Advertisement
ކ. މާލެ
|
22 އޮކްޓޯބަރ 2025 | ބުދަ 18:16
މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
މި ގަރާރު ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް
ގަރާރު މަޖިލީހަށް ބަލައިގަތީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ އިއްތިފާގުން

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބޭރުމީހުންނަށް އާސަންދައިގެ ޚިދުމަތް ދިނުމަށް މަޝްވަރާކުރުމަށް ގޮވާލާ ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ގަރާރު ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށެވެ. ގަރާރު މަޖިލީހަށް ބަލައިގަތީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ އިއްތިފާގުންނެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ ގަރާރުގައި ވަނީ ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބޭރުމީހުންނަށް އާސަންދައިގެ ޚިދުމަތް ނުލިބޭކަން ފާހަގަކޮށް، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޚިޔާލު ހޯދުމަށް އެދިފައެވެ.

މެންބަރު ވިދާޅުވީ ދައުލަަތަށް ޚިދުމަތްކޮށްފައިވާ އެތައް ބިދޭސީންނެއް ރާއްޖޭގައި މިހާރުވެސް އެބަތިބި ކަމަށެވެ. އޭގެތެރޭގައި ގައުމީ ޓީމަށް ކުޅިވަރު ކުޅެފައިވާ ބިދޭސީން ވެސް ހިމެނޭ ކަމަން މެންބަރު ފާހަގަކުރެއްވިއެވެ.

އެ ގަރާރުގެ ބަހުސްގައި ބައިވެރިވެވަޑައިގެން، ގަރާރަށް ތާއީދުކުރައްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ކަން ކުރާ އުސޫލުން ރާއްޖޭގައި ވެސް މިކަން ކުރެވެން ޖެހޭ ކަމަށެވެ. އަދި މިކަމުގައި ތަކުލީފު އުފުލަން ޖެހިފައިވާ ވަރަށް ގިނަ އާއިލާތައް އެބަތިބި ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބިދޭސީންނާ ކައިވެނިކޮށް އެ ގައުމުތަކުގައި ދިރިއުޅޭއިރު ދިވެހިންނަށް ވެސް އެފަދަ އިނާޔަތްތައް ލިބޭ ކަމަށެވެ. އެހެންކަމުން އެ ގައުމުތަކުގައި ކަންކުރާ އުސޫލު ބަލައިގެން ހަމަހަމަ އިނާޔަތްތަކެއް ރާއްޖެއިން ވެސް ލިބޭނެ ގޮތްތަކެއް ގާއިމްވެފަ އޮތުމަކީ މުހިއްމު ކަމެއްް މެންބަރު ވިދާޅުވިއެވެ.

- ކޮމެންޓް