24 މެއި 2025 | ހޮނިހިރު 18:13
-
1868
ޕާކިސްތާނާއި އީރާނުން އަނބުރާ ފޮނުވާލާފައިވާ ސަތޭކަ ހާހެއްހާ މީހުން، ނާޒުކު ޙާލަތެއްގައިވާ އަފްޣާނިސްތާނުގައި ފަޤީރުކަމާއި، ވަޒީފާ ނެތުމާއި، އަދި އެހީތެރިކަން ނުލިބުމާ ކުރިމަތިލާން ޖެހިފައިވެއެވެ.
ޕާކިސްތާނުގައި 40 އަހަރަށްވުރެ ގިނަ ދުވަހު ހޭދަކުރުމަށްފަހު، އިޒަތުއްލާ ވަނީ އޭނާގެ ދަރިންނާއެކު އަފްޣާނިސްތާނަށް އެނބުރި އައިސްފައި. އޭނާ ތޯރްޚަމް ބޯޑަރަށް އައީ ގެއެއް، މުދަލެއް ނުވަތަ ތިބޭނެ ތަނެއްވެސް ނެތި. "އަހަރުމެން ހުރިހާ އެއްޗެއް ދޫކޮށްލާފައި އައީ އެއްވެސް އެއްޗެއް ނެތި،" އޭނާ ބުނެފައިވޭ. ފޮޓޯ - ޔޫއެންއެޗްއާރުސީ
ޕާކިސްތާނުން އަލަށް އަނބުރާ އައި ޢާއިލާތައް ވަގުތީ ހިޔާވަހިކަމަށް ބަދަލުކުރުމަށްޓަކައި ތޯރްޚަމް ބޯޑަރުގައި ޓްރަކެއްގައި މަޑުކޮށްގެން، މި ޢާއިލާތަކަކީ އެކި ސަރަޙައްދުތަކުން އައިސްފައިވާ ޢާއިލާތައް. އެމީހުން ވަނީ ދިގު އަދި އުނދަގޫ ދަތުރަކަށްފަހު އަފްޣާނިސްތާނުގައި އަލުން ދިރިއުޅުން ބިނާކުރުމުގެ ގޮންޖެހުމާ ކުރިމަތިލާންޖެހިފައި. ފޮޓޯ - ޔޫއެންއެޗްއާރުސީ
ޢަބްދުﷲ ވަނީ ޕާކިސްތާނުގައި 17 އަހަރު ހޭދަކުރުމަށްފަހު އަފްޣާނިސްތާނަށް އަނބުރާ އައިސްފައި. މިހާރު އޭނާއާއި އޭނާގެ 21 މެންބަރުންގެ ޢާއިލާ އެމީހުންގެ ދިރިއުޅުން އަލުން ބިނާކުރަންޖެހިފައިވަނީ މަދު މުދަލަކާއެކު އަދި ގެއެއް ނެތި. ހުނަރުވެރި ކަރަންޓު މަސައްކަތްތެރިއެއްގެ ގޮތުގައި، ޢަބްދުﷲ ވަނީ އޭނާގެ ދުވަސްވީ މައިންބަފައިންނަށް އެހީތެރިވުމަށާއި އެމީހުންގެ ރަހުނުކޮށްފައިވާ ޢާއިލާގެ ގެ އަނބުރާ ހޯދުމަށް ވަޒީފާއެއް ހޯދުމަށް ޢަޒުމް ކަނޑައަޅާފައި. ޔޫއެންއެޗްސީއާރުއިން ފޯރުކޮށްދީފައިވާ ފައިސާގެ އެހީ ވަނީ އޭނާގެ ޢާއިލާގެ ކުއްލި ބޭނުންތައް ފުއްދުމަށް ވަރަށް މުހިންމު ރޯލެއް އަދާކޮށްފައި. މިއީ އޭނާ އޭނާގެ ވަޠަނުގައި ދެމެހެއްޓެނިވި މުސްތަޤްބަލެއް ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާ ވަގުތު. ފޮޓޯ - ޔޫއެންއެޗްއާރުސީ
ޕާކިސްތާނުން އަލަށް އައިސްފައިވާ ޢާއިލާތައް ތޯރްޚަމް ބޯޑަރުގައި އެއްވެ، އެމީހުންގެ ދަތުރުގެ ދެން އޮތް މަރުޙަލާއަށް ތައްޔާރުވަމުންދޭ. ޔަޤީންކަން ނެތް މުސްތަޤްބަލަކާ ކުރިމަތިލާންޖެހުނު ނަމަވެސް، އެމީހުން ވަނީ އަފްޣާނިސްތާނުގައި އެމީހުންގެ ދިރިއުޅުން އަލުން ބިނާކުރުމަށް ތައްޔާރަށް. ފޮޓޯ - ޔޫއެންއެޗްއާރުސީ
ކުނަރު ސަރަޙައްދުން އައި ދުވަސްވީ މީހެއް ކަމަށްވާ ޝައިޚާން ވަނީ ޕާކިސްތާނުގައި ގާތްގަނޑަކަށް ނިމިދިޔަ 50 އަހަރު ހޭދަކުރުމަށްފަހު އޭނާގެ 10 ދަރިންނާއެކު އަފްޣާނިސްތާނަށް އަނބުރާ އައިސްފައި. އޭނާގެ މަދު ފައިސާކޮޅުން ހަމައެކަނި ބޯޑަރަށް ދަތުރުކުރުމުގެ ޚަރަދު ހަމަޖެއްސުނު. އެހެންކަމުން އޭނާއަށް ކާންބޯންވެސް އަދި ހިޔާވަހިކަމަށްވެސް ވަރަށް މަދު ވަސީލަތްތަކެއް ލިބިފައިވޭ. މި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، އޭނާ އުންމީދުކުރަނީ ވަގުތު ފާއިތުވަމުންދާއިރު، އޭނާއާއި އޭނާގެ ޢާއިލާއަށް އަފްޣާނިސްތާނުގައި، އޭނާގެ ވަޠަނުގައި، ދެމެހެއްޓެނިވި ދިރިއުޅުމެއް ޤާއިމުކުރެވޭނެ ކަމަށް. ފޮޓޯ - ޔޫއެންއެޗްއާރުސީ
އެމީހުންގެ ޢާއިލާއާއެކު ޕާކިސްތާނުން އަފްޣާނިސްތާނަށް އަނބުރާ އައުމަށްފަހުގައި 11 އަހަރުގެ ޝީރީން ޖާން އޭނާގެ 2 އަހަރުގެ ކޮއްކޮ ޙަފްޞާ އުރައިލައިގެން. ފޮޓޯ - ޔޫއެންއެޗްއާރުސީ