ކ. މާލެ
|
1 މާރޗް 2021 | ހޯމަ 23:48
ސަރުކާރު މައްސޫލިއްޔަތު ބަލާ ކޮމެޓީގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވާހަކަ ދައްކަވަނީ
ސަރުކާރު މައްސޫލިއްޔަތު ބަލާ ކޮމެޓީގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވާހަކަ ދައްކަވަނީ
ޝުއައިބް މުހައްމަދު އިގްބާލް
އަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލަ
އަލީ ވަހީދު ބޭރަށް ފުރާ ވަޑައިގަތީ ކޯޓުން އަމުރު ނެރުމުގެ ކުރިން!
ޢަލީ ވަޙީދު ޖާމިނުކުރުވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ
ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު
ހައިކޯޓުން މި މައްސަލަ ބޭރު ކޮށްލާފައިވަނީ އާދިއްތަ ދުވަހު

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވަނީ ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުމުގެ އެއް ދުވަސް ކުރިން ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.

އަލީ ވަޙީދު ފުރާފައިވާއިރު، ޕާސްޕޯޓު ދޫކޮށްލުމަށް އަމުރު ނެރުނު އަޑުއެހުން ބާއްވާފައިވަނީ 9 ފެބްރުއަރީގައެވެ. އެހެންނަމަވެސް، އަމުރު ނެރުނު ތާރިޚެއްކަމަށް ޕީޖީ އޮފީހަށް ލިބުނު ލިއެކިއުންތަކުގައި އޮތީ 10 ފެބްރުއަރީއެވެ. އަދި އަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްލުމުގެ އަމުރު ޕީޖީ އޮފީހަށް ލިބިފައިވަނީ 11 ފެބްރުއަރީގައިކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވެއެވެ. އެއާއެކު، އަލީ ވަޙީދު ފުރާފައިވާ ސީދާ ތާރީޚު އިމިގްރޭޝަނުން ސާފު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ވަޙީދު ފުރާފައިވަނީ އަމުރު ނެރުމުގެ ކުރިންނެވެ. އެގޮތުން 9 ފެބްރުއަރީގެ ރޭގެ 11:30 ހާއިރު އަލީ ވަޙީދު ފުރާފައިވާއިރު، ފުރަތަމަ ވަޑައިގެންނެވީ ވެސް ތުރުކީގެ ވެރިރަށް އިސްތަންބޫލަށް ކަމަށް ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ. އެއާއެކު، ކޯޓުން އަމުރު ނެރުމުގެ ކުރިން އަލީ ވަޙީދު ފުރުވާލާފައިވަނީ ކޮން އުސޫލަކުންތޯ މިވަނީ ސުވާލު އުފެދިފައެވެ. އަދި އަލީ ވަހީދު ފުރުވާލުމުގެ ފަހަތުގައި އެހެން ކަމެއް އުޅޭތޯ ވެސް ވަނީ ސުވާލު އުފެދިފައެވެ.

އަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، މި މައްސަލަ ހައިކޯޓުން ބޭރު ކޮށްލާފައިވަނީ އަމުރު ދޫކުރި ކަމަށް މައުލޫމާތު ލިބުނު ވަގުތަށްވުރެ 48 ގަޑިއިރު ފަހުން ހުށައަޅާފައިވާތީ ކަމަށް ހައިކޯޓުން މައުލޫމާތު ދެއެވެ. އެގޮތުން ރަޖިސްޓްރާ ނިންމުން ނިންމާތާ 7 ދުވަސް ތެރޭގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮންނާނެކަންވެސް ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ. ހައިކޯޓުން މި މައްސަލަ ބޭރު ކޮށްލާފައިވަނީ އާދިއްތަ ދުވަހުއެވެ. އެއާއެކު، ހޯމަ ދުވަހު ރަޖިސްޓްރާގެ ނިންމުން އިސްތިއުނާފު ކުރާނެކަމަށް ޕީޖީ އޮފީހުން އޭރު މައުލޫމާތު ދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް
2 މާރޗް 2021 | އަންގާރަ 10:31
އަޙްމަދު
ސީދާ އިމިގްރޭޝަންގެ އިޙްމާލު ތިއޮތީ ފެންނަން. އޭސީސީން ތިކަން ވަގުތުން ވަގުތަށް (ޖާބިރުގެ ޓޯން) ބަލަން އަޅުގަނޑު އެދެން.
2 މާރޗް 2021 | އަންގާރަ 00:16
މަސްވެރިއެއް
ކުރިމިނަލް ކޯޓުން އަމުރު ނެރުމަށްފަހުން އަލީ ރާއްޖެއިން ފުރީ. އޮޅުވަން ނޫޅޭ!