Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަ ސާރކަލް ބައި އުގައިލު ފައުންޑޭޝަން

ކޯޑު ކުރުމުގައި ދިވެހި ކުޑަކުދިން މުޅިން އާ ހަރުފަތަކަށް!

16 މެއި 2021 | އާދީއްތަ 03:21

ޕްރޮގްރާމްގައި ބައިވެރިވަނީ އުމުރުން 8 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 16 މެއި 2021 | އާދީއްތަ 03:21
ދަ ސަރކަލް ބައި އުގައިލް ފައުންޑޭޝަން ގައި ބައިވެރިވާ ކުއްޖެއް ތައްޔާރުކޮށްފައިވާ އީކާޑެއް

ދަ ސަރކަލް ބައި އުގައިލް ފައުންޑޭޝަން ގައި ބައިވެރިވާ ކުއްޖެއް ތައްޔާރުކޮށްފައިވާ އީކާޑެއް

ސައިންސާއި ޓެކްނޮލޮޖީއަށް ކުޑަކުދިން އަހުލުވެރިކުރުމުގެ ގޮތުން އުގައިލް ފައުންޑޭޝަނާއި ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާ ގުޅިގެން އިނގިރޭސި ވިލާތުގެ ޓީޗަރުން މެދުވެރިކޮށް "ދަ ސަރކްލް" ގެ ނަމުގައި އޮންލައިންކޮށް ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމުތަކުގެ ތެރެއިން ދިވެހި ދަރިވަރުންތަކެއް ދަނީ ކޮމްޕިއުޓަރ ކޯޑިންގެ ފަންނީ ހުނަރުތައް ތަފާތު ގޮތްގޮތަށް ދައްކަމުންނެވެ.

އެގޮތުން މި އަހަރުގެ ކުޑަ އީދަށް ހާއްސަކޮށް މިކުދިން ވަނީ މައިންބަފައިންނާއި އާއިލާ މީހުންނަށް ފޮނުވަން އެކުދިން އަމިއްލައަށް ކޯޑުކޮށް އީ ކާޑުތަކެއް ތައްޔާރުކޮށްފައެވެ. އެޗްޑީސީން މައުލޫމާތުދޭ ގޮތުގައި މި ކާޑު ތައްޔާރުކުރުމުގައި އެކުދިން ވަނީ ޒަމާނީ ވެބްސައިޓް ހަދަން ބޭނުންކުރާ ކޯޑިންގެ ބައިތަކުގެ އިތުރުން ކާޑުގައި އީދާ ގުޅޭ މިއުޒިކު ހިމަނާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މިޕްރޮގްރާމު ފުރިހަމަކުރަމުން ގެންދާ އެތައް ސަތޭކަ ކުދިން، އެކުދިންގެ ވިސްނުމާއި ފިކުރު އަދި އަމިއްލަވަންތަކަން އެކުދިންގެ އީކާޑުތައް ޑިޒައިންކޮށް ކޯޑު ކުރުމަގައި ވަރަށް ބޮޑަށް ބޭނުން ކޮށްފައިވާކަމަށް އެޗްޑިސީން ބުނެއެވެ.

Advertisement - newsAdvertisement

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން "ދަ ސާރކަލް ބައި އުގައިލް ފައުންޑޭޝަން" ގެ ނަމުގައި އުގައިލް ފައުންޑޭޝަނާއި އެޗް.ޑީ.ސީ އިން ގުޅިގެން އޮންލައިންކޮށް ކިޔަވައިދެމުންގެންދާ މި ޕްރޮގްރާމުގައި ކިޔަވައިދެނީ ރާއްޖެއާއި އިނގިރޭސިވިލާތުގެ ތަޖުރިބާކާރުންނެވެ. މި ޕްރޮގްރާމްގައި ބައިވެރިވެ އުމުރުން 8 އަހަރާއި 15 އަހަރާ ދެމެދުގެ އެތައް ސަތޭކަ ދިވެހި ކުޑަކުދިން ދަނީ ކޯޑުކޮށް ވެބްސައިޓް ހެދުމާއި، ގޭމް ތައްޔާރުކުރުމުގެ އުކުޅުތައް ދަސްކުރަމުންނެވެ.

މި ޕްރޮގްރާމާ ބެހޭގޮތުން އުގައިލް ފައުންޑޭޝަންގެ ރައީސް ޕްރޮފެސަރ ޑރ. ހަސަން އުގައިލް ވަނީ މިފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އެ ކުދިންނަށް ވަރަށް ގިނަ ކަންކަން މި ޕްރޮގްރާމުން ދަސްވެފައިވާކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ޕްރޮފެސަރ އުގައިލް ވަނީ ޕްރޮގްރާމުގައި ބައިވެރިވާ އުމުރުން 13 އަހަރުގެ ކުއްޖަކު އަމިއްލައަށް ކޯޑުކޮށް ތައްޔާރުކޮށް ފޮނުވާފައިވާ އީކާޑެއް އަމިއްލަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މި ޕްރޮގްރާމުގައި ހަވާލުކުރެވޭ ހުރިހާ މަސައްކަތެއް ވެސް ދަރިވަރުން ޝައުގުވެރިކަމާ އެކު ފުރިހަމަ ކުރާއިރު، ކޯޑުކުރުމުގެ އިތުރުން ކަންކަމުގައި ވިސްނުންގެންގުޅެންވީ ގޮތް ދަސްވެގެންދާކަމަށް ޕްރޮގްރާމުގެ ދަރިވަރުން ފާހަގަކުރެއެވެ. މިކުދިންގެ މައިންބަފައިން ބުނާގޮތުން މި ޕްރޮގްރާމުގައި ދެވޭ މަސައްކަތްތައް އެކުދިން ޝައުގުވެރިކަމާ އެކު އެކުދިން އަމިއްލައަށް ކޮށް ނިންމާލައެވެ.

"ދަ ސާރކަލް" ގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކޯޑިން އެންޑް ކްރިޓިކަލް ތިންކިން އަދި "ލީޑަރސް އޮފް ޓުމޯރޯ" މިއީ އެޗް.ޑީ.ސީގެ އިޖްތިމާއީ ޒިންމާގެ ތެރެއިން އުގައިލް ފައުންޑޭޝަނާ އެކު ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ. މި ހަރަކާތުގެ އިތުރުން އެޗް.ޑީ.ސީ އިން ވަނީ އުގައިލް ފައުންޑޭޝަނާއި ގުޅިގެން "ދަ ސާރކަލް ސްޕޭސް"ގެ ނަމުގައި ހުޅުމާލޭގައި ލައިބްރަރީއެއް ހުޅުވާފައެވެ. 

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
09 ނޮވެމްބަރު 2025

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

09 ނޮވެމްބަރު 2025
ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް
22 އޮކްޓޯބަރު 2025

އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

22 އޮކްޓޯބަރު 2025
އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!
05 އޯގަސްޓު 2025

އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި

05 އޯގަސްޓު 2025
އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި
10 ޖުލައި 2025

ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން

10 ޖުލައި 2025
ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން
28 ޖޫން 2025

4،000 ފްލެޓު ރެޖިސްޓަރީ ކޮށްދޭނީ ކުލިދައްކައި ނިމުމުން: މުއްތަލިބު

28 ޖޫން 2025
4،000 ފްލެޓު ރެޖިސްޓަރީ ކޮށްދޭނީ ކުލިދައްކައި ނިމުމުން: މުއްތަލިބު
16 އެޕްރީލު 2025

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

16 އެޕްރީލު 2025
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި
18 މާރިޗު 2025

ޤާނޫނުއަސާސީ އާއި ބަޖެޓާއި ޚިލާފަށް ސަރުކާރައި އެމްއެމްއޭ އިން ކުރާ ކަންކަމާއި މެދު މެމްބަރުން ދެކޭ ގޮތްް ހޯދުމަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

18 މާރިޗު 2025
ޤާނޫނުއަސާސީ އާއި ބަޖެޓާއި ޚިލާފަށް ސަރުކާރައި އެމްއެމްއޭ އިން ކުރާ ކަންކަމާއި މެދު މެމްބަރުން ދެކޭ ގޮތްް ހޯދުމަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
18 ޑިސެމްބަރު 2024

ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ

18 ޑިސެމްބަރު 2024
ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ
01 އެޕްރީލު 2024

ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"

01 އެޕްރީލު 2024
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް