ކ. މާލެ
|
16 މާރޗް 2021 | އަންގާރަ 17:49
ހައި ކޯޓު- ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން
ހައި ކޯޓު- ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން
ރާއްޖެއެމްވީ
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުން
ކުޑަ ފިރިހެން ކުއްޖަކާ ބެހުނު 50 އަހަރުގެ މީހަކު 14 އަހަރަށް ޖަލަށް
މައްސަލަ ސާބިތުވާކަމަށް ނިންމަވާފައިވަނީ އެ 3 ފަނޑިޔާރުންގެ އިއްތިފާޤުން
ހައިކޯޓުން އަންގާރަ ދުވަހު މިވަނީ މި މައްސަލަ ސާބިތުވާކަމަށް ކަނޑައަޅާފައި
މެޖިސްޓްރޭޓް ކޯޓުން ނިންމީ އެކަށީގެންވާ ހެކި ނެތްކަމަށް

ކުޑަ ފިރިހެން ކުއްޖަކާ ބެހުނު 50 އަހަރުގެ މީހަކު 14 އަހަރަށް ޖަލަށްލުމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުވާލިބޭ މީހާ 2014 ވަނަ އަހަރާއި، 2015 ވަނަ އަހަރު އެކި ފަހަރުމަތިން އެ ކުޑަކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަން ސާބިތުވެފައިވާއިރު، އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް އުފުލާފައިވަނީ ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލަ ހިނގާދިޔަ ރަށުގެ މެޖިސްޓްރޭޓު ކޯޓުން މައްސަލަ ބެލުމަށް ފަހު އޭރު ވަނީ އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ، މައްސަލަ ސާބިތު ނުވާކަމަށް ނިންމާފައެވެ. ނަމަވެސް މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އިސްތިއުނާފު ކުރުމުން، މައްސަލަ ބެއްލެވުމަށްފަހު ހައިކޯޓުން އަންގާރަ ދުވަހު މިވަނީ މި މައްސަލަ ސާބިތުވާކަމަށް ކަނޑައަޅާފައެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޙަސަން ޝަފީއުއާއި، ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން، ފަނޑިޔާރު ހުސައިން މަޒީދުއެވެ. މި މައްސަލަ ސާބިތުވާކަމަށް ނިންމަވާފައިވަނީ އެ 3 ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

ނިމިދިޔަ 2020 ވަނަ އަހަރު އެކަނިވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 232 މައްސަލަ ކޯޓުތަކަށް ހުށަހަޅާފައިވެއެވެ. އެގޮތުން 2020 ވަނަ އަހަރު ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތަފާތު 29 ބާވަތެއްގެ 232 ދައުވާ ހުށަހަޅާފައިވާއިރު، އެ ދައުވާތަކުގައި ޖުމްލަ 169 މީހެއްގެ މައްޗަށް ދައުވާކުރެވިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
- ކޮމެންޓް