މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން އޮކްޓޯބަރ 3ގައި ބޭއްވި "ލޫޓުވައިފި, ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ފުލުހަށް ހާޒިރުކޮށް، ބަޔާން ނަގައިފި އެވެ.
ޒާޔާ ފުލުހަށް ހާޒިރުވާން އަންގާ، ޗިޓު ފޮނުވާފައި ވަނީ އޮކްޓޫބަރު މަހުގެ 21 ވާ އަންގާރަ ދުވަހުއެވެ. ޒާޔާ އަށް ފުލުހުން ފޮނުވި ޗިޓުގައި ބުނީ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 އަށް، ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރު ވުމަށެވެ. އެގޮތުން ޒާޔާ ބުރާސްފަތި ދުވަހު ވަނީ ފުލުހަށް ހާޒިރުކޮށްފަ އެވެ.
އެ މުޒާހަރާގައި ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ޤާނޫނާއި ޚިލާފަށް މާލޭގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކުރި ކަމަށާއި، އާއްމުން ދަތުރުފަތުރު ކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ފުލުހުން ވަނީ ތުހުމަތު ކޮށްފައެވެ. އަދި އާއްމުން ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ވެސް ފުލުހުން ތުހުމަތުކުރެއެވެ.
ޒާޔާ ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރުކޮށްފައި ވަނީ އޮކްޓޯބަރ 3ގެ އެއްވުމާއި ގުޅިގެން ސާމްޕަލް ފޮޓޯ ނެގުމަށާއި، ތަހުގީގުގެ ބަޔާން ނެގުމަށް ކަމަށް ޗިޓުގައި ވެއެވެ.
ފުލުހަށް ޒާހިރުވެ ބަޔާން ދިނުމަށް ފަހު މިކަމާއި ގުޅޭ ގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ޒާޔާ ހާމަ ކުރި ގޮތުގައި އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށާއި މުޒާހަރާގެ ތެރެއިން ގާނޫނާއި ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނޭ ކަމަށެވެ.
އެހެން ނަމަވެސް އޮކްޓޫބަރު 3 ވަނަ ދުވަހުގެ ރޭ އޮތް މުޒާހަރާގެ ތެރެއިން ގާނޫނާއި ޚިލާފު އެތައް ކަމެއް ފުލުހުން ކޮށްފައިވާ ކަމަށާއި އެގޮތުން ސޮނިކް ވެޕަން ނުވަތަ އަޑު ހަތިޔާރެއްގެ ގޮތުގައި އާންމުންނާއި ދެކޮޅަށް ފުލުހުން ބޭނުން ކުރިކަން އޭނާ ފާހަގަ ކުރި އެވެ.
ޒާޔާ ފާހަގަ ކުރި ގޮތުގައި އެރޭގައި ފުލުހުން އެ ވެޕަން ބޭނުން ކުރި އިރު، ފުލުހުން އެކަން ކުރީ ކޮން ހަމައަކުން، ކޮން އުސޫލަކުން ކަމެއް ވެސް ފުލުހުން ހާމަކޮށްފައި ނުވާ ކަމަށެވެ. އަދި އެކަން މިހާތަނަށް ބަލައި ތަހުގީގެއް ވެސް ހިންގާފައި ނުވާކަމަށް އޭނާ ބުނެފައި އެވެ.
ޒާޔާ ބުނި ގޮތުގައި އެރޭގެ މުޒާހަރާގެ އިސް ސަފުގައި ހަރަކާތްތެރި ވި ބައެއް ފަރާތްތަށް ހައްޔަރު ކޮށް ގިނަ ބަޔަކަށް ޗިޓު ފޮނުވާ ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން އެގޮތަށް އަމަލު ކުރަމުން އެ ގެންދަނީ ބިރުދައްކަން ކަމަށާއި އެހެން ނަމަވެސް ކުޑަ ތަންކޮޅެއް ވެސް ފަހަތަށް ނުޖެއްސޭނޭ ކަމަށެވެ.
" މުޒާހަރާގެ ތެރެއިން ގާނޫނާއި ޚިލާފު އެއްވެސް ކަމެއް ނުކުރަން. އެހެން ނަމަވެސް ފުލުހުން ގާނޫނާއި ޚިލާފު އެތައް އަމަލެއް އެ ރޭ ހިންގި. އޭގެ ތެރޭގައި ސޮނިކް ވެޕަން، އަޑު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރި. އެތައް ބަޔަކަސް އެކަމުގެ އަސަރުކޮށް ގެއްލުން ވި. އެހެން ނަމަވެސް އަދި ވެސް އެ މައްސަލަ ނުބަލާ. ޗިޓު ފޮނުވައިގެން ފުލުހަށް ހާޒިރު ކުރަނީ ބިރުދައްކަން. ކުޑަކޮށް ވެސް ފަހަތަށް ޖެހުމެއް ނެތް. 31 ގެ މުޒާހަރާއަށް ވެސް އަދި ނޮވެމްބަރު 17 ގެ މުޒާހަރާއަށް ވެސް ދާނީ ވަރުގަދަ ކޮށް
އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ)![]()
މީގެ އިތުރުން ޒާޔާގެ ގާނޫނީ ވަކީލް އަފްސަލް އަބްދުﷲ ޒާހިރު ވިދާޅުވީ ޒާޔާ ފުލުހަށް ހާޒިރު ކޮށްފައި ވަނީ ތަފާތު ގިނަ އެކި ކުށްތައް ހުރިކަމަށް ތުހުމަތުކޮށްގެން ކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ކަނޑައެޅިގެން ޒާޔާ ނުކުރާ އެތައް ކަމެއްގެ ވާހަކަ ބަޔާންކޮށްފައި ހުރި ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
އެގޮތުން ޒާޔާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ 9/2014 ގެ 532 ވަނަ މާއްދާގެ (ހ) އާ މުޅިން ޚިލާފަށް ކަމަށް ވެސް ޒާޔާގެ ގާނޫނީ ވަކީލް ވިދާޅުވި އެވެ.
"ޒާޔާ ހާޒިރު ކުރެވުނީ އޮކްޓޫބަރު 3 ގައި އެމްޑީޕީން ބޭއްވި މުޒާހަރާ އާއި ގުޅިގެން. ޒާޔާ ފުލުހަށް ހާޒިރުކޮށްފައި މިވަނީ ތަފާތު ގިނަ އެކި ކުއްތަކުގެ ތުުހުމަތުތައް ކޮށް. އެގޮތުން 9/2014 ގައި އެކުލެވޭ ކަންތައްތަކުގެ ތެރެއިން ޒާޔާ ނުކުރާ އެތައް ކަމެއް މީގެ ތެރޭގައި ހިމެނޭ. އެގޮތުން އި ވަނީ 9/2014 ގެ 532 ވަނަ މާއްދާގެ (ހ) އާ މުޅިން ޚިލާފަށް ޒާޔާ ގެ މައްޗަށް ދައުވާ ކޮށްފްފަ މިވަނީ." ޒާޔާގެ ގާނޫނީ ވަކީލް އަފްސަލް އަބްދުﷲ ޒާހިރު ވިދާޅުވި އެވެ.
ޒާޔާ ބުރާސްފަތި ދުވަހު ފުލުހަށް ހާޒިރު ކޮށް ބަޔާން ނަގާފައިވާއިރު، މީގެ ކުރިން ފުލުހުން ވަނީ މަގު މަތިން ޒާޔާ ހުއްޓުވުމަށް ފަހު އޭނާގެ ފޯނު ވެސް ހިފަހައްޓާފައެވެ. ކޯޓު އަމުރެއްގެ ދަށުން 7 އޮކްޓޯބަރު ގައި ޒާޔާގެ ފޯނު އަތުލާފައި ވަނީ ސޯޝަލް މީޑިއާ ގައި ފުލުހުންނަށް ނިސްބަތްވާ ގޮތަށް އެއްޗެއް ލިޔުނު ކަމަށް ތުހުމަތުކުރުމަށް ފަހުގައެވެ.
އޮކްޓޯބަރ 3ގެ އެއްވުމާއި ގުޅިގެން އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ގިނަ ބަޔަކު ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރަމުންދާ އިރު މި އަމަލަކީ ބިރުދެއްކުމުގެ އަމަލެއް ކަަމަށް އެމްޑީޕީން ސިފަކުރެއެވެ. އަދި މިއީ ކުރިއަށް އޮތް ނޮވެމްބަރ 17އިގައި ބާއްވާ ބޮޑު އެއްވުމަށް ހުރަސް އެޅުމަށް ހިންގާ އަމަލުތަކެއް ކަަމަށް ވެސް ގިނަ އާއްމުންނާއި އިދިކޮޅު ފަރާތްތަކުން ޤަބޫލުކުރެއެވެ.
އަދި މިފަދައިން ޗިޓު ފޮނުވައިގެން ހާޒިރުކުރާ މީހުންގެ ތެރޭގައި ކަނބަލުންނަށް އިތުރަށް ފުރައްސާރަ ވާގޮތަށް އިދާރާތަކުން އަމަލުކުރާ ކަމަށް ވެސް ބައެއް އާއްމުން ފާހަގަކުރެއެވެ.