Advertisement
ކ. މާލެ
|
19 ނޮވެންބަރ 2025 | ބުދަ 17:48
އިޒްރޭލު ސިފައިންގެ ޓޭންކްތައް އޮގަސްޓް 18، 2025 ގައި ޣައްޒާ ސްޓްރިޕްގެ އުތުރުގެ ބޯޑަރު ކައިރީގައި ތައްޔާރީ ހާލަތަކަށް ގެންނަނީ
އިޒްރޭލު ސިފައިންގެ ޓޭންކްތައް އޮގަސްޓް 18، 2025 ގައި ޣައްޒާ ސްޓްރިޕްގެ އުތުރުގެ ބޯޑަރު ކައިރީގައި ތައްޔާރީ ހާލަތަކަށް ގެންނަނީ
ގެޓީއިމޭޖަސް
އީރާން
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
އީރާނުން ގަބޫލުކުރާ ގޮތުގައި، ޓްރަމްޕްގެ ޣައްޒާ ޕްލޭނަށް އދ.ގެ ތާއީދު ލިބިގެންދިއުމަކީ ފަލަސްތީނުގެ މިނިވަންކަމާއި އަމިއްލަ އަށް ކަންކަން ނިންމުމުގެ ހައްގު ނައްތާލައި، އެ ސަރަހައްދަށް "ބެލެނިވެރިކަމުގެ ނިޒާމެއް" ގެނައުމުގެ ނުރައްކާތެރި ފިޔަވަޅެކެވެ.

ފަލަސްތީނުގެ ޣައްޒާ އާ ބެހޭ ގޮތުން އދ. ގެ ސަލާމަތީ މަޖިލިހުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ގަސްދު ގައި އުނިކޮށްފައިވާ ކަމަށް އީރާނުގެ ޚާރިޖިއްޔާ އިން ބުނެފި އެވެ.

އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި އީރާނުގެ ޚާރިޖީ ވުޒާރާ އިން ބުނީ މި ގަރާރު ތައްޔާރުކުރި ފަރާތްތަކުން ވަނީ ގަސްދުގައި ފަލަސްތީނާ ގުޅޭ ގޮތުން އދ.ގެ ކުރީގެ ގަރާރުތަކާއި، ޣައްޒާ ގައި އދ. އިން އަދާކުރާނެ ރޯލު އުނިކޮށްފައި ކަމުގައެވެ.

އދ. ގެ ސަލާމަތީ މަޖިލިހުން ހޯމަ ދުވަހު ފާސްކުރި ގަރާރު 2803 އިން ތާއީދުކޮށްފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ 20 ނުކުތާގެ ޕްލޭނެއްގެ ދަށުން ޣައްޒާގައި "އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް)" ގާއިމުކުރުމަށެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި މި ޕްލޭނުގެ މަގުސަދަކީ 2023 އޮކްޓޯބަރުގައި ފެށި ޣައްޒާ ހަނގުރާމަ މުޅިން ނިމުމަކަށް ގެނެސް ޣައްޒާ ގައި ސުލްހަ ގާއިމު ކުރުމެވެ.

އީރާނުން މި ގަރާރާ ގުޅިގެން "ބޮޑު ކަންބޮޑުވުން" ފާޅުކޮށް، ނެރުނު ބަޔާނުގައި ބުނީ އިޒްރޭލްގެ ނަސްލު ނައްތާލުމާއި ޣައްޒާގައި ހިންގާ ޖަރީމާތައް ނިންމުމަށާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަކޮށްދިނުމަށާއި، އިސްތިއުމާރީ ބާރުގެ ކިބައިން ޣައްޒާ ސަލާމަތް ކުރުމަށް ކުރާ ކޮންމެ މަސައްކަތަކަށް އެއްބާރުލުން ދޭނެ ކަމުގައެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި، ގަރާރުގެ ބައެއް ބައިތަކުން ޣައްޒާ ގައި "ބެލެނިވެރިކަމުގެ ނިޒާމެއް" ގާއިމު ކޮށް، "ފަލަސްތީނު ރައްޔިތުންގެ އަސާސީ ހައްގުތައް، ހާއްސަކޮށް އަމިއްލަ އަށް ކަންކަން ނިންމުމުގެ ހައްގާއި އަލް-ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައިގެން މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމުގެ ހައްގު" ނަގައިލައެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޣައްޒާ ހިސޯރުކުރުން ކުރިއަށް ދާ ނަމަ ފަލަސްތީނުގެ ބިންތައް އިތުރަށް ފޮތިފޮތި ކޮށް، އެއް ފަލަސްތީނެއްގެ ގޮތުގައި ދެމި އޮތުމަށް ކުރާ އުންމީދު ތަކަށް ނުރައްކާތެރި ނަތީޖާ އެއް ނުކުންނާނެ ކަމަށެވެ.

އީރާނުން ބުނެފައިވަނީ ޣައްޒާ ގައި ހަރަކާތްތެރިވާ ބައިނަލް އަގުވާމީ ބާރުގެ ހަމަ އެކަނި ދައުރަކަށް ވާން ޖެހޭނީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ވަމުންދާ ގޮތް ބެލެހެއްޓުމާއި، އިންސާނީ އެހީ ފޯރު ކޮށްދިނުމުގެ ކަންކަން ހިނގަމުންދާ ގޮތް ބެލެހެއްޓުން ކަމުގައެވެ.

ހަމާސް އާއި އިޒްރޭލް ފާއިތުވި މަހު ވަނީ އެމެރިކާ މެދުވެރިވެގެން އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ބައިވެރިވެފައެވެ. މި އެއްބަސްވުމުގެ މަގުސަދަކީ ޣައްޒާ ހިސޯރުކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ދެ އަހަރު ދުވަހުގެ މުއްދަތަކަށް އިޒްރޭލުން ދެމުން ދިޔަ ހަމަލާތައް ނިމުމަކަށް ގެނައުމެވެ.

ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުން އޮކްޓޯބަރު 10 ގައި ތަންފީޒުކުރަން ފެށިއެވެ. ނަމަވެސް އިޒްރޭލުން އެއްބަސްވުމާ ހިލާފުވަމުން އައިސް، ވައިގެ ހަމަލާތައްދީ އަސްކަރީ ހަރަކާތްތައް ހިންގައި، ކާބޯތަކެތި ލިބުމަށް ދަތިކޮށް، އަދި ފަލަސްތީނު ރައްޔިތުން ހައްޔަރުކުރުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

- ކޮމެންޓް