Advertisement
ކ. މާލެ
|
15 އޯގަސްޓް 2025 | ހުކުރު 23:51
ފަނޑިޔާރުންނަށް މައުމޫން ރިޝްވަތު ދިންކަމަށް ބުނެ ޔާމީން ދެއްކެވީ ދޮގު ކުރުން: މައުމޫން ވަނީ ޔާމީނުގެ އެ ވާހަކަތައް ދޮގުކޮށްފަ
ފަނޑިޔާރުންނަށް މައުމޫން ރިޝްވަތު ދިންކަމަށް ބުނެ ޔާމީން ދެއްކެވީ ދޮގު ކުރުން: މައުމޫން ވަނީ ޔާމީނުގެ އެ ވާހަކަތައް ދޮގުކޮށްފަ
ރާއްޖެއެމްވީ
ރައީސް މުއިއްޒު
ރައީސް ޔާމީން ދެއްކެވީ ދޮގު ވާހަކަތަކެއް، ގާނޫނީގޮތުން އެޅެންހުރި ފިޔަވަޅެއް އަޅަން ވިސްނަނީ!
މައުމޫންގެ އޮފީހުން ނެރުނު ނޫސްބަޔާނުގައި ރައީސް ޔާމީންގެ ވާހަކަތައް ދޮގުކޮށްފައިވޭ
ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ މައުމޫންއާ އެއްވެސް ގުޅުމެއް ނެތް އަމުރެއްކަމަށް މައުމޫންގެ އޮފީހުން ބުނޭ
އެމަނިކުފާނާ ގުޅޭގޮތުން ޔާމީން ދެއްކެވި ވާހަކައާ ގުޅިގެން ގާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން ދަނީ ވިސްނަމުން

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރަންޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުން ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަކީ ހަގީގަތެއް ނެތް، ދޮގު ވާހަކަތަކެއް ކަމަށް މައުމޫން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވާހަތައް ދޮގުކުރައްވައި ކުރީގެ ރައީސް މައުމޫންގެ އޮފީހުން ހުކުރު ދުވަހުގެ ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ޔާމީންގެ ވެރިކަމުގެ ފަހު އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ މައުމޫންއާ އެއްވެސް ގުޅުމެއް ނެތް އަމުރެއް ކަމަށެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރަންޖެހުނު ސަބަބަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުން ކަމަށް ވިދާޅުވެ ޔާމީން ދައްކަވާފައިވާ ވާހަކަފުޅުތަކަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ނަންފުޅު ކިލަނބު ކޮށްލުމުގެ ގޮތުން ދައްކަވާފައިވާ ވަރަށް ދަށު ދަރަޖައިގެ ދޮގު ވާހަކަތަކެކެވެ.

ކުރީގެ ރައީސް މައުމޫނުގެ ބަޔާން

މައުމޫންގެ އޮފީހުން ބަޔާނެއް ނެރުނީ "އަދަދު" ނޫހުގެ ޕްރޮގުރާމެއްގައި ޔާމީން ދެއްކެވި ވާހަކައަށް ރައްދު ދިނުމުގެ ގޮތުންނެވެ.

އެ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ 2018 ގައި މައުމޫން ހައްޔަރު ކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުން ކަމަށެވެ.

ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ މައްސަލަ ފެންމަތިވުމުން މައުމޫން ހައްޔަރު ނުކޮށް އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ފުލުހުން ގޮސް މޮބައިލް ފޯނު ދިނުމަށް އެދުމުން ފޯނެއް ނުގެންގުޅުއްވާ ކަމަށް މައުމޫން ވިދާޅުވި ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.

ޔާމީން ވިދާޅުވީ މައުމޫން ހައްޔަރު ކުރީ ފުލުހުންނަށް ފޯނު ނުދިނުމުން ކޯޓަށް ގޮސް ހޯދި އަމުރެއްގެ ދަށުން ކަމަށެވެ. އަދި އެކަމުގައި ދިފާއު ބިނާ ކުރައްވަން މައުމޫންއަށް ކޯޓުގައި ފުރުސަތު ލިބިވަޑައިގެންނެވި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދުދީ މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ކަމުގައިވިޔަސް އަދި އޭގެ ކުރިންކަމުގައިވިޔަސް އަދި އޭގެ ފަހުން ކަމުގައިވިޔަސް، ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް އަދި އެނޫންވެސް ދައުލަތުގެ ކަމަކާއި ހަވާލުވެގެންހުރި އެއްވެސް ފަރާތަކަށް ރައީސް މައުމޫންގެ ފަރާތްޕުޅުން ރިޝްވަތުގެ އެއްވެސް ފައިސާއެއް ނުވަތަ އެހެން އެއްޗެއް ދުވަހަކުވެސް ދީފައެއްނުވާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ފަރާތަކުން، ކުޑަވެސް ހަގީގަތެއް އެކުލެވިގެންނުވާ މިފަދަ ދޮގު ވާހަކަތައް މުޖުތަމައުގައި ފަތުރަމުން ގެންދިޔުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ދެކެމެވެ. ރައީސް ޔާމީންގެ މި ވާހަކަތަކާއި ގުޅިގެން ގާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާމެދު ރައީސް މައުމޫން ގެންދަވަނީ ވިސްނަވާ ވަޑައިގަންނަވަމުންނެވެ.

ކުރީގެ ރައީސް މައުމޫނުގެ ބަޔާން

މީގެ އިތުރުން ބަޔާނުގައި ބުނީ އެމަނިކުފާނާ ގުޅޭގޮތުން ޔާމީން ދެއްކެވި ވާހަކައާ ގުޅިގެން ގާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން މައުމޫން ވިސްނަވަމުން ގެންދަވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ ރައީސް މައުމޫންގެ ފަރާތްޕުޅުން ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވަން ބޭނުންފުޅުވާ ޔަގީން ކަމަކީ، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ހިލާފު އެއްވެސް އަމަލެއް އެމަނިކުފާނުގެ ފަރާތްޕުޅުން ދުވަހަކުވެސް ކުރައްވާފައިނުވާނެ ކަމެވެ.

- ކޮމެންޓް