Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި އެފްއޭ ކަޕް

ލެސްޓާއިން ފުރަތަމަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފި

މިދިޔަ އަހަރުގެ ފައިނަލުންވެސް ޗެލްސީ ވަނީ ބަލިވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 15 މެއި 2021 | ހޮނިހިރު 18:43
އިނގިރޭސި އެފްއޭ ކަޕުގެ ތައްޓާއެކު ލެސްޓާ ސިޓީ ޓީމު

އިނގިރޭސި އެފްއޭ ކަޕުގެ ތައްޓާއެކު ލެސްޓާ ސިޓީ ޓީމު

ފައިނަލް މެޗުގައި ޗެލްސީ ބަލިކޮށް އިނގިރޭސި އެފްއޭ ކަޕުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ލެސްޓާ ސިޓީން ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުން ލެސްޓާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ލެސްޓާއިން ފުރަތަމަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކުރިއިރު، މި ފަހަރުގެ ފައިނަލަކީ 1969 ވަނަ އަހަރަށްފަހު މި މުބާރާތުގެ ފައިނަލުގައި ލެސްޓާ ވާދަކުރި ފުރަތަމަ ފަހަރެވެ.

އެފްއޭ ކަޕުގެ ފައިނަލް މެޗު ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނުއިރު، މި މެޗު ބަލަން 21،000 ސަޕޯޓަރުން ވަނީ ދަނޑަށް ވައްދާފައެވެ. އެހެންކަމުން މިއީ ކޮވިޑް-19 ގެ ލޮކްޑައުނަށްފަހު އިންގްލެންޑުގައި މެޗެއް ބަލަން އެންމެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވެއްދި ފުރަތަމަ މެޗެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، މި ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. އެއަށްފަހު މެޗުގެ ދެވަނަ ހާފު ފަށައިގެން ލެސްޓާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 63 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު ލެސްޓާއަށް ކާމިޔާބުކޮށްދިނީ ޔޫރީ ޓިއެލެމަންސްއެވެ.

އޭގެ ފަހުން ނަތީޖާ އެއްވަރުކުރަން ޗެލްސީން ގިނަ މަސައްކަތްތަކެއް ކުރިއިރު، އެ ޓީމުގެ ބެން ޗިލްވެލް އާއި މޭސަން މައުންޓް ފޮނުވާލި ނުރައްކާތެރި ހަމަލާތައް ލެސްޓާގެ ގޯލްކީޕަރު ޕީޓާ ޝްމައިކަލް ވަނީ ދިފާއުކޮށްފައެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ލެސްޓާގެ ވެސް މޯގަން އަތުން ބައިކޮޅަށް ލަނޑެއް ވަން ނަމަވެސް، އޭގެ ކުރިން ޗެލްސީގެ ޗިލްވެލް އޮފްސައިޑުގައި ހުރުމުން ވީޑިއޯ އިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.

މި ފަހަރުގެ އެފްއޭ ކަޕުގެ ފައިނަލުން ޗެލްސީ ބަލިވިއިރު، އެ ޓީމުން ވަނީ މިދިޔަ އަހަރުގެ ފައިނަލުގައިވެސް ވާދަކޮށްފައެވެ. މިދިޔަ އަހަރުގެ ފައިނަލުން ޗެލްސީ ބަލިވީ އާސެނަލް އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

އިނގިރޭސި އެފްއޭ ކަޕްލެސްޓަރ ސިޓީޗެލްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް

ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް

17 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު