Advertisement
ކ. މާލެ
|
8 އޯގަސްޓް 2025 | ހުކުރު 12:38
ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް
ރައްޔިތުންގެ މަޖިލިސް
ޕީއެންސީގެ ޕީޖީ
ވަރަށް އަވަހަށް ޕީ.އެން.ސީ ގެ 13-14 މެންބަރުން ގޮނޑި ގެއްލުނަސް ހެޔޮކަމަށް ނިންމަވާ ރައްޔިތުންގެ ފަޅިއަށް އަރާނެ - އައްބާސް
ރައީސް މުއިއްޒު މަޖިލިސް މެންބަރުންނާ މަޝްވަރާ ނުކުރައްވާ ކުއްލި ކުއްލި ކަންކަން ކުރައްވާތީ ގިނަ މެންބަރުން ކަންބޮޑުވުން ފާޅުކުރި
ޕީއެންސީ މެންބަރުން ސަރުކާރުގެ ދެއުޅި އެއްނުވާ އޮއްޓަރެއް ނެތް ސިޔާސަތުތަކަށް ފާޑުކިޔަމުން ދިޔަ
ރާސްފަތި ދުވަހު ޕީޖީ ގްރޫޕް ގެ އިތުރު ބައްދަލުވުމެއް ބާއްވަވާނެކަމަށް ބުނި ނަމަވެސް އެ ބައްދަލުވުން ވެސް ނުބާއްވާ

‏ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި، ޕީ.އެން.ސީ ގެ 13 ނުވަތަ 14 މެންބަރުން ގޮނޑި ގެއްލުނަސް ހެޔޮކަމަށް ނިންމަވާ ޤައުމާއި، ރައްޔިތުންގެ ހައްޤުގައި ޕީ.އެން.ސީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަރާނެކަމީ ޔަގީން ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދާ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އޭނާ އެކްސްގައި ހިއްސާކުރައްވާފައިވާ ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އައްބާސް ވިދާޅުވެފައި ވަނީ، ބުދަ ދުވަހު ބޭއްވި ޕީ.އެން.ސީ ޕީޖީ ގްރޫޕް ގެ ބައްދަލުވުމުގައި މެންބަރުންގެ ކަންބޮޑުވުންތައް ބަންޑުންކޮށްލާފައިވާ ކަމަށެވެ. އެ ކަމުގެ ތަފްސީލް ހިއްސާކުރައްވާ، އައްބާސް ވިދާޅުވީ ބައެއް މެންބަރުން ވަނީ ސަރުކާރުން ގެންގުޅޭ ނުރަގަޅު ސިޔާސަތުކަށް ބަސްނުބުނެ އަބަދު މަންމަނުވެފައި ނުތިބެވޭނެކަމަށް ފާހަގަކުރައްވާފައިވާ ކަމަށެވެ.

ހަމައެހެންމެ ޤައުމާއި ރައްޔިތުންގެ ހައްޤުގައި ހައްޤުބަސް ބުނަން ނިކުންނާނެ ކަމަށް އެ މެމްބަރުން ވިދާޅުވާ ކަމަށް ވެސް އައްބާސް ވަނީ ފާހަގަކުރައްވާފައިވެއެވެ. ރައީސް ޑރ.މުއިއްޒު ދެކިލައްވާ ގޮތުގައި ރައްޔިތުންގެ މަޖުލީސް މެންބަރުންނަކީ އެއްވެސް ބައެއް ނޫންކަމަށް ދެކިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ އެއްވެސް މަޝްވަރާ އެއް ކުރުމެއް ނެތި ކުއްލި ކުއްލި ކަންކަން ކުރައްވާ ތަން ބަލަން ނުތިބޭނެކަމަށް ވެސް މެމްބަރުން ވިދާޅުވާ ކަމަށް އައްބާސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މެމްބަރުންނާއި މަޝްވަރާކުރުމެއް ނެތި ރައްޔިތުންނާ ގުޅުން ހުރި ކަންކަމުގައި ކުއްލި ކުއްލިއަށް މަޖުލީސް އަށް ހުށައަޅުއްވާ ބިލަތަކަށް ވޯޓު ނުދެއްވާނެ ކަމަށްވެސް ގިނަ މެންބަރުން ދަނީ ބުނަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދާއިރާ ތަކުގެ ތަރައްޤީ އެއްވެސް މިންވަރަކަށް ނުހިގާ ކަމާއި މޮޅެތި ބަސްތައް ވިދާޅުވުމާއި، ޕްރޮޖެކްޓުތައް އިއުލާން ކުރެއްވުމާއި، ބިންގާ އެޅުން ނޫން އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި އޭގެ ސަބަބުން ރައްޔިތުން ރުޅިގަދަވެ މާޔޫސްވެފައި ތިބިކަމަށް މެންބަރުން ޕީޖީ ގްރޫޕް ބައްދަލުވުމުގައި ވިދާޅުވި." އައްބާސް ވިދާޅުވިއެވެ.

ޖުމްލަ ގޮތެއްގައި ގިނަ މެންބަރުން ސަރުކާރުގެ ދެއުޅި އެއްނުވާ އޮއްޓަރެއް ނެތް ސިޔާސަތުތަކަށް ފާޑު ކިއަމުން ދިޔަ ކަމަށް އައްބާސް ވިދާޅުވިއެވެ. އައްބާސް ވިދާޅުވި ގޮތުގައި އެންމެބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކުރެއްވި މެންބަރަކީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަމަ އެހެންމެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވަނީ ސަރުކާރުން މިގޮތަށް މިކަން ތަކުރާރު ކުރައްވާ ނަމަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައި ކަމަށް އައްބާސް ވިދާޅުވިއެވެ.

އައްބާސް ވަނީ ރައީސް ޑރ.މުއިއްޒުގެ މަކަރުވެރި ސިޔާސަތުގެ ދަށުން ރައްޔިތުން މަޖުލީސްގެ މެންބަރުންގެ ގޮޑި ގެއްލޭގޮތަށް އިސްލާހު ހުށަހަޅުއްވާ ފާސްކުރައްވާފައި ވަނީ ރައްޔިތުންގެ މަޖުލީސް ގެ މެންބަރުންގެ ބާރު ކަޑުވާލުމުގެ ނިޔަތުގައި ކަމަށް ޕީއެންސީގެ މެމްބަރުން ވެސް ފާހަގަކުރައްވާ ކަމަށެވެ. ބުދަ ދުވަހުގެ ބޭއްވި ޕީޖީ ގްރޫޕް ގެ ބައްދަލުވުމުގައި މެންބަރުން ގެ ކަންބޮޑުވުންތައް ހުރިވަރުން ބައްދަލުވުން ވަރަށް ހޫނުވެގެން ދިޔަ ކަމަށާއި އެކަމުގެ ސަބަބުން ބުރާސްފަތި ދުވަހު ޕީޖީ ގްރޫޕް ގެ އިތުރު ބައްދަލުވުމެއް ބާއްވަވާނެކަމަށް ބުނި ނަމަވެސް އެ ބައްދަލުވުން ވެސް ނުބާއްވާކަމަށް ޕީ.އެން.ސީ ގެ މެމްބަރުންނާއި ހަވާލާދީ އައްބާސް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް