Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމިސްޔުނިވަރސް

މިސްޔުނިވަރސް އިންޑޮނީޝިޔާގެ ކޮންޓެސްޓުންނަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުތަކެއްކޮށްފި

9 އޯގަސްޓު 2023 | ބުދަ 10:10

މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ އިންޑޮނީޝިޔާގައި މިސްޔުނިވަރސް ރީތީގެ މުބާރާތް ބޭއްވުމުގެ ހުއްދަ ދީފައި ވީނަމަވެސް، ދީނީގޮތުން މައްސަލަ ނުޖެހޭނެ ގޮތަށް މުބާރާތް ބޭއްވުމަށް އިސްކަން ދޭކަމަށްވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 9 އޯގަސްޓު 2023 | ބުދަ 10:10
މިސްޔުނިވަރސް އިންޑޮނީޝިޔާގެ ބައެއް ކޮންޓެސްޓުން

މިސްޔުނިވަރސް އިންޑޮނީޝިޔާގެ ބައެއް ކޮންޓެސްޓުން

މިސްޔުނިވަރސްގެ ނަމުން ނަންދީފައިވާ ދުނިޔޭގެ ރީތީގެ މުބާރާތުގައި އިންޑޮނީޝިޔާއިން ބައިވެރިވި ކޮންޓެސްޓުންނަށް، އިވެންޓް އިންތިޒާމްކުރި ފަރާތްތަކުން ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނެ އެބައިވެރިން ފުލުހުންނަށް މައްސަލަ ހުށަހަޅައިފިއެވެ. އެފަރާތްތަކުން ބުނެފައިވާގޮތުގައި އޮގަސްޓް 3ވަނަ ދުވަހު އޮތް މުބާރާތުގެ ފައިނަލުގެ ކުރިން ހެދި ބޮޑީ ޗެކަކަށް އެމީހުންގެ ހަށިގަނޑުގެ މަތީބައި ހާމަކުރުވާ ފޮޓޯ ނަގާފައިވެއެވެ. މިހެން ހަދަނީ ހަށިގަޑުގައި ހުރި ލަކުނެއް، ޓެޓޫއެއް އަދި (ސެލުލައިޓް)، ހަންގަޑުގަ ރޫ ހުރިނަމަ އެތަނެއް "އެގްޒަމިން" ކުރުމަށް ކަމަށް އޯގަނައިޒަރުން ބުނި ކަމަށް ވެއެވެ.

ހޯމަ ދުވަހު ބައިވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމީހުން ބުނެފައިވަނީ ބޮޑީޗެކް ހެދީ ބަންދު ކޮޓަރިއެއްގައި ނަމަވެސް، އެތަނުގައި ބައެއް ފިރިހެނުންވެސް ތިބި ކަމަށެވެ. އަދި ކޮޓަރީގެ ދޮރުވެސް ހުރީ މުޅިން ލައްޕާފައިނޫން ކަމަށާއި، ބޭރުގައި ތިބި މީހުންނަށްވެސް އެތެރޭގައި ކުރާކަމެއް ފެންނާނެ ކަމަށް އެ ބައިވެރިން ބުނެފައިވެއެވެ.

މިއީ އެމީހުންގެ ހައްގުތަކަށް އަރައިގަތުން ކަމަށާއި، މިހެން ހެދުމުން ނަފްސާނީގޮތުން ވަރަށް ބޮޑަށް އުނދަގޫވެ ނިދަން އުނދަގޫވުން ފަދަ މައްސަލަތައް ކުރިމަތިވި ކަމަށް އެމީހުން ބުނެފައިވެއެވެ. ތިން ބައިވެރިންގެ ފަރާތުން ވާހަކަ ދެއްކި ލޯޔަރަކުބުނީ، އަދިވެސް އިތުރު ބައިވެރިން މި ތުހުމަތުތަކުގައި ނިކުންނާނެ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ޖަކާޓާގެ ފުލުހުންނާއި މިސްޔުނިވަރސް އިންތިޒާމްކުރާ ފަރާތްތަކުންވެސް މައްސަލަ ތަހުގީގުކުރާނެ ކަމަށް ބުނެފައިވެއެވެ.

މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ އިންޑޮނީޝިޔާގައި މިސްޔުނިވަރސް ރީތީގެ މުބާރާތް ބޭއްވުމުގެ ހުއްދަ ދީފައިވީނަމަވެސް، ދީނީގޮތުން މައްސަލަ ނުޖެހޭނެ ގޮތަށް މުބާރާތް ބޭއްވުމަށް އިސްކަން ދޭކަމަށް އެކަން އިންތިޒާމްކުރާ ފަރާތްތަކުން ބުނެއެވެ. މިގޮތުން 2013 ވަނަ އަހަރުވެސް މުބާރާތުގެ ބިކިނީ ރައުންޑް ކެންސަލްކޮށްފައި ވެއެވެ.

އެންމެ ފަހުން މިބޭއްވީ މިސްޔުނިވަރސްގެ 73ވަނަ އެޑިޝަނެވެ. މި މުބާރާތަކީ ދެކުނު އިރުމަތީ އޭޝިޔާގައި، ޚާއްސަކޮން އިންޑޮނީޝިޔާ ފިލިޕީންސް އަދި ތައިލަންޑުގައި ވަރަށް މަގްބޫލް މުބާރާތެކެވެ. މުބާރާތުން ވަނަ ހޯދާ ފަރާތްތައް މަޝްހޫރު "ސެލެބްރިޓީން"ނަށްވެ އަދި ސޯޝަލް މީޑިޔާ "އިންފްލުއެންސަރުން" ދަނީ ވަމުންނެވެ.

މިސްޔުނިވަރސް މުބާރާތުގެ ވެރިޔާއަކީ ތައިލަންޑަށް ނިސްބަތްވާ "ޓްރާންސްޖެންޑަރ" އަންހެނެކެވެ. އޭނާ މިއަދު މީޑިޔާގެ ދާއިރާއިން އާދަޔާޚިލާފު މުއްސަނދިކަން ހޯދާފައިވާއިރު، މުބާރާތަށް ބޮޑެތި ބަދަލުތަކެއް ގެނެސް މުބާރާތް ރިބްރޭންޑްކުރަން ވެސް ދަނީ ވިސްނަމުންނެވެ. މިގޮތުން ކައިވެނިކޮށްގެން އުޅޭ އަންހެނުންނަށާއި "ޓްރާންސްޖެންޑަރ" އަންހެނުން، އަދި ސިންގަލް މަންމައިންނަށްވެސް ބައިވެރިވެވޭގޮތަށް ހަދަން އޭނާ ދަނީ ވިސްނަމުން ކަމަށްވެއެވެ.    

މިސް ޔުނިވާސްއިންޑޮނޭޝިޔާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި
06 ޑިސެމްބަރު 2025

އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

06 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ
01 ޑިސެމްބަރު 2025

އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ

01 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދަނީ
27 ނޮވެމްބަރު 2025

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި
07 ނޮވެމްބަރު 2025

ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި

07 ނޮވެމްބަރު 2025
ހުކުރު ދުވަހު އިންޑޮނޭޝިއާގެ ވެރިރަށުގައި ހުންނަ ސްކޫލެއްގެ ކައިރީގައި އެއްޗެއް ގޮއްވާލައިފި
05 ސެޕްޓެމްބަރު 2025

އިންޑޮނޭޝިއާގެ ސަރުކާރާ ދެކޮޅު މުޒާހަރާތަކަށް އަވައްޓެރި ޤައުމުތަކުގެ މީހުން އެހީވަނީ

05 ސެޕްޓެމްބަރު 2025
އިންޑޮނޭޝިއާގެ ސަރުކާރާ ދެކޮޅު މުޒާހަރާތަކަށް އަވައްޓެރި ޤައުމުތަކުގެ މީހުން އެހީވަނީ
31 އޯގަސްޓު 2025

މަޖިލިސް މެމްބަރުންގެ އެލަވަންސް މައްސަލައިގައި އިންޑޮނީޝިޔާ ގައި ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް ހޫނު ވެއްޖެ

31 އޯގަސްޓު 2025
މަޖިލިސް މެމްބަރުންގެ އެލަވަންސް މައްސަލައިގައި އިންޑޮނީޝިޔާ ގައި ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް ހޫނު ވެއްޖެ
01 މެއި 2025

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޭޑޭ ފާހަގަކުރަން ވަރުގަދަ ރެލީތައް

01 މެއި 2025
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޭޑޭ ފާހަގަކުރަން ވަރުގަދަ ރެލީތައް
04 އެޕްރީލު 2024

"ގައްޑާ" އޭ ހީވި ދިރިއުޅުން ދޫކޮށް، ތައުބާގެ މަގު ޚިޔާރު ކުރާ އަޚުންނާއި އުޚުތުންނަށް...

04 އެޕްރީލު 2024
"ގައްޑާ" އޭ ހީވި ދިރިއުޅުން ދޫކޮށް، ތައުބާގެ މަގު ޚިޔާރު ކުރާ އަޚުންނާއި އުޚުތުންނަށް...
30 ޑިސެމްބަރު 2023

އިންޑޮނީޝިއާގެ ކަނޑުގެ ސަރަހައްދަށް އައި ބިންހެލުމާއި ގުޅިގެން ރާއްޖެއަށް އަސަރެއް ނުކުރާނެ: މޫސުމާބެހޭ ގައުމީ އިދާރާ

30 ޑިސެމްބަރު 2023
އިންޑޮނީޝިއާގެ ކަނޑުގެ ސަރަހައްދަށް އައި ބިންހެލުމާއި ގުޅިގެން ރާއްޖެއަށް އަސަރެއް ނުކުރާނެ: މޫސުމާބެހޭ ގައުމީ އިދާރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް