Advertisement
ކ. މާލެ
|
18 ޖުލައި 2025 | ހުކުރު 18:27
މ. ރަތްމަންދޫގައި ކުރީ ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްތައް، ރާއްޖެޓީވީ ހާލުކިހިނެއް ޕްރޮގްރާމުގެ ތެރެއިން
މ. ރަތްމަންދޫގައި ކުރީ ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްތައް، ރާއްޖެޓީވީ ހާލުކިހިނެއް ޕްރޮގްރާމުގެ ތެރެއިން
ރާއްޖެއެމްވީ
ހާލުކިހިނެއް ޕްރޮގްރާމް
ކުރީ ސަރުކާރުން ރަތްމަންދޫގައި ފަށާފައިވާ ގިނަ ޕްރޮޖެކްޓުތައް ހުއްޓިފައި
ރަށުގެ ބައެއް އާންމުން ބުނިގޮތުގައި މިސަރުކާރު އައިފަހުން ރަށުގެ ހާލަތު ވަނި ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުން މ. ރަތްމަންދޫގައި ފަށާފައިވާ ތަރައްގީގެ ހުރިހާ މަޝްރޫއުއެއް ހުއްޓިފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ރާއްޖެ ޓީވީގެ ހާލުކިހިނެތް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެރަށު ކައުންސިލްގެ ރައީސް އިސްމާއިލް ނާހިދު ވިދާޅުވީ، ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ފަށައި ބޮޑު ބައި ނިންމާފައިވާ ކަމަށާއި އެހެން ނަމަވެސް ވެރިކަން ބަދަލުވި ހިސާބުން އެއްވެސް މަޝްރޫއުއެއްގެ މަސައްކަތެއް ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމަށެވެ.

އެގޮތުން ކުރީ ސަރުކާރުން ފަށާފައިވާ އެރަށުގެ ކައުންސިލް އިދާރާގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ފަރްނީޗަރު ހޯދުމަށް ބަޔަކާ ހަވާލުކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް ކައުންސިލްގެ ރައީސް ނާހިދު ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުން ފަށާފައިވާ ނަރުދަމާގެ މަސައްކަތް މުޅިން ހުއްޓިފައިވާކަން ފާހަގަކޮށް ނާހިދް ވިދާޅުވީ، ވެރިކަން ބަދުލުވީއިރު ހުރިހާ ޖަންގުޝަނެއް ހެދިފައިވާ ކަމަށާއި އެހެން ނަމަވެސް މިހާރު މުޅި ޕްރޮޖެކްޓް ހުއްޓިފައިވާ ކަމަށެވެ.

ރަތްމަންދޫގެ ތަރައްގީއަށް ގިނަ ޕްރޮޖެކްޓް ތަކެއް ކުރީ ސަރުކާރުން ފަށާފައިވާ އިރު އެރަށުގައި އައު އިންޖީނުގެ އެއްކޮށް ނިންމާ މިހާރު އެ އިމާރަތް ބޭނުންކުރަން ވަނީ ފަށާފައެވެ. ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ގޮތުގައި ކުރީގައި ރަށުގެ މެދުތެރޭގައި އިންޖީނުގެ ހުރުމުން އާންމު ރައްޔިތުންނަށް ވަރަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވެއެވެ. އެހެން ނަމަވެސް މިހާރު ރައްޔިތުން އެދުނު ގޮތައް ރަށުގެ ރައްޔިތުން ދިރިއުޅޭ ހިސާބާއި ދުރުގައި އިންޖީނުގެ ހުރުމުން ރައްޔިތުން އުފަލަމުންދިޔަ ތަކުލީފުތަކަށް ހައްލު ލިބިފައިވާކަންވެސް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ސާލިހްގެ ސަރުކާރުން އެރަށުގައި ހަދަން ފަށާފައިވާ ވާރޭފެން ސްޓޯރޭޖް ކުރާ އިމާރާތުގެ މަސައްކަތް ޖުމްލަކޮށް ވަނީ ނިމިފައެވެ. ނާހިދް ވިދާޅުވި ގޮތުގައި ވެރިކަން ބަދަލުވީއިރު އެތަނުގައި ނުނިމި ހުރީ ކަނެކްޝަންތައް ޓެސްޓުކުރުން ކަހަލަ ކުދި ކުދި މަސައްކަތްތަކެކެވެ. އަދި އެކަން އެހެން ހުއްޓާ މުޅި މަސައްކަތް އެއްކޮށް ހުއްޓިފައިވާކަމަށް ނާހިދު ފާހަގަކުރިއެވެ.

ނާހިދް ވިދާޅުވީ، ކުރީ ސަރުކާރުން ކުދި ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ކަންކަން ކޮށްދީފައިވާ ކަމަށެވެ. އަދި ރަށުގެ ބައެއް އާންމުން ބުނިގޮތުގައި މިސަރުކާރު އައިފަހުން ރަށުގެ ހާލަތު ވަނި ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ރައީސް ޞާލިހް ގެ ސަރުކާރުން ފަށާފައިވާ ކަންކަން ވެސް ދައުރު ދެބައިވާން ދާއިރު ނެފެށިހުރުމަކީ ކަންބޮޑުވާކަމެއް ކަމަށް އެރަށުމީހުން ބުނެއެވެ.

- ކޮމެންޓް