ހައިވޭގެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ބަޔަކަށް އަނިޔާވެއްޖެ އެވެ.
މި އެކްސިޑެންޓް ހިނގީ އަންގާރަ ދުވަހުގެ ރޭ 9:40 ކަންހާއިރުގަ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެއްގައި ބުނީ ހައިވޭގައި އެކްސިޑެންޓެއް ހިނގުމާއި ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. މި އެކްސިޑެންޓް ގައި ތިން ސައިކަލަކާއި ބަހެއް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓް ވި ތިން ސައިކަލުގެ ތެރޭގައި ފުލުހުންގެ ސައިކަލެއް ވެސް ހިމެނެ އެވެ.
އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.
މި އެކްސީޑެންޓް ގައި އަނިޔާލިބުނު މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އެ މީހުންނަށް ލިބުނު އނަިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.