Advertisement
ކ. މާލެ
|
17 އޮކްޓޯބަރ 2025 | ހުކުރު 12:07
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ރައީސް ޔާމީން
ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން
ސަރުކާރުން ގެންދަނީ އެމްޑީޕީ ސަރުކާރުގެ އެކި މަގާމުތައް ފުރުއްވި ބޭފުޅުންނަށް ކޮރަޕްޝަނުގެ ތުހުމަތުތައް ކުރަމުން
ދައުލަތުގެ އިސް މަގާމުތައް ފުރުއްވާ ފަރާތްތަކުގެ މާލީ ބަޔާން ކޮންމެ ހަތަރު މަހުން އާންމު ކުރަންޖެހޭނެ
ބާރުތައް ރައީސް މުއިއްޒު މުށުތެރެއަށް ކަހާލައިގެން ހުރީމައި ފެނިގެން ދަނީ ގާނޫނުތަކުގެ އެޕްލިކޭޝަން ނުބައިކޮށް ފަނޑިޔާރުން ގެންދާ ތަން

ދިވެރިރާއްޖޭގައި އޮތީ ޑިމޮކްރެޓިކް ނިޒާމެއް ކަމަށާއި އެހެން ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޔާމީން އެފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރޭ އޮތް ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސިޔާސީ ވާދަވެރިންނަށް ސިޔާސީ ގޮތުން އެއްވެސް ފިޔަވަޅެއް އަޅައި، ހުކުމެއް ކޮށް ޖަލަށް ނުލާނެ ކަމަށް އެތަކެއް ވައުދުތަކެއް ވެލައްވައިގެން ވެރިކަމަށް ވަޑައިގެން ރައީސް ޑރ މުހައްމަދު މުއިއްޒު، ގެންދަވަނީ ކުރީ ސަރުކާގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންގެ ބޮލުގައި ސާބިތު ނުހިފޭ ދޮގު ތުހުމަތުތައް އަޅުވައި ސިޔާސީ ގޮތުން ދައުވާތައް ކުރަމުންނެވެ.

އެގޮތުންފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވާ ކަމަށް ނިންމާ ކޮރަޕްޝަނުގެ ތުހުމަތު ކޮށް ހަތަރު އަހަރުގެ ޖަލުހުކުމެއް އިއްވާ ސައީދު ޖަލަށް ލާފަ ވެއެވެ.

މީގެ އިތުރުން މިހާރު ވެސް މި ސަރުކާރުން ގެންދަނީ އެމްޑީޕީ ސަރުކާރުގެ އެކި މަގާމުތައް ފުރުއްވި ބޭފުޅުންނަށް އެކި ކަހަލަ ކޮރަޕްޝަނުގެ ދޮގު ތުހުމަތުތައް ކޮށް އޭސީސީ އަށާއި ފުލުހަށް ހާޒިރުކޮށް ބަޔާން ނަގަމުންނެވެ.

މި ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ދައުލަތުގެ އިސް މަގާމުތައް ފުރުވާ މީހުންގެ މާލީ ބަޔާން ހުށަހެޅުން ލާޒިމުކުރާއިރު މީގައި އެންމެ މުހިންމީ ފަނޑިޔާރުންގެ މާލީ ބަޔާން އާންމުކުރުވުން ކަމަށެވެ.

އަދި އެ ފަރާތްތަކުގެ މާލީ ބަޔާން ކޮންމެ ހަތަރު މަހުން އާންމުކުރުވަން ޖެހޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. ޔާމީން ވަނީ ފައިސާގެ ބޮޑު ބަޔެއް މި ސަރުކާރުން ބޭނުންވާ ހުކުމްތަކެއް ނެރުމަށް ފަނޑިޔާރުންނަށް ދޭކަމަށް ވިދާޅުވެ ތުހުމަތު ކުރައްވާފަ އެވެ.

ޔާމީން ވިދާޅުވީ ޑިމޮކްރެޓިކް ނިޒާމެއް ރާއްޖޭގައި އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި މިއަދު ރާއްޖޭގައި އެ ކަން ކުރަނީ ފަނޑިޔާރުގެ މެދުވެރިކޮށްގެން ކަމަށެވެ.

މިއަދަކު ދުނިޔެއިން ގަބޫލެއް ނުކުރާނެ އަޅުގަނޑު އާބިޓްރަރީ ޑިޓެންޝަނަކަށް ލައިގެން. އެހެންވީމާ އެ ކަން ކުރުވާނީ ފަނޑިޔާރުގެ ތެރެއިން. މިއަދު ވަރަށް ފަސޭހަ އެ ކަން ކުރުވަން. ފަނޑިޔާރުންނަކީ މި ކަންކަމުގައި ވިސްނާ ބައެއް ނޫން.

ކުރީގެ ރައީސް ޔާމީން

މި ފަހުން މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ބައެއް މީހުން ބަންދުކުރަން ނެރުނު އަމުރުތަކަށް ޔާމީން އިޝާރާތްކުރައްވަމުން ޔާމީން ވިދާޅުވީ މި ގައުމުގައި އެންމެ ފުރަތަމަ ނަޒާހާތްތެރިކަން ޔަގީންކުރަން ޖެހިފައި އޮތީ ފަނޑިޔާރުންނަށް ކަމަށެވެ.

އެހެންކަމުން ފަނޑިޔާރުންގެ ނަޒާހަތްތެރިކަން މާ ބޮޑަށް އެސްޓަބްލިޝް ވާން ޖެހޭ ކަމަސާއި ފަނޑިޔާރުންގެ އެސެޓް ޑިކްލެރޭޝަން ހަދަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ހުރިހާ ބާރުތަކެއް ރައީސް މުއިއްޒު މުށުތެރެއަށް ކަހާލައިގެން ހުންނެވުމުން ފެނިގެން ދަނީ ގާނޫނުތަކުގެ އެޕްލިކޭޝަން ނުބައިކޮށް ފަނޑިޔާރުން ގެންދާ ތަން ކަމަށެވެ.

- ކޮމެންޓް