ބުރުންޑީގައި ތިބި ކޮންގޯ ރެފިއުޖީން - ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހުން

27 މެއި 2025 | އަންގާރަ 18:28
-
1269
ޑީއާރުސީގެ ހަނގުރާމައިން ފިލައިގެން އައިސް ތިބި މީހުންނަށް ބުރުންޑީގައި ހަދާފައިވާ ކޭމްޕުތަކުގައި ސަލާމަތްތެރިކަމާއި ބޭނުންތައް ފުދުން ދަތިވެފައިވެއެވެ.
މުސެންޔީ ކޭމްޕުގައި ކާނާ ބެހުމުގެ ޙަރަކާތެއްގައި ރެފިއުޖީއަކު ކާނާގެ ގޯނިތަކާއި ކައްކާ ތެޔޮ ފުޅިތަކެއް ނަގަނީ؛ އެހެން މީހުންވެސް އެހީ ލިބޭނެކަމުގެ އުއްމީދުގައި މަޑުކޮށްލައިގެން ތިބި - ފޮޓޯ: އޭއެފްޕީ
ކާނާ ބެހުމުގެ ޙަރަކާތުގައި ރެފިއުޖީން އެއްވެފައި ތިބި ތަނެއްގައި މަސައްކަތްތެރިއަކު އެހީގެ ގޯނިތައް އޭނާގެ ބުރަކަށި މަތީގައި އުފުލަނީ - ފޮޓޯ: އޭއެފްޕީ
އެހީ މަދުވުމުގެ ސަބަބުން އެންޖީއޯތަކަށް ވަނީ ޖިންސީ އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންނަށް އެހީތެރިވުން ހުއްޓާލުމަށް މަޖުބޫރުވެފައި، މިފަދަ މީހުން ކޭމްޕުގައި ވަރަށް ގިނަ - ފޮޓޯ: އޭއެފްޕީ
މިހާރު އުވާލެވިފައިވާ ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުން ފޮނުވި އެންމެ ފަހު ބެޗުގެ ތެރެއިން ހަނޑުލު ކޮތަޅެއް ކިރަމުން ބުރުންޑީގެ ސަރުކާރުގެ އޮފިޝަލަކު އަލަށް އައިސްފައިވާ ކޮންގޯ ރެފިއުޖީންނާ ވާހަކަދައްކަނީ - ފޮޓޯ: އޭއެފްޕީ
އދ. އިން ބުނެފައިވަނީ ޖެނުއަރީ މަހުން ފެށިގެން، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިރުމަތީ ސަރަޙައްދުގައި ހިނގަމުންދާ އަނިޔާވެރިކަމުން ފިލައިގެން 71،000 އަށްވުރެ ގިނަ މީހުން ބުރުންޑީއަށް ވަދެފައިވާކަމަށް - ފޮޓޯ: އޭއެފްޕީ
ކޮންގޯ ރެފިއުޖީން ބުރުންޑީގެ ދެކުނު އިރުމަތީގައި އޮންނަ ގިހާރޯގެ މުސެންޔީ ރެފިއުޖީ ކޭމްޕުގެ ގުދަނެއްގައި ޔޫއެސްއެއިޑުން ފޮނުވި އެންމެ ފަހު ބެޗުގެ ކާބޯތަކެތި ބަހައްޓާފައި ހުރި ތަނަށް ބަލަނީ - ފޮޓޯ: އޭއެފްޕީ