ޒަކިއްޔާގެ މަރު - ހޮޅުދޫގެ ފޮލިސް ސްޓޭޝަން ދޮށަށް ގިނަ އަދަދެއްގެ ބަޔަކު އެއްވުން

23 ފެބްރުއަރީ 2025 | އާދީއްތަ 15:50
-
328
ޒަހަމް ތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ނ.ހޮޅުދޫ، ޒަކިއްޔާ މޫސާގެ މަރާއި ގުޅިގެން އިންސާފު ހޯދައިދިނުމަށް ގޮވާލާ ހޮޅުދޫގެ ޕޮލިސްޓޭޝަން ދޮށަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެ އަޑު އުފުލައިފިއެވެ.
ޒަހަމް ތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ނ.ހޮޅުދޫ، ޒަކިއްޔާ މޫސާގެ މަރާއި ގުޅިގެން އިންސާފު ހޯދައިދިނުމަށް ގޮވާލާ ހޮޅުދޫގެ ޕޮލިސްޓޭޝަން ދޮށަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައިވޭ - ފޮޓޯ: ރާއްޖެއެމްވީ
މި އެއްވުން ހޮޅުދޫގައި ކުރިއަށް ގެންދިޔައީ ހޮނިހިރު ދުވަހުގެ ހަވީރު - ފޮޓޯ: ރާއްޖެއެމްވީ
މި އެއްވުމުގަައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ ބައިވެރިވެ އަޑު އުފުލާފައި - ފޮޓޯ: ރާއްޖެއެމްވީ
ރަށުގެ ގިނަ ރައްޔިތުން ބައިވެރިވި މި އެއްވުމުގައި ޒަކިއްޔާއަށް އިންސާފު ހޯދާއިދިނުމަށާއި، ތަހުގީގުގައި ހުރި ގިނަ ކަންބޮޑުވުންތައް ފާހަގަކޮށްފައި - ފޮޓޯ: ރާއްޖެއެމްވީ
ޒަކިއްޔާގެ މަރަށް އިންސާފުނުލިބި ހޮޅުދޫ ރައްޔިތުން ވަނީ މަގުމައްޗަށް ނުކުމެ އެތައް ފަހަރަކު އަޑުއުފުލާފައި - ފޮޓޯ: ރާއްޖެއެމްވީ
މިފަހަރު އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ އަޑުއުފުލަމުން ދަނީ ހޮޅުދޫގެ ޕޮލިސް ސްޓޭޝަން ދޮރުމަތީގަ - ފޮޓޯ: ރާއްޖެއެމްވީ
ހޮޅުދޫ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މި އެއްވުމުގެ ބައިވެރިން ގޮވާލަމުން ދިޔައީ ޒަކިއްޔާގެ މަރުގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން ހާމަ ކުރި މައުލޫމާތުތަކުގައި ސުވާލު އުފެދޭ އެތައް ކަމެއް ހުރިކަމަށާއި އެގޮތުން ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް ފުލުހުންނަށް ގޮވާލާކަމަށް - ފޮޓޯ: ރާއްޖެއެމްވީ
މި އެއްވުމުގެ ބައިވެރިން އަޑުއުފުލާ ގޮވާލަމުން ދިއައީ، ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް އަވަސްކުރުމަށާއި އަދި އެކަން ކުރި މުޖުރިމުންގެ ހެކިތައް ނައްތާލީ ފުލުހުންގެ ރޭވުމުން ކަމުގައި - ފޮޓޯ: ރާއްޖެއެމްވީ
ދެން އިތުރަށް ހަނު ނުތިބޭނެ ކަމަށާއި، އިންސާފު ހޯދައިދިނުމަށް އެއްވުމުގެ ބައިވެރިން ގޮވާލާފައިވޭ - ފޮޓޯ: ރާއްޖެއެމްވީ
ޒަކިއްޔާގެ މަރާއި ގުޅިގެން ފުލުހުން ހެދީ ހުސް ދޮގު ކަމަށާއި ހުރިހާ ހެއްކެއް ވެސް ވަނީ ނައްތާލާފައި ކަަމަށް އެއްވުމުގެ ބައިވެރިން ބުނެފައިވޭ - ފޮޓޯ: ރާއްޖެއެމްވީ
ޒަކިއްޔާ އަކީ ނަފުސާނީ އެއްވެސް މައްސަލައެއް ހުރި ބޭފުޅެއް ނޫން ކަމަށާއި އެއީ ވަރަށް ހިތްހެޔޮ، މީޙުންނަށް ވަރަށް ރަނގަޅު ބޭފުޅެއް ކަމަށާއި އަދި ޒަކިއްޔާ އަކީ އަމިއްލައަށް މަރުވި މީހެއް ނޫން ކަމަށާއި އެއީ ސީދާ ވަޅި ހަރައި މަރާލާފައިވާ އެއްވެސް ކުށެއް ނެތް އިންސާނެއް ކަމަށް ބުނެ ހޮޅުދޫ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ބައިވެރިން އަޑު އުފުލާފައިވޭ - ފޮޓޯ: ރާއްޖެއެމްވީ