ކ. މާލެ
|
23 ޖުލައި 2025 | ބުދަ 23:10
އީރާނުގެ ކަނޑުގެ ސިފައިންގެ ވީޑިއޯއަކުން ނަގާފައިވާ ސްކްރީން އިމޭޖަކުން ފެންނަނީ 2025، ޖުލައި 23 ގައި އޮމާން ކަނޑުގައި ދަތުރު ކުރަމުން ދިޔަ އެމެރިކާގެ ޑިސްޓްރޯޔަރ ޔޫއެސްއެސް ފިޓްޒްޖެރަލްޑް އެވެ.
އީރާނުގެ ކަނޑުގެ ސިފައިންގެ ވީޑިއޯއަކުން ނަގާފައިވާ ސްކްރީން އިމޭޖަކުން ފެންނަނީ 2025، ޖުލައި 23 ގައި އޮމާން ކަނޑުގައި ދަތުރު ކުރަމުން ދިޔަ އެމެރިކާގެ ޑިސްޓްރޯޔަރ ޔޫއެސްއެސް ފިޓްޒްޖެރަލްޑް އެވެ.
ޕްރެސް ޓީވީ
އީރާން
އެމެރިކާގެ ހަނގުރަމަމަތީ މަނަވަރަކާ އީރާނުން ކުރިމަތި ލައިފި
އީރާނުގެ ހެލިކޮޕްޓަރަކުން އެމެރިކާގެ ހަނގުރާމަމަތީ މަނަވަރާ ކުރިމަތިލައި، އީރާނުގެ ކަނޑުގެ ސަރަހައްދުން ދުރަށް ދިއުމަށް ދިން އިންޒާރާއެކު އެމެރިކާގެ މަނަވަރު ބޯލަނބައި، ދަތުރުކުރި މަގު ބަދަލުކޮށްފިކަމަށް އީރާނުގެ ދައުލަތުގެ ޓެލެވިޜަނުން ވަނީ ބުނެފައި.

އެމެރިކާގެ ހަނގުރަމަމަތީ މަނަވަރަކާ އީރާނުން ކުރިމަތި ލައިފި ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ބާރުތަކުން ބުދަ ދުވަހު އޮމާނު ކަނޑުގައި އޮތް އެމެރިކާގެ ހަނގުރާމަމަތީ މަނަވަރަކާ ކުރިމަތިލައި، ތެހެރާނުގެ ކަނޑުގެ ސަރަޙައްދު ކަމަށް އެ ގައުމުން ބުނާ ސަރަހައްދުން ދުރަށް ދިއުމަށް އިންޒާރު ދީފައިވާކަމަށް އެ ޤައުމުގެ ދައުލަތުގެ ޓެލެވިޜަނުން ރިޕޯޓުކޮށްފައިވެއެވެ.

މި ދެ ވާދަވެރިންގެ މެދުގައި އެންމެ ފަހުން ކުރިމަތިލުން ތައް ހިނގާފައި ވަނީ ޖޫން 22 ގައި އިސްރާއީލާ އެކު އީރާނުން ކުރި 12 ދުވަހުގެ ހަނގުރާމައިގައި އީރާނުގެ މުހިންމު ނިއުކްލިއަރ ސައިޓުތަކަށް ހަމަލާ ދިނުމުން އެކަމަށް ބަދަލު ހިފަން ގަތަރުގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް އަށް އީރާނުން މިސައިލް ހަމަލާ ދިނުމުގެ ތެރެއިންނެވެ.

ދައުލަތުގެ ޓެލެވިޜަނުން ބުނެފައިވަނީ، ބުދަ ދުވަހު ހެނދުނު 10:00 ހާއިރު އީރާނުގެ އަސްކަރީ ހެލިކޮޕްޓަރެއް ޔޫއެސްއެސް ފިޓްޒްޖެރަލްޑްގެ މަތިން އުދުހިފައި ވަނީ އެ އުޅަނދު "އީރާނުގެ ކަނޑުގެ ސަރަހައްދާ ކައިރި ވާން މަސައްކަތްކުރުމުން" ކަމަށެވެ.

އިރާނުން ބުނީ އެ މަނަވަރުން އިންޒާރުތަކެއް ދިން ކަމަށެވެ. ނަމަވެސް "އީރާނުގެ ޕައިލެޓް... އީރާނުގެ ކަނޑުގެ ސަރަހައްދުން ދުރަށް ދިއުމަށް ބޯޓަށް ދިން އިންޒާރު ތަކުރާރުކޮށްފައިވާ" ކަމަށާއި، އެކަމުގެ ސަބަބުން އެމެރިކާގެ އުޅަނދު "ބޯލަނބައި" ދަތުރުކުރި މަގު ބަދަލުކުރަން މަޖުބޫރުވި ކަމަށެވެ.

އެމެރިކާގެ ކަނޑު އަސްކަރިއްޔާއިން މިކަމާ ގުޅޭގޮތުން ވަގުތުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

އީރާނުގެ ދައުލަތުގެ ޓެލެވިޜަނުން ދައްކާފައިވާ ވީޑިއޯއެއްގައި، ހެލިކޮޕްޓަރެއްގެ ކުޑަދޮރުން ހަނގުރާމަ މަތީ މަނަވަރެއް ފެންނަން ހުއްޓެވެ. އަދި އެ ވީޑިއޯ ގައި ޕައިލެޓް އެ އުޅަނދަށް ގޮވަނީ "މަގު ބަދަލުކޮށް" އީރާނުގެ ސަރަޙައްދީ ކަނޑާ ކައިރި ނުވުމަށެވެ.

އީރާނުގެ ބާރުތަކުން އެ ޤައުމުގެ ދެކުނު އައްސޭރިފަށުގައިވާ އޮމާނު ކަނޑު ފަދަ ސަރަޙައްދުތަކުގައި އެމެރިކާގެ ބާރުތަކާ ކުރިމަތިލުމުގެ ތާރީޚެއް އެބައޮތެވެ.

2023 ވަނަ އަހަރު، ތެހެރާނުން ބުނެފައި ވަނީ ހޯމޫޒް ކަނޑުއޮޅި ހުރަސްކުރަމުން ދިޔަ އެމެރިކާގެ ސަބްމެރިން އެއް ފެނުން މައްޗަށް އެރުމަށް މަޖުބޫރުކުރުވާފައިވާ ކަމަށެވެ. ނަމަވެސް މި ދަޢުވާ ވޮޝިންގްޓަނުން ދޮގުކޮށްފައިވެއެވެ.

- ކޮމެންޓް