Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަޑިހުތުރު ބަސް ބޭނުންކުރި މައްސަލަ

އަދުރޭ ހަޑިހުތުރު އެއްޗެހި ކިޔުއްވި މައްސަލަ ހެކި ހޯދިގޮތް ގޯސްވެގެން ބޭރުކޮށްލައިފި

16 މެއި 2021 | އާދީއްތަ 14:11

މައުޟޫއީ ގޮތުން މިއީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 މެއި 2021 | އާދީއްތަ 14:11
އަދުރޭ ހަޑިހުތުރު ބަސް ބޭނުން ކުރެއްވި މައްސަލަ ފުލުހުންނަށް ހުށައެޅީ ޑީޖޭއޭއިން

އަދުރޭ ހަޑިހުތުރު ބަސް ބޭނުން ކުރެއްވި މައްސަލަ ފުލުހުންނަށް ހުށައެޅީ ޑީޖޭއޭއިން

އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މި މައްސަލައިގައި ފަނޑިޔާރު ހަސަން ސައީދު ކުރެއްވި ހުކުމުގައި ވަނީ، ދައުލަތުން ހެކީގެ ގޮތުގައި "އޯޑިއޯ އެނާލިސިސް ރިޕޯޓް" އާއި، "ވިޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓް" އެއް ހުށައަޅާފައިވާ ކަމަށެވެ. ނަމަވެސް މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަން ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަ ކުރައްވައި ހުކުމުގައި ވަނީ، މި 2 ރިޕޯޓަކީ ސައްހަ ރިޕޯޓެއް ކަމަށް ބެލެވެން ނެތް ކަމަށެވެ. މި މައްސަލައިގެ ދެން ހުރި ހެކިތަކަށް ބުރަވެ ބަލާއިރުވެސް، މިއީ މަދަނީ މިންގަނޑުން މައުޟޫއީ ގޮތެއްގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ބަޔާންކޮށް، ކްރިމިނަލް ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފައެވެ.

މި މައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ހުކުމްކުރުމަށް ކްރިމިނަލް ކޯޓުގައި 28 ނޮވެމްބަރު 2019 ވަނަ ދުވަހު ބޭއްވި ޝަރީއަތް، ކުރިއަށްދަނިކޮށް، ކްރިމިނަލް ކޯޓު ސަރަޙައްދުގައި ހިނގަމުންދިޔަ މުޒާހަރާގައި ހުންނަވައިގެން ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި ހަޑިހުތުރު ބަސް ބޭނުން ކުރެއްވުމުގެ މައްސަލައެކެވެ. ދައުވާގައި ބުނެފައިވަނީ، ރައީސް ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެލި ފަސް ފަނޑިޔާރުންނަށް ނިސްބަތްވާގޮތަށް ހަޑިހުތުރުބަސް ބޭނުންކޮށް، އެބޭފުޅުންގެ ވެރިކަމެއްގައި އެ ފަސް ފަނޑިޔާރުން ޖަލަށްލާނެކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ސަރަހައްދުގައި ހުންނަވައިގެން ބޭއަދަބީ ބަސްތައް ބޭނުންކުރި މި މައްސަލަ ފުލުހުންނަށް ހުށައެޅީ ޑީޖޭއޭގެ ފަރާތުންނެވެ.

ކުރީގެ ރައީސް ޔާމީނަށް ކުށް ސާބިތުވާކަމަށް ނިންމައި ފަސް އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ހުކުމް އިއްވީ 28 ނޮވެންބަރު 2019 ގައެވެ. އެ ދުވަހު ކްރިމިނަލް ކޯޓު ސަރަހައްދުގައި ތިބެގެން ޔާމީނުގެ ސަޕޯޓަރުން މުޒަހަރާ ކޮށްފައިވެއެވެ.

ޕީޕީއެމް ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް