Advertisement
ކ. މާލެ
|
18 ޖުލައި 2025 | ހުކުރު 18:20
ފުނަދޫ ފެނަކަ ކޯޕްރޭޝަންގެ ބްރާންޗު
ފުނަދޫ ފެނަކަ ކޯޕްރޭޝަންގެ ބްރާންޗު
ރާއްޖެއެމްވީ
ފުނަދޫ ކަރަންޓުގެ މައްސަލަ
ފުނަދޫ ކަރަންޓު މައްސަލަ ހައްލު ކުރަން ގެންދިޔަ ޓްރާންސްފޯމަރު ބޭނުން ނުކޮށް މަގުމަތީގައި ހުންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސް
2022 ވަނަ އަހަރު ކަރަންޓުގެ ޚިދުމަތް ދިނުމަށް ސަރުކާރާ ހަވާލުކުރިފަހުން ހާލަތު ދަނީ ދަށަށް
މިހާތަނަށް ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް އެއްވެސް ކަމެއް ކޮށްފައިނުވޭ
ކަރަންޓުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބޭނެ ދުވަހެއް ބުނަން ނޭނގޭ

ށ.ފުނަދޫ ކަރަންޓު މައްސަލަ ހައްލު ކުރަން ގެންދިޔަ ޓްރާންސްފޯމަރު ބޭނުން ނުކޮށް މަގުމަތީގައި ހުންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އެރަށު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވީ ފުނަދޫއަށް ވަރަށް ބޮޑަށް ކަރަންޓުގެ މައްސަލަ ދިމާވަމުންދާ ކަމަށާއި، 2022 ވަނަ އަހަރު ކަރަންޓުގެ ޚިދުމަތް ދިނުމަށް ސަރުކާރާ ހަވާލުކުރިފަހުން ހާލަތު ދަނީ ދަށަށް ކަމަށެވެ.

މިސަރުކާރުގައި ހެޔޮ ބަދަލެއް ގެންނާނެ ކަމަށް އުންމީދުކުރި ނަމަވެސް މިހާތަނަށް ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް އަހުމަދު ވިދާޅުވިއެވެ. އެންމެ ބޮޑަށް ކަރަންޓުގެ މައްސަލަ ދިމާވަނީ ދެކުނުކޮޅު އަވަށަށް ކަމަށާއި، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އުޅެނީ ވަރަށް ހާލުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ގެނައި ޓްރާންސްފޯމަރުތައް މިހާތަނަށް ގުޅިފައިނުވާކަން ފާހަގަކުރައްވައި އަހުމަދު ވިދާޅުވީ މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި، ޓްރާންސްފޯމަރު ބޭނުން ނުކޮށް މަގުމަތީގައި ހުންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމަށް ހަވަރަކަށްފަހު ފެނަކައާ ބައްދަލުކޮށްފައިވާ ކަމަށާއި، މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ބުނެ، އެކި ތާރީހުތައް ދީފައިވާ ކަމަށް އަހުމަދު ވިދާޅުވިއެވެ.

ފުނަދޫ ކަރަންޓުގެ ހާލަތަކީ އަޅުގަނޑު ދެކޭ ގޮތުގައި 2022 ވަނަ އަހަރު އޯގަސްޓުގައި އަޅުގަނޑުމެން ރައްޔިތުން ކަރަންޓުގެ ޚިދުމަތް ދިނީ. ރާއްޖޭގައި އެންމެފަހުން ސަރުކާރާ އިންޖީނުގެ ހަވާލުކުރި ރަށަކަށްވާނެ ފުނަދޫ. އަޅުގަނޑުމެން ހަވާލުކުރިއިރު އެތާގައި ހަމަގައިމުގެ 4 ސެޓް ޖަނަރޭޓަރު ހުންނާނެ. އެހެންނަމަވެސް މިހާރު އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ ދެ ސެޓް ބޭނުންކުރެވޭ ކަމަށް އެނގޭތޯ. އެހެންނަމަވެސް ކަރަންޓުގެ ހާލަތަކީ އަބަދުވެސް ކަރަންޓު ތަރައްގީ ކުރަންޖެހޭ އެއްޗަކަށްވާތީ އެކަން ކުރައްވަން ޖެހޭނެ. ނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު ސަރުކާރަށް ދެއަހަރުވެގެންދާއިރު ވަރަށް އުންމީދާއެކު ގެނައި ސަރުކާރެއް އެހެންވީމަ މިވާހަކަ ދައްކަން ބޭނުންވަނީ.

ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު

އަހުމަދު ވިދާޅުވީ ކަރަންޓުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ.

ފުނަދޫއަކީ 2800އެއްހާ މީހުންގެ އާބާދީއޮތް ރަށެކެވެ.

- ކޮމެންޓް