Advertisement
ކ. މާލެ
|
23 ޖުލައި 2025 | ބުދަ 18:20
ރައީސް މުޢިއްޒާއި، މެންބަރު އައްބާސް
ރައީސް މުޢިއްޒާއި، މެންބަރު އައްބާސް
ރާއްޖެއެމްވީ
ރައީސް މުއިއްޒު
ފޮއްދޫގެ ކަންކަން ނުކުރެވެނީ އައްބާސްގެ ފަރާތުން އެއްބާރުލުން ނުލިބޭތީ ކަމަށް ރައީސް ވިދާޅުވެއްޖެ
މިފަހަކަށް އައިސް އައްބާސް ފާހަގަކުރެވެނީ ސަރުކާރުގެ ސިޔާސަތުތަކާއި ސަރުކާރުގެ އަމަލުތައް ހުރި ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެއްގެ ގޮތުގަ

ނ. ފޮއްދޫގައިި ސަރުކާރުން ކުރަން ރާވބާފައިވާ ކަންކަން ނުކުރެވެނީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގެ ފަރާތުން އެއްބާރުލުން ނުލިބޭތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މޫޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފޮއްދޫއަށް ވަޑައިގެން ރައިސް މުޢިއްޒު ވިދާޅުވީ، ރައްޔިތުން އިންތިހާބު ކޮށްފައި ހުންނަ މަންދޫބެއްކަމުގައި ވާނަމަ ސިޔާސީ ހިޔާލު ތަފާތުވުން ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ކުރިމައްޗަށް ގެނެސްގެން ނުވާނެ ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވި، އެ ދާއިރާގެ މެންބަރު އައްބާސްގެ އެއްބާރުލުމެއް ނުލިބޭ ތަނުގައި، ކަންކަން ކުރުމަށް ހުރަސް އަޅަމުންދާ ކަމަށެވެ. އަދި އައްބާސްއަށް ވުރެ އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް މާ ރަނގަޅު ކަމަށާއި އެމްޑީޕީގެ މެންބަރުން ސަރުކާރު ކުރާ ކަންކަމާ ނުބެހޭ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެގޮތަށް އަމަލުކުރުމުން މަސައްކަތް ކުރަން ފަސޭހަ ކަމަށެވެ.

ހަގީގަތުގައި އެމްޑީޕީގެ އެމްޕީސުންގެ ކިބައިން ވެސް އެއްގޮތަކުން ދަންނަވަންޏާ މާ ރަނގަޅު ސަރުކާރަށް ކަންކަން އޮންނަ ގޮތް. އެއީ އެބޭފުޅުން އެއްވެސް ވަރަކަށް ނުބެހޭ ކަމަށާ. އެބޭފުޅުންގެ ދާއިރާއެއްގެ ކަމެއްގައި އަދި މިއަދާ ހަމައަށް އައި އިރުގައި ނާދޭ އެއްވެސް ކަމެއްގައި، އެހެންވީމަ މާ ފަސޭހަ ކަންކަން ކުރަން. އެހެންނަމަވެސް މި ދާއިރާގެ އިއްޒަތްތެރި މަޖިލިސް މެންބަރުގެ ކިބައިން ކަންކަމުގައި އެހީތެރިކަން ނުދޭ ތަނުގައި ހުރަސްތައް ކުރިމަތިކުރާ ކަމީ އެއީ ހަމަ ދެރަކަމެއް

ރައީސް މުޢިއްޒު

ރައީސް ވިދާޅުވީ ދާއިރާއަށް އިންތިހާބުކޮށްފައި ހުންނަ މެންބަރު ސިޔާސީ ހިޔާލު ތަފާތުވި ނަމަވެސް، ވާން ޖެހޭނީ ޒިންމާދާރުކަމާއެކީ ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަން ޖެހޭ ބޭފުޅަކަށް ކަމަށެވެ.

މިފަހަކަށް އައިސް އައްބާސް ފާހަގަކުރެވެނީ ސަރުކާރުގެ ސިޔާސަތުތަކާއި ސަރުކާރުގެ އަމަލުތައް ހުރި ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ރައީސް މިހާރު ނ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އައްބާސް އަށް ބައިވެރި ނުވެވޭގޮތައް ދަތުރު ރާވާފައިވުމުން އައްބާސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އައްބާސް ފާހަގަކުރެއްވި ގޮތުގައި ރައީސް މުޢިއްޒު ނ އަތޮޅަށް ކުރައްވާ ދަތުރަކީ އިތުރު ދޮގުތައް ހަދައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބު ޕީއެންސީއަށް ކާމިޔާބު ކުރުމެވެ.

- ކޮމެންޓް