16 ފެބްރުއަރީ 2025 | އާދީއްތަ 16:51
-
78
އިޒްރޭލުން ގެދޮރު އާރާސްތުކުރުމަށް ބޭނުންވާ ޒަރޫރީ ސާމާނުތަކަށް ހުރަސް އެޅުމުގެ ސަބަބުން ޣައްޒާގެ އިންސާނީ ކާރިސާ އިތުރަށް ގޯސްވަމުންދާކަމުގެ އިންޒާރު އެހީދޭ ޖަމާއަތްތަކުން ވަނީ ދީފައެވެ.
ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕްގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ކުނިތަކުން މެދުގައި ބަޔަކު އަލިފާންގަނޑެއް ރޯކޮށްގެން - ފޮޓޯ: ރޮއިޓަރސް
ޖަބަލިއާ ރެފިއުޖީ ކޭމްޕުގައި ހިޔާވަހިކަން ހޯދަމުން ދިޔަ އަންހެން ކުއްޖަކު ހަލާކުވެފައިވާ އޭނާގެ އާއިލާގެ ގޭގައި - ފޮޓޯ: ރޮއިޓަރސް
ކާބޯތަކެތީގެ ދަތިކަން ހުރުމާއި، ސާފު ފެނަކީ ލަގްޒަރީއަކަށް ވެފައި، ބޭސްފަރުވާއަކީ ގާތްގަނޑަކަށް ނެތް ކަމަކަށް ވާތީ، ދިރިހުރުން ވަނީ ކެނޑިނޭޅި ކުރާ ހަނގުރާމައަކަށް ބަދަލު ވެފައި - ފޮޓޯ: ރޮއިޓަރސް
ޣައްޒާގައި އާއިލާތައް އެމީހުންގެ އަވަށްތަކަށް އެނބުރި ދިޔުމުން ފެނުނީ ގެތައް ވީރާނާ ވެފައިވާ މަންޒަރު - ފޮޓޯ: ރޮއިޓަރސް
ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭ ގޮތަށް އާއިލާތައް އިންސިއުލޭޝަނަކާ ނުލައި ފިނި ބިމުގައި އަދި ސިމެންތި ގަނޑު މަތީގައި ނިދުމުގެ ސަބަބުން އިންފެކްޝަނާއި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވޭ - ފޮޓޯ: ރޮއިޓަރސް
އދ.ގެ އިސް އޮފިޝަލަކު ވަނީ ޣައްޒާއަށް އައި ގެއްލުންތަކަކީ "ބޮޑު ބިންހެލުމަކާ" އެއްވަރުކުރައްވާފައި - ފޮޓޯ: ރޮއިޓަރސް