Advertisement
ކ. މާލެ
|
20 އޯގަސްޓް 2025 | ބުދަ 11:06
މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓު
މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓު
އެމްއެންޑީއެފް
މަސްބޯޓެއް އަތުލައިގަތުން
ދިއްފުށި ކައިރި މަސްވެރިކަން ކުރަނިކޮށް ލަންކާ މަސްބޯޓެއް އަތުލައިގެންފި
ހަ ފަޅުވެރިން ތިބި އެ ބޯޓު މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފަ
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަދެ މަސްވެރިކަން ކުރާ ބޭރުގެ އުޅަނދުތައް އިތުރުވަމުން އަންނަކަމުގެ ޝަކުވާ މަސްވެރިން ވަނީ ކޮށްފަ

ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދަށް ގަވައިދާ ޚިލާފަށް ވަދެ އުޅުނު ސްރީލަންކާގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ބުދަ ދުވަހު ހެނދުނު ކ. ދިއްފުށްޓާ ދިމާ އިރުމަތިން، ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުގައި އުޅެނިކޮށް ފާހަގަކުރެވުނު މި ބޯޓުގައި 6 ފަޅުވެރިން ތިބިކަމަށް ކޯސްޓްގާޑުން މައުލޫމާތު ދީފައިވެއެވެ.

ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވުނު މި ބޯޓު މިހާރުވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާކަމަށް ފުލުހުން ބުނެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަދެ، ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ބޭރުގެ އުޅަނދުތައް އިތުރުވަމުން އަންނަކަމުގެ ޝަކުވާތައް ދިވެހި މަސްވެރިން ވަނީ ކޮށްފައެވެ. މިފަދަ ޙަރަކާތްތައް ހުއްޓުވުމަށް ކޯސްޓްގާޑުން ދަނީ ޚާއްޞަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުއްދަނެތި މަސްވެރިކަން ކުރުމަކީ ކުށެއްކަމަށްވާއިރު، މިފަދަ ޢަމަލުތަކާ ގުޅިގެން ޖޫރިމަނާކުރުމާއި އުޅަނދު ހިފެހެއްޓުމުގެ އިތުރުން ޤާނޫނީ ފިޔަވަޅު އެޅޭނެކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ އަންގާފައެވެ.

- ކޮމެންޓް