Advertisement
ކ. މާލެ
|
13 އޮކްޓޯބަރ 2025 | ހޯމަ 19:42
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ވާހަކަދައްކަވަނީ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ވާހަކަދައްކަވަނީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީގެ އިސްވެރިން އޭސީސީއަށް ހާޒިރުކުރަނީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން: ރައީސް އިބޫ
ކުރީގެ މިނިސްޓަރ އަމީރު، އަދި ކުރީގެ މިނިސްޓަރ ފައްޔާޒު ވަނީ އޭސީސީ އަށް ހަޒީރުކޮށްފައި
ރިފްއަތު ވިދާޅުވީ، އޭސީސީއަށް ހާޒިރުވާން ޖެހެނީ ކޮންއިރަކު ކަމެއް، އަދި ކޮން ކަމަކާއި ގުޅިގެން ކަމަށް އަދި ސާފެއް ނުވާ ކަމަށް
ސިޔާސީ ނުފޫޒުގަ ޖެހި ރައްޔިތުންގެ އިތުބާރު ގެއްލޭ މިޒާތުގެ ކަންކަން ނުކުރުމަށް އޭސީސީގެ ވެރިންނަށް އިލްތިމާސްކުރައްވާފައިވޭ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އިސްވެރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރަނީ، މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން އެމްޑީޕީގެ މެންބަރުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރާކާތެއް ގޮތުގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސް ސާލިޙް މިހެން ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އަށްވެސް އެސީސީގެ ތަޙުޤީޤަށް ހާޒިރުވާން އެންގުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މިއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި ސިޔާސީ ނުފޫޒުގަ ޖެހި ރައްޔިތުންގެ އިތުބާރު ގެއްލޭ މިޒާތުގެ ކަންކަން ނުކުރުމަށް އޭސީސީގެ ވެރިންނަށް އިލްތިމާސްކުރައްވާ ކަމަށް ރައީސް ސާލިޙް ވިދާޅުވި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކުރީގެ އޭޖީ ރިފްއަތު ވިދާޅުވީ، އޭސީސީއަށް ހާޒިރުވާން ޖެހެނީ ކޮންއިރަކު ކަމެއް، އަދި ކޮން ކަމަކާއި ގުޅިގެން ކަމަށް އަދި ސާފެއް ނުވެއެވެ.

ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ހޯމަ ދުވަހު ވަނީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް، އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީ އަށް ހާޒިރުކޮށްފަ އެވެ. އަދި އާދިއްތަ ދުވަހު މެންދުރު ފަހު ވަނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

މީގެ އިތުރުން ކުރީގެ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވެސް ވަނީ ބުދަ ދުވަހު އޭސީސީ އަށް ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވާފައެވެ.

އޭސީސީ ކުރީގެ މިނިސްޓަރުން ހާޒިރު ކުރަމުންދާއިރު ސިޔާސީ ތަހުގީގުތައް ހިންގާ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ އޭސީސީގެ ބޭރުގައި އިހުތިޖާޖު ކޮށްފައެވެ. އެ ގޮތުން އިހުތިޖާޖު ކުރި ފަރާތްތަކުން ވަނީ މިސަރުކާރުގެ ކަރަޕްޝަން އަމަލުތައް އޭސީސީ އިން ބެލުމަށް ފަސްޖެހިފައިވާ ކަމަށް ބުނެ ނުރުހުން ފާޅު ކޮށްފައެވެ.

- ކޮމެންޓް