Advertisement
ކ. މާލެ
|
11 ނޮވެންބަރ 2025 | އަންގާރަ 15:01
އީރާނުގެ ސިޓީއެއް ކަމަށްވާ މަޝްހަދުގައި މަރުގެ ހުކުމް ތަންފީޒު ކުރަން މީހަކު ގެންދަނީ (ފައިލް)
އީރާނުގެ ސިޓީއެއް ކަމަށްވާ މަޝްހަދުގައި މަރުގެ ހުކުމް ތަންފީޒު ކުރަން މީހަކު ގެންދަނީ (ފައިލް)
ގެޓީއިމޭޖަސް
އީރާން
އީރާނުގައި ޑޮކްޓަރަކު މަރާލުމުގެ ކުށް ސާބިތުވި މީހަކު ދަންޖައްސާ މަރާލައިފި
އީރާނު ގައި ޑޮކްޓަރަކު މަރާލި މީހާގެ މައްޗަށް ޤިޞާޞްގެ ހުކުމް ޢާންމު ތަނެއްގައި ދަންޖައްސައިގެން ތަންފީޒުކޮށް، އެއީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާކުރާ ފަރާތްތަކަށް ދިން ވަރުގަދަ މެސެޖެއް ކަމަށް އެ ގައުމުގެ ޝަރުއީ ދާއިރާ އިން ބުނެފައިވޭ.

އީރާނު ގައި ޑޮކްޓަރަކު މަރާލުމުގެ ކުށުގައި ކުށްވެރިވި މީހެއްގެ މައްޗަށް މަރުގެ ހުކުމް އާންމު ތަނެއްގައި ތަންފީޒު ކޮށްފި ކަމަށް އެ ގައުމުގެ ޝަރުޢީ ދާއިރާއިން ބުނެފިއެވެ.

އަންގާރަ ދުވަހު "ހެނދުނު ޢާންމު ތަނެއްގައި ޑރ. ދާވޫދީ... މަރާލި މީހާ ގެ މައްޗަށް ޤިޞާޞްގެ ޙުކުމް ތަންފީޒު ކުރެވުނު،" ކަމަށް އީރާނުގެ ޝަރުޢީ ދާއިރާގެ ރަސްމީ ނޫސް، މީޒާން އޮންލަ އިން ރިޕޯޓު ކޮށްފައި ވެއެވެ.

މި ޙުކުމް ތަންފީޒު ކުރީ ދަޢުވާ ލިބުނު ފަރާތުގެ ނަފްސާނީ ޞިއްޙަތު ވަޒަންކުރުމަށް ފަހު އަދި ސުޕްރީމް ކޯޓުން ޙުކުމް ދެމެހެއްޓުމަށް ފަހު ކަމަށް ޝަރުޢީ ދާއިރާއިން ބުނެފައިވެއެވެ.

"މި ޙުކުމް ތަންފީޒު ކުރުމަކީ މުޖުތަމަޢުގެ އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާ ކުރަން އުޅޭ ފަރާތްތަކަށް ދެވޭ މެސެޖެއް،" ކަމަށް ޕްރޮވިންސްގެ ޕްރޮސެކިއުޓަރ ވަހީދު މޫސަވިއާން އާ ހަވާލާދީ މީޒާން ގައި ރިޕޯޓުކޮށްފައިވެއެވެ.

އީރާނުން މަރުގެ ޙުކުމް ތަންފީޒު ކުރަނީ ދަން ޖައްސައިގެންނެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލް ފަދަ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނާ ގޮތުން، ދުނިޔޭ ގައި އެންމެ ގިނައިން މަރުގެ ހުކުމް ތަންފީޒު ކުރާ ގައުމަކީ ޗައިނާ އެވެ. އަދި އޭގެ ފަހުން ދެވަނަ އަށް އެންމެ ގިނައިން މަރުގެ ހުކުމް ތަންފީޒު ކުރަނީ އީރާނުގަ އެވެ.

އީރާނު ގައި ގިނަ މަރުގެ ޙުކުމްތައް ތަންފީޒު ކުރަނީ ޖަލުގައި ނަމަވެސް، ބައެއް ފަހަރު ޢާންމު ތަންތާގައި ދަންޖައްސައިގެން ޙުކުމް ތަންފީޒުކުރެވެއެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް