ކ. މާލެ
|
10 އޯގަސްޓް 2024 | ހޮނިހިރު 09:38
ގަބްރިއެއްލާ ގަސްޕާ (ވ) އާއި ނޭމާ
ގަބްރިއެއްލާ ގަސްޕާ (ވ) އާއި ނޭމާ
ގޫގުލް
ބްރެޒިލްގެ ފޯވަޑް ނޭމާ
ނޭމާ ފަޅާ އަރައިފި! އެއީ ހަންގޭރީ މޮޑެލްގެ ދަރިފުޅުގެ ބައްޕަ؟
ހަންގޭރީގެ ކުރީގެ މޮޑެލް ގަބްރިއެއްލާ ގަސްޕާ އޭނާގެ 10 އަހަރުގެ ދަރިފުޅުގެ ބައްޕަ ކަށަވަރު ކުރުމަށް ބްރެޒިލްގެ ފޯވަޑް ނޭމާ ޑީއެންއޭ ހެދުމަށް އެދި ކޯޓަށް ހިނގައްޖެ އެވެ.

ހަންގޭރީގެ ކުރީގެ މޮޑެލް ގަބްރިއެއްލާ ގަސްޕާ އޭނާގެ 10 އަހަރުގެ ދަރިފުޅުގެ ބައްޕަ ކަށަވަރު ކުރުމަށް ބްރެޒިލްގެ ފޯވަޑް ނޭމާ ސަންޓޯސް ޑީއެންއޭ ހެދުމަށް އެދި ކޯޓަށް ހިނގައްޖެ އެވެ.

މިހާރު ފިހާރައެއްގެ ވިކުރާ ބަލަހައްޓަން އުޅޭ ގަބްރިއެއްލާ ބުނީ ދަރިފުޅުގެ ބައްޕަ އަކީ ނޭމާ ކަން އޭނާ އަށް ކަށަވަރު ކަމަށާއި ނަމަވެސް ޝަރުއީ މަރުހަލާއިން މިކަން ނިންމަން ބޭނުންވީ ބާސެލޯނާ އާއި ޕީއެސްޖީގެ ކުރީގެ ފޯވަޑް ފިލައިގެން އުޅޭތީ ކަމަށެވެ. އޭނާ ބުނީ ބޭނުންވަނީ ޑީއެންއޭ އަށްފަހު ދަރިފުޅު ޖޭޒްމީން ޒޮއޭ އަށް ނޭމާ ގަވައިދުން ހަރަދުކޮށްދިނުމަށް ކަމަށެވެ. ގަބްރިއެއްލާގެ ގާނޫނީ ވަކީލުން މައްސަލަ ކޯޓަށް ވެއްދުމަށްފަހު ބުނީ ނޭމާއާ ގުޅަން 2022 ވަނަ އަހަރުން ފެށިގެން ގަބްރިއެއްލާ ކުރި މަސައްކަތްކުރި ކަމަށާއި ނަމަވެސް މިހާރު ވެސް ތިން ކުދިންގެ ބައްޕައަކަށްވެފައިވާ ނޭމާއާ ގުޅޭގޮތް ނުވި ކަމަށެވެ.

ގަބްރިއެއްލާ ބުނާ ގޮތުން އޭނާ އާއި ނޭމާ އެންމެ ފުރަތަމަ ބައްދަލުވީ 2013 ވަނަ އަހަރު ބްރެޒިލްގެ ގައުމީ ޓީމާއެކު ބޮލީވިއާއަށް ގޮސްހުއްޓައެވެ. އަދި އެއަށްފަހު ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުން އުފެދި، ދަރިފުޅު ލިބުނީ ސްޕޭނުގެ ބާސެލޯނާއަށް ކުޅެން ނޭމާ ބަދަލުވި ފަހުން ކަމަށެވެ. ނަމަވެސް މިކަން މިހާތަނަށް ސިއްރުކުރީ ކީއްވެގެންކަން ގަބްރިއެއްލާ ނުބުނެ އެވެ.

އުމުރުން މިހާރު 30 އަހަރުގެ ގަބްރިއެއްލާ ބުނީ ދަރިފުޅުގެ ބައްޕައަކީ ނޭމާކަން ޑީއެންއޭ ރިޕޯޓުން ސާބިތުވެއްޖެނަމަ ބޭނުންވަނީ މަހަކު 25685 ޕައުންޑް ލިބޭގޮތްވުން ކަމަށާއި އަދި މިހާތަނަށް ނުދީ ހުރި ހަރަދު ވެސް ދޭން އެދޭ ކަމަށެވެ.

ބްރެޒިލްގެ ނޫސްތަކުން ބުނަނީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ވަރަށް ސިއްރުން ކަމަށެވެ. ނަމަވެސް މިހާރު ހެކި ހުށަހެޅުމުގެ ގޮތުން ދެ ފަރާތުގެ ޖެނެޓިކް މެޓީރިއަލްސް ހުށަހަޅަމުންދާ ކަމަށެވެ. މި ގޮތުން ނޭމާގެ ދަރިފުޅު ކަމަށް ބުނާ ޖޭޒްމީންގެ ޖެނެޓިކް މެޓީރިއަލް ބްރެޒިލުން ގެނެސްފައިވާ ކަމަށެވެ.

ނޭމާ އަކީ މިހާރު ވެސް ތިން ކުދިންގެ ބައްޕައެކެވެ. އޭނާ އަށް ފުރަތަމަ ލިބުނީ ފިރިހެން ކުއްޖެކެވެ. އެއީ 2011 ވަނަ އަހަރު ކުރީގެ ލޯބިވެރިޔާ ކެރޮލީން ޑަންޓަސް އަށެވެ. ޑެވީ ލޫކާ ކިޔާ މި ކުއްޖާ އަށް މިހާރު 12 އަހަރުވެއްޖެ އެވެ. ނޭމާ އަށް ދެ ވަނަ ކުއްޖަކު ލިބުނީ މިދިޔަ އޮކްޓޫބަރު މަހު އެވެ. އެކަމަކު އަންހެންކުއްޖަކު ލިބުނުތާ ކުޑަދުވަސްކޮޅެއް ފަހުން ނޭމާ އާއި ދަރިފުޅު މާވީގެ މަންމަ ބިއަންކާޑީ ވަކިވި އެވެ. އެއީ ނޭމާ ވަފާތެރި ނުވުމުން ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.

ނޭމާ އާއި ކުރީގެ އަންހެނުން އަދި އެދެމީހުންގެ ދަރިފުޅު މާވީ އުރާލައިގެން- މާސާ

ސައޫދީ އަރަބިއާގެ އަލް ހިލާލަށް މިހާރު ކުޅޭ ނޭމާ އަށް ތިން ވަނަ ދަރިފުޅަކު ލިބުނުކަން އެނގުމުން އޭނާ ވެސް ހައިރާންވި އެވެ. އެއީ ބިއަންކާޑިއާއެކު އުޅެމުންދަނިކޮށް އަމަންޑާ ކިމްބަލީ ކިޔާ މީހަކަށް ލިބުނު ކުއްޖެކެވެ. މިކަން ކަވަރުކުރުމަށް ވެސް އަމަންޑާގެ އެދުމުގެ މަތިން ނޭމާ ޑީއެންއޭ ހަދަން ޖެހުނެވެ.

މިދިޔަ އަހަރު ކުރީކޮޅު ވެސް ނޭމާގެ ލޯބީގެ މައްސަލައެއް ފަޅާއެރި އެވެ. އެއީ ބްރެޒިލްގެ ގައުމީ ވޮލީބޯޅަ ޓީމަށް ކުޅޭ އެއްމާބަނޑު ދެ ކުދިންނާ އެއްފަހަރާ ލޯބީގެ ގޮތުން ގުޅެން މަސައްކަތްކޮށް އެކުދިންނަށް މެސެޖް ފޮނުވަމުންދަނިކޮށެވެ.

އުމުރުން 30 އަހަރުގެ ނޭމާ އަކީ މޮޅު ކުޅުންތެރިއެއް ނަމަވެސް ގާތްގާތުގައި އަނިޔާގެ ގިނަ މައްސަކަލަތަކެއް ދިމާވެ މޮޅު ކުޅުން ނުދެއްކެ ކުޅުންތެރިއެއްކެވެ. އޭނާ އަށް ދިމާވަމުން އަންނަ އަނިޔާގެ މައިގަނޑު މައްސަލައަކީ ވެސް ދަނޑުބޭރުގެ އަހުލާގު ގޯސްވުން ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް