Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްރާއީލުގެ އުދުވާން

އިޒްރޭލުން ހިންގަމުންދާ ރަހުމުކުޑަ ލާއިންސާނީ އަމަލު ކުށްވެރިކޮށް، އެކަން ހުއްޓާލުމަށް މަޖިލީހުން ގޮވާލައިފި

17 މެއި 2021 | ހޯމަ 10:45

މި ހަމަލާތަކަކީ ބައިނަލްއަގްވާމީ އެއްބަސްވުންތަކާ ޚިލާފު އަމަލުތަކެއް ކަމަށް ބުނޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 17 މެއި 2021 | ހޯމަ 10:45
ިއިސްރާއީލުން ގެންދަނީ މެދުކެނޑުމެއް ނެތި ޣައްޒާއަށް އަމާޒުކޮށް ވައިގެ ހަމަލާތައް ފޮނުވަމުން

ިއިސްރާއީލުން ގެންދަނީ މެދުކެނޑުމެއް ނެތި ޣައްޒާއަށް އަމާޒުކޮށް ވައިގެ ހަމަލާތައް ފޮނުވަމުން

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ރައްޔިތުންގެ މަޖިލީހުން ކުށްވެރި ކޮށްފިއެވެ.

ހޯމަ ދުވަހު މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގެ ކުށެއްނެތް މައުސޫމު ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް ފަލަސްތީނުގެ އާންމު ރައްޔިތުން ޝަހީދުކޮށް، އިޒްރޭލުން ހިންގަމުންދާ ރަހުމުކުޑަ ލާއިންސާނީ އަމަލު ރައްޔިތުންގެ މަޖިލީހުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ގެއިން ނެރެ، މުދަލާއި ފުރާނައަށް ގެއްލުންދީ މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު މިސްކިތުގައި އަޅުކަމުގައި ތިބި އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ދިން ހަމަލާތަކަކީ ބައިނަލްއަގްވާމީ އެއްބަސްވުންތަކާ ޚިލާފު އަމަލުތަކެއް ކަމަށެވެ. މަޖިލީހުން ބުނީ މެދުއިރުމަތީގެ ސުލްހަވެރިކަން ގާއިމުކުރުމަށް ބައިނަލްއަގްވާމީ މައިދާނުގައި ކުރެވެމުންދާ މަސައްކަތްތަކަށް ވެސް މިކަމުގެ އަސަރުކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އަބަދުމެ އޮންނާނީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާ އެކުގައި ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް މަދަދުވެރިވުންމަތީގައި ކަމަށް ބަޔާންކުރެއެވެ.

އިޒްރޭލުން ހިންގަމުންދާ މި އަމަލުތަކާ ގުޅިގެން ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މި އުދުވާނު ކުށްވެރި ކުރުމުގެ ގޮތުން އަމަލީ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ކުއްލި މައްސަލައެއް ހުށައަޅުއްވާފައެވެ.

މެންބަރު ވިދާޅުވީ މި ކަންކަމާ މެދު ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ނުރުހުން ފާޅު ކުރަންޖެހޭ ކަމަށް ދެކޭ ކަމަށެވެ. އަދި ނުރުހުން ފާޅުކުރުމަކީ ހަމައެކަނި ނެރެލާ ބަޔާނަކުން، އަދި ބުނެލާ ބަހަކުން ކުރެވޭ ކަމެއް ކަމުގައި ނުދެކޭ ކަމަށާއި އަމަލީ ގޮތުން އިޒްރޭލުގެ އަމަލުތައް ކުށްވެރި ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން އިޒްރޭލުން ރާއްޖެއަށް ފަތުރުވެރިން އައުން މި އުދުވާން ހުއްޓައިލަންދެން މަނާކުރުމަށާއި، އިޒްރޭލުގެ އުދުވާނަށް ނިމުމެއް އަންނަންދެން އިޒްރޭލުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ގޮވާލާ ކަމަށެވެ. މީގެ އިތުރުން ވެސް ދިވެހިރާއްޖޭގެ ނިސްބަތުން އެޅެންހުރި ފިޔަވަޅުތައް އެޅުމަށްފަހު އެ ފިޔަވަޅެއް އެޅުމަށް ގޮވާލާ ކަމަށް މެންބަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްއިޒްރޭލްފަލަސްތީނު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުން ހުއްޓުވުމަށް އިޒްރޭލުން ވެސްޓް ބޭންކުގައި އިތުރު 19 އާބާދީ ގާއިމުކުރަން ހުއްދަދީފި

21 ޑިސެމްބަރު 2025
ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުން ހުއްޓުވުމަށް އިޒްރޭލުން ވެސްޓް ބޭންކުގައި އިތުރު 19 އާބާދީ ގާއިމުކުރަން ހުއްދަދީފި
19 ޑިސެމްބަރު 2025

ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟

19 ޑިސެމްބަރު 2025
ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް