މިނިވަން މުވައްސަސާތަކުގެ ކޮމެޓީން ނޫސްވެރިންނާ ބައްދަލުކުރާއިރު ނޫސްވެރިން އުޅެނީ ސީނެއް ކްރިއޭޓުކުރަން ކަމަށް ބުނެ ވާހަކަ ދައްކާ އަޑު އޮޅިގެން މަޖިލިސް ޔޫޓިއުބް ޗެނަލްއިން ލައިވް ކުރެވިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ޔޫޓިއުބް ޗެނަލްއިން "މިނިވަން މުވައްސަސާތަކުގެ ކޮމެޓީ" ލައިވް ކޮށްފައިވަނިކޮށް އެ އިދާރާގެ މުވައްޒަފުންތަކެއް ދައްކާ ވާހަކައިގެ އޯޑިއޯ އިން އިވޭ ގޮތުގައި، ސީން ކްރިއޭޓުކުރާ ކަމުގެ ތުހުމަތު ކޮށްފައިވަނީ މަޖިލީހުގައި މީޑިއާ ބިލަށް ބަހުސް ކުރި ވަގުތު މަޖިލީހުގެ ގެލެރީ އަށް ވަތް ނޫސްވެރިންނަށެވެ.
މިހާރު އަޅުގަނޑުމެން އަޅުގަނޑުމެންގެ މީޑިއާ އިން ބުނިން ރެކޯޑު ކުރާށޭ އަޅުގަނޑުމެން ލައިވްސްޓްރީމެއް ނުކުރާނަމޭ އެކަމަކު ކަމެއް ވެދާނެ ކަމަށް އަޅުގަނޑުމެން އަތުގަ އެވިޑެންސް އިންނަންޖެހޭނެތާ ދޯ، އެހެނވެގެން އެންމެ ވޯސްޓް ސިނާރިއޯ އަށް މި ވިސްނީ މިއަދު އިނގޭ، އެމީހުން ބޭނުން ވަނީ ސީން ކްރިއޭޓުކުރަން ކުރީދުވަހު ގެލެރީއަށް ވަދެފަވެސް މީޑިއާ އިން ގެލަރީއަށް ވަނެއްނު މީޑިއާ ބިލު، އަމީން އަނެއްކާ މީތި ސްޓްރީމް ވޭތަ އެބަ ވާހަކަ ދައްކާ އިރުގަ
މަޖިލީހުގެ މުވައްޒަފެއް ކަމަށް ބެލޭ ފަރާތުގެ އަޑުން ނަގާފައި![]()
ކާކުކަން ނޭނގޭ މަޖިލީހުގެ މުވައްޒަފަކު ދެއްކި ވާހަކައިގެ އޯޑިއޯ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި ލައިވްސްޓްރީމް މިހާރު ވަނީ މަޖިލީހުގެ ޔޫޓިއުބް ޗެނަލްތަކުން ޑިލީޓުކޮށްފަ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މަޖިލީހުގެ ޔޫޓިއުބް ޗެނަލް އިން ކޮށްފައިވާ ސްޓްރީމް ގައި އެ މުވައްޒަފުން ނޫސްވެރިން ސީން ކްރިއޭޓު ކުރަން އުޅޭ ކަމުގެ ތުހުމަތުކޮށް ވާހަކަ ދައްކާފައިވާއިރު މަޖިލީހުގެ ގެލަރީއަށް އެ ދުވަހު ވަން ނޫސްވެރިން އެ ތަނުގައި ތިބެ ކުރީ ހިމޭނެ އިހުތިޖާޖެކެވެ.