Advertisement
ކ. މާލެ
|
16 އޯގަސްޓް 2025 | ހޮނިހިރު 19:52
ޔާމީނާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ގާސިމް ފެއްޓެވުން: ޖޭޕީން ބުނީ ގާސިމް އާއި ސިޔާދުއާ ބެހޭ ގޮތުން ޔާމީން ދެއްކެވީ ސާބިތު ނުހިފޭ ދޮގު ބުހުތާނު ވާހަކަތަކެއް ކަމަށްވާތީ، އެކަމާ ގުޅިގެން އެޅޭނެ ގާނޫނީ ފިޔަވަޅަކީ ކޮބައިތޯ ބަލަމުން ދާކަމަށް
ޔާމީނާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ގާސިމް ފެއްޓެވުން: ޖޭޕީން ބުނީ ގާސިމް އާއި ސިޔާދުއާ ބެހޭ ގޮތުން ޔާމީން ދެއްކެވީ ސާބިތު ނުހިފޭ ދޮގު ބުހުތާނު ވާހަކަތަކެއް ކަމަށްވާތީ، އެކަމާ ގުޅިގެން އެޅޭނެ ގާނޫނީ ފިޔަވަޅަކީ ކޮބައިތޯ ބަލަމުން ދާކަމަށް
ޖުމްހޫރީ ޕާޓީ
ގާސިމް އިބްރާހީމް
ޔާމީނާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ގާސިމް ވެސް ފައްޓަވައިފި
2018 ގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ޖަލުގައި ތިބި ސިޔާސީ ލީޑަރުން ދޫކޮށްލުމަށް އަމުރުކުރުމުން ޔާމީން ކުއްލި ހާލަތު އިއުލާންކުރި
ކުރީގެ ރައީސް މައުމޫން ވަނީ ޔާމީންގެ ތުހުމަތުތައް ދޮގުކުރައްވާފަ
ޖުމްހޫރީ ޕާޓީން ބުނީ ޔާމީން ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް

ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަވާފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ވެރިކަމުގެ ފަހު އަހަރު ކަމަށްވާ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު، ޖަލަށްލާފައިވާ ސިޔާސީ ލީޑަރުންތައް އެއް ފަހަރާ ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރެއް ނެރުނެވެ.

ގާސިމްގެ ޕާޓީ ޖޭޕީ އިން ރައީސް ޔާމީންއާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އިއުލާނު ކުރެއްވީ އޮންލައިން ނޫހަކުން ގެނެސްދިން ޕްރަގްރާމެއްގައި ޔާމީން ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.

ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުންހެން ހައްޔަރު ކުރެއްވި އެވެ. އޭގެތެރޭގައި ގާސިމް އިބްރާހިމާއި އެމަނިކުފާނުގެ ދޮށީ ފިރިހެން ދަރިކަލުން އިބްރާހިމް ސިޔާދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނާއި ގާނޫނީ ބައެއް ބޭފުޅުންނާއި ސަރުކާރުގެ އިސްވެރީން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ޔާމީން ވަނީ އެ ނިންމެވުން ދިފާއު ކުރައްވާ ވާހަކަ ދައްކަވާފަ އެވެ. ހާއްސަކޮށް ގާސިމް އިބްރާހިމާއި އިބްރާހިމް ސިޔާދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރެއްވި ސަބަބުތައް ކަމަށް ވިދާޅުވެ އެ ބޭފުޅުންނަށް ތުހުމަތުތަކެއް ކުރެއްވި އެވެ.

އެކަމާއި ގުޅިގެން ގާސިމްގެ ޖުމްހޫރީ ޕާޓީން ބުނީ ޔާމީން ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އެ ވާހަކަތަކާއި ގުޅިގެން ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.

އެގޮތުން ބުނީ ޖުމްހޫރީ ޕާޓީގެ ގާނޫނީ ޓީމުން އެކަން ބަލަމުންދާ ކަމަށެވެ. އަދި ޔާމީންގެ ވާހަކަތައް ކުށްވެރި ކޮށްފައިވެ އެވެ.

ކުރީގެ ރައީސް މައުމޫން ވެސް ވަނީ ޔާމީންގެ ވާހަކަތައް ދޮގު ކުރައްވާފަ އެވެ. މައުމޫން ހައްޔަރު ކުރަންޖެހުނު ސަބަބަކީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުން ކަމަށް ވިދާޅުވެ ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަފުޅުތަކަކީ، އެމަނިކުފާނުގެ ނަންފުޅު ކިލަނބުކުރުމުގެ ގޮތުން ދައްކަވާފައިވާ ވަރަށް ދަށު ދަރަޖައިގެ ދޮގު ވާހަކަތަކެއް ކަމަށް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު ކޯޓު އަމުރަކީ، ރައީސް މައުމޫނާއި އެއްވެސް ވަރަކަށް ގުޅުންހުރި ކަމެއް ނޫން ކަަމަށާ އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކޯޓު އަމުރެއް ހޯދުމުގެ ބޭނުމުގައި ނުވަތަ އެނޫންވެސް ނިންމުމެއް ނިންމުމުގެ ގޮތުން، ފަނޑިޔާރުންނަށް ރިޝްވަރު ދިނުމުގެ ހަޑި މުޑުދާރު އެއްވެސް އަމަލެއް ރައީސް މައުމޫން ދުވަހަކުވެސް ކުރައްވާފަ ނުވާނެ ކަމަށް ބަޔާނުގައިވެ އެވެ.

ސުޕްރީމް ކޯޓުން އަމުރެއް ހޯދުމަށް ނުވަތަ އެނޫން ނިންމުމެއް ނިންމުމަށް ފަނޑިޔާރުންނަށް ރިޝްވަރު ދިނުމުގެ އެއްވެސް ޢަމަލެއް ދުވަހަކުވެސް ކުރައްވާފައިނުވާ ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް