Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2025 | ހޮނިހިރު 12:21
މި މައްސަލާގައި ހައްޔަރު ކުރެވުނު އަޙްމަދު ނައުލަފް އަތުން ފެނުނު މަސްތުވާތަކެތި
މި މައްސަލާގައި ހައްޔަރު ކުރެވުނު އަޙްމަދު ނައުލަފް އަތުން ފެނުނު މަސްތުވާތަކެތި
ޕޮލިސް
މ. މުލި
މަސްތުވާތަކެތީގެ ތުހުމަތުގައި މ. މުލިން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް އިތުރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި މ. މުލި، ރުއްކަރަ ނައުފަލް އަހުމަދު ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދު މުއްދަތު 30 ދުވަހަށް އިތުރުކޮށްފި
މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވިގެން ފުލުހުން ކުރި ތަޙުޤީޤަކާ ގުޅިގެން ނައުފަލް ހައްޔަރުކުރި
މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ފުލުހުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޚާއްސަ އޮޕަރޭޝަންތައް ހިންގަމުން

މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި މ. މުލިން ހައްޔަރުކުރެވުނު ފަރާތުގެ ބަންދު މުއްދަތު 30 ދުވަސް އިތުރުކޮށްފި އެވެ.

ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. މުލި / ރުއްކަރަ، ނައުފަލް އަޙްމަދު (33 އަހަރު) އެވެ.

ނައުފަލް އަޙްމަދު ހައްޔަރު ކޮށްފައިވަނީ މި ސެޕްޓެންބަރު މަހުގެ 4 ވަނަ ދުވަހު މުލީ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 31 ރަބަރު ޕެެކެޓު ފެނިގެންނެވެ.

މި މައްސަލައިގެ ތަޙުޤީޤު މަރުޙަލާގައި އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭކަމަށް ފުލުހުން ބުނެ، ކޯޓަށް ހުށަހެޅުމުން، އޭނާގެ ބަންދު މުއްދަތު 30 ދުވަހަށް އިތުރުކުރުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ.

މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި މައްސަލައާ ގުޅޭ އިތުރު ތަފްސީލު މި ވަގުތު ހާމަކޮށްފައެއް ނުވެ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ފުލުހުން ދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޚާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.

- ކޮމެންޓް