓުންނަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުތަކެއްކޮށްފި
09 އެޕްރީލު 2017

މިސްރުގައި ކްރިސްޓިއަން ފައްޅިއެއްގައި ދިން ހަމަލާއެއްގައި 13 މީހުން މަރުވެއްޖެ

09 އެޕްރީލު 2017
މިސްރުގައި ކްރިސްޓިއަން ފައްޅިއެއްގައި ދިން ހަމަލާއެއްގައި 13 މީހުން މަރުވެއްޖެ
28 މާރިޗު 2017

ތޫފާން ޑެބީ ކްއީންސްލޭންޑަށް މިސްރާބު ޖަހައިފި

28 މާރިޗު 2017
ތޫފާން ޑެބީ ކްއީންސްލޭންޑަށް މިސްރާބު ޖަހައިފި
19 މާރިޗު 2017

މިސްރުގެ ރައީސް ސީސީ އެމެރިކާއަށް ވަޑައިގަންނަވަނީ

19 މާރިޗު 2017
މިސްރުގެ ރައީސް ސީސީ އެމެރިކާއަށް ވަޑައިގަންނަވަނީ
18 މާރިޗު 2017

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު