Advertisement
ކ. މާލެ
|
7 އޯގަސްޓް 2025 | ބުރާސްފަތި 20:10
ހުޅުމާލޭގެ ނިރޮޅު މަގުގައި އަލަށް ހުޅުވި "ގްލޯ ބައި އެލް" ފިހާރަ: މި ފިހާރައިން ގޭތެރެ ޒީނަތްތެރިކޮށްލުމަށް ބޭނުންވާ އެންމެ ޒަމާނީ ތަކެތި ލިބެން ހުންނާނެ
ހުޅުމާލޭގެ ނިރޮޅު މަގުގައި އަލަށް ހުޅުވި "ގްލޯ ބައި އެލް" ފިހާރަ: މި ފިހާރައިން ގޭތެރެ ޒީނަތްތެރިކޮށްލުމަށް ބޭނުންވާ އެންމެ ޒަމާނީ ތަކެތި ލިބެން ހުންނާނެ
ރާއްޖެއެމްވީ
ގްލޯ ބައި އެލް ފިހާރަ
ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންވާ އެންމެ ފަހުގެ ޒަމާނީ ތަކެތި "ގްލޯ ބައި އެލް" ފިހާރައިގަ!
"ގްލޯ ބައި އެލް" އިން ގޭތެރޭގެ އިންޓީރިއަރ ޒީނަތްތެރިކުރުމަށް ބޭނުންކުރާ އެންމެ ފަހުގެ ޒަމާނީ ތަކެތި ލިބެން ހުރޭ
މި ފިހާރައިން އެންމެ ފަހުގެ ޓެކްނޮލޮޖީ، ލައިޓްތަކާއި އެހެނިހެން ތަކެތި ވެސް ލިބެން ހުންނާނެ
ފިހާރަ ހުޅުވުމާއެކު 30 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ

ގޭތެރޭގެ އިންޓީރިއަރ ޒީނަތްތެރިކުރުމަށް ބޭނުން ކުރާ ޒަމާނީ ތަކެއްޗަށް ހާއްސަކޮށް އެލް ކުންފުނިން "ގްލޯ ބައި އެލް"ގެ ނަމުގައި ހުޅުމާލޭގައި ފިހާރައެއް ހުޅުވައިފި އެވެ.

އެލް މޮބައިލްއިން "ގްލޯ ބައި އެލް"ގެ ނަމުގައި ހުޅުމާލޭގައި ހުޅުވި ފިހާރައިން އެންމެ ފަހުގެ ޓެކްނޮލޮޖީ، ލައިޓްތަކާއި، ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންކުރާ ތަފާތު ތަކެއްތި މި ފިހާރާއިން ލިބެން ހުންނާނެއެވެ.

ގޭތެރެ އާއި ޑައިނިންގ އޭރިއާ އާއި ބެޑްރޫމު ޒީނަތްތެރިކުރަން އެތަންތަނުގައި ބަހައްޓާނެ ރީތި ވާސްތަކާއި އެކި ކަހަލަ ޑެކަރެޓިވް އައިޓަމްތަކުގެ އިތުރުން ގޭތެރޭގެ އެކި ތަންތަނާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ ތަފާތު ލައިޓުތައް އެ ފިހާރައިން ވިއްކަ އެވެ.

އަދި އެކި ކުލަތަކުގެ ސްޓައިލިޝް ރީތި ސުވިޗާއި ރިމޯޓްކޮންޓްރޯލުން ކުލަ ބަދަލުކޮށްލެވޭނެ ބޮކި ވެސް އެތަނުގައި ހުރެ އެވެ. އޭގެ އިތުރުން ގޭގެ ވަސްމީރުކޮށްލުމަށް ބޭނުން ކުރާނެ ޑިފިއުޒަރާއި އެކި ޑިޒައިންތަކާއި ކުލަތަކުގެ ބެޑްޝީޓް ސެޓުތައް ވެސް އެތަނުގައި ހުރެ އެވެ.

މި ފިހާރައިން ގޭގެ އިންޓީރިއަރ ރީތިކޮށްލުމަށް ބޭނުން ކުރެވޭނެ، ޒަމާނީ ތަފާތު، އެކި ޕްރޮޑަކްޓުތައް ލިބެން ހުންނާނެ އެވެ. އަދި މިހާރު އެތަނުން ލިބެން ހުރި ޕްރޮޑަކްޓުތަކުގެ އިތުރުން، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އާ ޕްރޮޑަކްޓުތަކެއް ވެސް އަންނާނެ އެވެ.

އެތަނުން ވިއްކާ ތަކެތިން ކަސްޓަމަރުންގެ ރިކުއެސްޓަށް ހާއްސަ ޑިސްކައުންޓުތަކެއް ލިބޭނެ އެވެ. އެތަނުގައި ޑެކަރެޓިވް އައިޓަމްތަކުގެ އިތުރުން ތަފާތު، ރީތި، ސްޓައިލިޝް ފަންކާ އާއި ތަޅު ފަދަ ތަކެތި ވެސް ހުރެ އެވެ.

"ގްލޯ ބައި އެލް" ހުޅުވުމާއި ގުޅިގެން އެ ފިހާރައިން 30 އިންސައްތައާއި ހަމައަށް ޑިސްކައުންޓް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އިމާރާތުގެ ލައިޓިން ހަދަން ބޭނުންވާ ފަރާތްތަކަށް ކަމުގެ ތަޖުރިބާ ކާރުންގެ އެހީ މި ފިހާރައިން ލިބިގެން ދާނެ އެވެ.

އެލް މޮބައިލްއިން މީގެ ކުރިން ހުޅުވައިފާވަނީ އިލެކްޓްރޯނިކް ސާމާނުތައް ވިއްކާ ފިހާރަތަކެވެ. އަދި "ގްލޯ ބައި އެލް" ވެގެންދާނީ އިލެކްޓްރޯނިކް ސާމާނަށް ފަހު ތަފާތު ތަކެތި ވިއްކުމައް ހުޅުވި ފުރަތަމަ ފިހާރައަށެވެ.

މި ފިހާރަ ހުންނަނީ ހުޅުމާލެ ފޭސް އެކެއް އަދި ދޭއް ބައްދަލުވާ ހިސާބުގައި ނިރޮޅު މަގުގަ އެވެ.

- ކޮމެންޓް