ކ. މާލެ
|
12 ޖުލައި 2025 | ހޮނިހިރު 18:27
އެމެރިކާގެ އަސްކަރީ އުޅަނދެއް
އެމެރިކާގެ އަސްކަރީ އުޅަނދެއް
ރޮއިޓަރސް
އެމެރިކާ-ނޯވޭ
ނޯވޭ އަށް، 2.6 ބިލިއަން ޑޮލަރުގެ ހެލިކޮޕްޓަރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި
އެމެރިކާގެ ޑިފެންސް ސެކިއުރިޓީ ކޯޕަރޭޝަން އެޖެންސީ (ޑީއެސްސީއޭ) އިން ބުނެފައި ވަނީ މި ވިޔަފާރީގެ ސަބަބުން ނޯވޭގެ އެއާބޯން ކޮމްބެޓް އަދި ސްޕެޝަލް އޮޕަރޭޝަންތަކުގެ ޤާބިލުކަން އިތުރުވެ، މިހާރު އަދި މުސްތަޤުބަލުގައި ކުރިމަތިވާނެ ނުރައްކާތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރު ވެގެން ދާނެ ކަމަށް.

ނޯވޭ އަށް، 2.6 ބިލިއަން އެމެރިކާގ ޑޮލަރުގެ އެޗްއެޗް-60 ޑަބްލިއު ކޮމްބެޓު ރެސްކިއު ހެލިކޮޕްޓަރާއި އެހެނިިހެން އާލާތް ވިއްކުމަށް އެެމެރިކާ ސަރުކާރުން ހުއްދަ ދީފި އެވެ.

އެމެރިކާ ސަރުކާރުން މި ހުއްދަ ދީފައި ވަނީ ހުކުރު ދުވަހު އެވެ. ރަޝިޔާއާ އިންވެގެން އޮންނަ، ނޭޓޯގެ ބައިވެރިއެއް ކަމަށްވާ ނޯވޭ އަށް މި ވިޔަފާރި ކުރުމުގެ ހުއްދަ ދީފައި ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުންނެވެ.

އެމެރިކާގެ ޑިފެންސް ސެކިއުރިޓީ ކޯޕަރޭޝަން އެޖެންސީ (ޑީއެސްސީއޭ) އިން ބުނެފައި ވަނީ މި ވިޔަފާރީގެ ސަބަބުން ނޯވޭގެ އެއާބޯން ކޮމްބެޓް އަދި ސްޕެޝަލް އޮޕަރޭޝަންތަކުގެ ޤާބިލުކަން އިތުރުވެ، މިހާރު އަދި މުސްތަޤުބަލުގައި ކުރިމަތިވާނެ ނުރައްކާތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރު ވެގެން ދާނެ ކަމަށެވެ.

ޑީއެސްސީއޭ އިން އިތުރަށް ފާހަގަ ކޮށްފައި ވަނީ ނޯވޭ އިން މި އުޅަނދުތައް ބޭނުން ކުރާނީ ނޭޓޯގެ އެހެން މެމްބަރުންނާއި، އެހެނިގެން އެކުވެރިން ދިފާއު ކުރުމަށް ކަމަށެވެ. މި އުޅަނދުތަކާއި ޚިދުމަތްތައް ނޯވޭގެ ހަތިޔާރުވެރި ބާރުތަކަށް އެއްކޮށްލުމުގައި އެއްވެސް ދަތިތަކެއް ދިމާ ނުވާނެ ކަމަށް ވަނީ ބުނެފަ އެވެ. 

މި ވިޔަފާރި ފުރިހަމަ އަށް ނިމުމުގެ ކުރިން އެމެރިކާގެ ކޮންގްރެސްގެ ހުއްދަ ބޭނުންވެ އެވެ. އެގޮތުން ހުކުރު ދުވަހު ޑީއެސްސީއޭ އިން ވަނީ ކޮންގްރެސް އަށް ބޭނުންވާ ނޯޓިފިކޭޝަން ފޮނުވާފަ އެވެ.

- ކޮމެންޓް