Advertisement
ކ. މާލެ
|
28 އޮކްޓޯބަރ 2025 | އަންގާރަ 10:04
އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަހުމަދު މައުރޫފް
އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަހުމަދު މައުރޫފް
ރާއްޖެއެމްވީ
ފައިސާ ޗާޕުކުރުން
ޕެންޝަން ފަންޑުގެ ވެރިންނަށް މައުރޫފް : ޤާނޫނުލް އުޤޫބާތުގެ 512 ވަނަ މާއްދާގެ ދަށުން ޤާނޫނާއި ޚިލާފު އަމަލެއް ކުރުމުން ފިޔަވަޅު އެޅޭނެ
ފައިސާ ޗާޕު ކުރުމުގައި ޤާނޫނާއި ޚިލާފު އަމަލެއް ކުރާ މީހުން ޖަލަށް ލެވޭނެކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރ މައުރޫފް ވިދާޅުވި
ފައިސާ ޗާޕު ނުކުރުމަކީ ރައީސް މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ބޮޑު ވައުދެއް
ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގާ އެކަށީގެންނުވާ ޢަމަލެއް ކުރުުމަކީ ޤާނޫނުލްއުޤޫބާތު ބުނާ ގޮތުން ކުށެއް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފައިސާ ޗާޕު ކޮށްގެން ސަރުކާރަށް 2.5 ބިލިއަން ރުފިޔާ ޕެންޝަން ފަންޑު މެދުވެރިކޮށް ހޯދައިދިނުމަށް މަގުފަހިކޮށްދިނުމުގައި ޤާނޫނާއި ޚިލާފުވުމަކީ، އެ މައްސަލަތައް ބަލާ ފިޔަވަޅު އެޅޭނެ ކަމެއް ކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން އެމްއެމްއޭ ލައްވާ ފައިސާ ޗާޕުކުރުވާ އިރު އެކަން ކުރުމަށް ސަރުކާރަށް މަގުފަހިކޮށްދޭ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނެކަން ޤާނޫނުލްއުޤޫބާތުން އެނގޭކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގާ އެކަށީގެންނުވާ ޢަމަލެއް ކުރުުމަކީ ޤާނޫނުލްއުޤޫބާތު ބުނާ ގޮތުން ކުށެކެވެ. ޤާނޫނުލްއުޤޫބާތުގއި ބުނާގޮތުން ދައުލަތުގެ މުވައްޒަފަކަށްހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބު އަދާކުރުމުގައި އެނގިހުރެ ޤާނޫނުގައިވާ ގޮތުގެމަތިން އަދާކުރަން ޖެހޭ ވާޖިބެއް އަދާނުކޮށް ދޫކޮށްލުމަކީ ކުށެކެވެ. އަދި ޤާނޫނުގައި ހުއްދަކޮށްފައި ނުވާ ކަމެއް ކުރުމަކީ ވެސް ކުށެކެވެ.

"ޤާނޫނުލް އުޤޫބާތުގެ 512 ވަނަ މާއްދާގެ ދަށުން ޤާނޫނާއި ޚިލާފު އަމަލެއް ކުރުމުން ފިޔަވަޅު އެޅޭނެ. މި މީސްމީހުން ޖަލަށް ލެވޭނެ." މައުރޫފް ވިދާޅުވިއެވެ.

ޕެންޝަން އޮފީހުގެ ބޯޑު އެކުލެވިގެންވަނީ 8 މެމްބަރުންގެ މައްޗަށެވެ. އެއީ ޕަބްލިކް ސެކްޓަރ ތަމްސީލު ކުރާ 3 މެމްބަރުންނާއި ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ 4 މެމްބަރުންނާއި އޭގެ އިތުރުން ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ބޯޑުގެ ޗެއަރ ޕާރސަން އެވެ.

މި ބޯޑު އެކުލެވިގެންވާ ގޮތަކީ ޑރ. އަޙްމަދު އިނާޒް، ބޯޑުގެ ޗެއަރޕަރސަން، ޝިފާޒާ ވަޖީހު - ބޯޑު މެމްބަރު (ޕަބްލިކް ސެކްޓަރ)، އަލްއުސްތާޛާ މިޒްނާ އަޙްމަދު - ބޯޑު މެމްބަރު (ޕްރައިވެޓް ސެކްޓަރ)، މުޙައްމަދު މާދިން ލަޠީފް - ބޯޑު މެމްބަރު (ޕްރައިވެޓް ސެކްޓަރ)، ފާޠިމަތު ޢަބްދުﷲ ކަމާލުއްދީން - ބޯޑު މެމްބަރު (ޕަބްލިކް ސެކްޓަރ)، ޢަބްދުލްމަޖީދު ޢަލީ - ބޯޑު މެމްބަރު (ޕްރައިވެޓް ސެކްޓަރ) އަދި އަލްއުސްތާޛް އަޝްރަފު ރަޝީދު - ބޯޑު މެމްބަރު (ޕަބްލިކް ސެކްޓަރ)އެވެ. އެ ބޯޑުގައި ހުންނެވި އަޙްމަދު ސަރުވަޝް އާދަމް - ބޯޑު މެމްބަރު (ޕްރައިވެޓް ސެކްޓަރ) ވަނީ އެ މަޤާމުން ދާދިފަހުން އިސްތިއުފާދެއްވާފައެވެ.

ފައިސާ ޗާޕު ނުކުރުމަކީ ރައީސް މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ބޮޑު ވައުދެއްކަން ފާހަގަކޮށްލެވެއެވެ. ކަންކަން ކުރެވޭ ވަރަށް ދައުލަތައް ކޮންމެ މަހަކު ފައިސާ ލިބޭ ކަމަށާއި، ލޯނު ނެގުމާއި ފައިސާ ޗާޕުކުރުން ފަދަ ކަންކަން ކޮށްގެން ދައުލަތަށް ފައިސާ ހޯދަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އެ ކަންކަން ނުކޮށް ފައިސާ ހޯދަން އެނގިވަޑައިގަންނަވާ ކަމަށާއި، މި ސަރުކާރުން ފައިސާ ޗާޕު ނުކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

- ކޮމެންޓް