25 މެއި 2025 | އާދީއްތަ 17:51
-
1299
ހުކުރު ދުވަހުން ފެށިގެން އިޒްްރޭލުން ވަނީ މަދުވެގެން 115 ފަލަސްތީނުން މަރާލާފައެވެ. މިއީ މަޖުބޫރުކޮށްގެން ބަނޑަށް ބެހެއްޓުމުގެ ފުޅާ ދާއިރާއެއްގައި ހިންގާ ޢަމަލުތަކާއެކު، ބޮންއެޅުން އިތުރުކުރަމުން ދާ ދަނޑިވަޅެއްގައެވެ.
ޣައްޒާ ސަރަޙައްދުގައި އިޒްރޭލު ސިފައިންގެ ގަދަފަދަ ހަމަލާތަކަށްފަހު، ފަލަސްތީނުން އެމީހުންގެ ތަކެއްޗާއެކު އެމީހުންނަށް ރައްކާތެރިކަމަށް ޤަބޫލުކުރެވޭ ސަރަޙައްދުތަކަށް ފިލައިގެން ދަނީ - ފޮޓޯ: އޭޕީ
ޣައްޒާގައި ތިބި ފަލަސްތީނުންނަށް ވަނީ އިޒްރޭލުގެ ހަމަލާތައް އިތުރުވަމުންދާތަން ފެނިފައި - ފޮޓޯ: އޭޕީ
އިޒްރޭލުގެ މަޖުބޫރު އިޚްލާކުރުމުގެ އަމުރުތަކާއެކު ހާހެއްހާ މީހުން އެ ސަރަޙައްދުގެ އުތުރުން ވަނީ ފިލާފަ. ނަމަވެސް އެއްވެސް ތަނެއް ރައްކާތެރި ނޫންކަމަށް އެމީހުން ބުނޭ - ފޮޓޯ: އޭޕީ
ޣައްޒާ ސަރަޙައްދުގައި އިޒްރޭލުގެ ހަނގުރާމަވެރި އަމަލުތައް ކުރިއަށްދާއިރު، ބައިތު ލަހިޔާއިން ފިލައިގެން އުޅޭ ފަލަސްތީނުން އުތުރު ޣައްޒާގެ ޖަބާލިޔާއަށް ދަތުރު ކުރަނީ - ފޮޓޯ: އޭޕީ
އުތުރު ޣައްޒާ ސަރަޙައްދުގެ ބައެއް ހިސާބުތަކުން ފަލަސްތީނުން ނުކުތުމަށް އިޒްރޭލު ސިފައިންގެ އަމުރެއް ވަނީ ނެރެފައި - ފޮޓޯ: އޭޕީ
މާރިޗު 18 އިން ފެށިގެން އިޒްރޭލު ސިފައިންގެ ފަރާތުން މަދުވެގެން 23 ތަންހުސްކުރުމުގެ އަމުރު ނެރެފައިވާކަން އުންރުވާގެ ލިޔެކިޔުމުން ފާހަގަކޮށްފައިވޭ - ފޮޓޯ: އޭޕީ