މިސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން، އަބްދުﷲ މާހިލް ޝަހީމް، ވޭޕް ކުރަން ބޭނުންކުރާ ސާމާނުތަކެއް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފަހައްޓައިފިއެވެ.
މައުލޫމަތު ލިބިފައިވާގޮތުން މިނިސްޓަރ ޝަހީމްގެ ދަރިކަލުން މާހިލް ރާއްޖެ އައިއިރު ގިނަ އަދަދެއްގެ ވޭޕްކުރާ ސާމާނު ލަގެޖުގެ ގެނައިކަން އެނގިފައި ވެއެވެ. އަބްދުﷲ މާހިލް ޝަހީމްއަކީ ރައީސް މުއިއްޒަށް ލަފާ އަރުވާ ޔޫތު އެޑްވައިޒަރީ ބޯޑުގެ މެމްބަރެއް
މިކަމާ ގުޅޭގޮތުން ކަސްޓަމްސް އިން ރަސްމީކޮށް އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް މިކަމުގެ މައުލޫމާތު އެނގޭ ކަސްޓަމްސްގެ އޮފިސަރުން ނުރަސްމީކޮށް މައޫލޫމާތު ދެމުން ބުނީ، މާހިލް ރާއްޖެ އައުމުން ހިފަހައްޓާ، ބަލާ ފާސްކުރިއިރު އޭނާގެ ލަގެޖުން އަދި ހަށިގަނޑުގައި ބަނދެފަހުރި ގިނަ އަދަދެއްގެ ވޭޕް ކުރަން ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމުގައެވެ.
ރާއްޖޭއަށް ވޭޕްކުރަން ބޭނުން ކުރާ ސާމާނު އެތެރެކުރުން މާނާ ކުރި ފަހުން ވެސް ފުޅާ ދާއިރާއެއްގައި މިވިޔަފާރި ކުރާކަމީ އެންމެ ދަންނަ ބޮޑު ސިއްރެކެވެ. އަދި މިހާ ފުޅާކޮށް މި ވިޔަފާރި ކުރެވެނީ ސަރުކާރުގެ އިސް ފަރާތްތަކުގެ ބައިވެރިވުން އޮވެގެން ކަމަށްވެސް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.
މީގެކުރިން ވެސް ސަރުކާރުގެ އިސްފަރާތްތައް އަދި ސަރުކާރަށް ނިސްބަތްވާ މަޖްލިސް މެމްބަރުންގެ މިފަދަ އަމަލުތައް މީޑިޔާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. ނަމަވެސް މިކަމަށް އެކަށީގެންވާ ފިޔަވަޅެއް އެޅިގެން ދިޔަތަނެއް ނުފެނެއެވެ.