Advertisement
ކ. މާލެ
|
13 އޯގަސްޓް 2025 | ބުދަ 22:36
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލްސާއެއްގެ ޕޯޑިއަމްގައި ވާހަކަފުޅުދައްކަވަނީ - ފައިލް
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލްސާއެއްގެ ޕޯޑިއަމްގައި ވާހަކަފުޅުދައްކަވަނީ - ފައިލް
ޕީޕީއެމް
ރައީސް މުހައްމަދު މުއިއްޒު
ޝަރަފުވެރިގޮތަކީ ކަންކަން ނުވިކަމަށް ނިންމަވާ ރައީސް މުއިއްޒު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުން - ޔާމީން
ރައްޔިތުން ހާލުގައި އުޅޭއިރު ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދިނުމަކީ ރަނގަޅުކަމެއް ނޫން
ރައީސް މުއިއްޒު ވެރިކަމުގައި ތަކެތީގެ އަގު ބޮޑުވެ ރައްޔިތުންނަށް ދިރިއުޅުމުގައި ދެކޮޅު ނުޖެއްސޭ
ތިމަންނައަށް ރައްޔިތުން އެދޭ ގޮތަށް އަދި ތިމަންނަ ބުނި ގޮތަށް މިކަމެއް ނުކުރެވުނު ކަމަށް މުއިއްޒު އަމިއްލަފުޅަށް ގަބޫލުފުޅު ކުރައްވާފައި ދުރަށް ވަޑައިގަތުން އެންމެ ރަނގަޅުގޮތަކީ

ޝަރަފުވެރިގޮތަކީ ކަންކަން ނުވިކަމަށް ނިންމަވާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އަދަދު ނޫހުގެ 'އެތެރެފުށް' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން ހާލުގައި އުޅެމުންދާއިރު އަދި ދައުލަތުގެ ދަރަނި އެހާ ބޮޑު އިރު ރައީސް މުއިއްޒުއަށް ދެވަނަ ދައުރެއް ދީގެން އަދި އެހެން ކަމެއް ވެސް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނަވައިގެން ވާނެ ފައިދާއެއް ކިޔައިދޭނެ މީހަކު ރައްޔިތުންގެ ތެރެގައި ނުހުންނާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އަންނަ މަހުވެސް ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވައިފިނަމަ ދިވެހި ރައްޔިތުންނަށް ލިބޭ ތަކެތީގެ އަގުބޮޑުވުމާއި ދިރިއުޅުމުގައި ދެކޮޅު ނުޖެއްސޭނެ ކަމަށެވެ. އަދި މިފަދަ ބޮޑެތި ގެއްލުންތަކެއް ރައްޔިތުންނަށް ވާއިރު، އާސަންދަ ހުސްވުންފަދަ އެތައްކަމެއް ހިނގާނެ ކަމަށެވެ.

މިކަންކަމައި މެދު ވިސްނަވާއިރު އަދި އެއްމަސް ދުވަހުވެސް ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވަން ރައްޔިތުން ބޭނުން ނުވާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ވިދާޅުވީ އެންމެ ޝަރަފުވެރި ގޮތަކީ ރައްޔިތުން އެދޭގޮތަށް އަދި ތިމަންމަނިކުފާނު ވިދާޅުވިގޮތަށް ކަންކަން ނުކުރެވުނު ކަމަށް ރައީސް މުއިއްޒު އަމިއްލަފުޅަށް ގަބޫލުފުޅުކުރައްވާ ދުރަށް ވަޑައިގަތުން ކަމަށެވެ.

ޔާމީން ވިދާޅުވީ ކޮންމެ ރައީސަކުވެސް ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ހިދުމަތްކުރައްވަން ކަމަށާއި، އަދި އަންނަ އިރު އަންނަނީ ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަން ހިއްޕަވައިގެން ކަމަށެވެ. އަދި އެކަންކަން އެއްވެސް ވަރަކަށް ފުދިގެން ނުދާކަމަށް ރައްޔިތުންގެ ތެރެއިން އެތައްބަޔަކު ގަބޫލުކުރާކަމުގައިވާނަމަ އަދި އެކަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނަމަ ގަދަކަމުން 5 އަހަރުގެ ދައުރެއް ފުރިހަމަކުރައްވަން ނުޖެހޭ ކަމަށެވެ.

'ރައްޔިތުންނަށް ހެޔޮގޮތެއް އެދިވަޑައިގަންނަވާނަމަ، ތިމަންނައަށް މިކަން ނުވިއޭ ކަލޭމެން ހޮވާ އެހެންމީހަކު މިއަށްވުރެ ހާލަތު ރަނގަޅުކޮށްދިނުމަށް ޖާގަދިނީއޭ ވިދާޅުވޭ. ރައީސް ނަޝީދު އެކަން ކުރެއްވިދޯ އެގޮތަށް' ރައީސް ޔާމީން ވިދާޅުވިއެވެ.

- ކޮމެންޓް