މާލެއިން ގެއްލިގެން ހޯދަމުންދިޔަ ބ.ކެންދޫ، ޝަހުމުﷲ ސާޖިދު ފެނިއްޖެއެވެ.
ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޝަހުމުﷲ ރަށެއްގައި ހުރި ކަމަށް ފުލުހުންނަށް ގުޅައި މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމަތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ޝަހުމުﷲ ސާޖިދު ރަށެއްގައި ހުރި ކަމަށް ފުލުހުންނަށް ގުޅައި ވަނީ މައުލޫމާތު ދީފަ. ހާލު ރަނގު. https://t.co/LqwfasRCBh
— Maldives Police (@PoliceMv) September 5, 2025
ފުލުހުން ބުނި ގޮތުގައި، މާލޭގައި ދިރިއުޅެމުން އަންނަ ޝަހުމުﷲ ސާޖިދު އާއިލާއަށް އެއްވެސް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ސެޕްޓެމްބަރު 4 ވަނަ ދުވަހު ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފަ އެވެ. އެހިސާބުން ފުލުހުން ވަނީ ޝަހުމުﷲ ހޯދުމުގެ މަސައްކަތް ފަށާފައެވެ.
މިފަހުން މާލެގައި މީހުން ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރާ ހިސާބުން، ގިނަފަހަރު މީހާ އަމިއްލައަށް އުޅޭނޫޅޭ ތަނެއް ފުލުހުންނަށް ނޫނީ އާއިލާއަށް އަންގައެވެ.