ބައިނަލްއަގްވާމީ ޣައްޒާ ފޯސް (އައިއެސްއެފް) ގެ މެންޑޭޓާ ގުޅޭ ގޮތުން އދ ގެ ސެކިއުރިޓީ ކައުންސިލްގައި މަޝްވަރާތައް ފަށަން ނިންމައިފި އެވެ.
އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ އަލްއަރަބިއްޔާގައި ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާގެ ސުލްހައިގެ ޕްލޭން އެންޑޯސްކޮށް، ޓްރާންސިޝަނަލް ގަވަރނަންސް ބޮޑީއަކާއި ބައިނަލްއަގްވާމީ ސްޓެބިލައިޒޭޝަން ފޯސްއަކަށް ދެ އަހަރުގެ މެންޑޭޓެއްގެ ހުއްދަ ދިނުމަށް އެމެރިކާއިން ޑްރާފްޓްކޮށްފައިވާ ގަރާރެއްގެ މަޝްވަރާތައް އދ ގެ ސަލާމަތީ މަޖިލީހުން ފަށާނެ އެވެ.
އެމެރިކާއިން ބުދަ ދުވަހުގެ ރޭ ދަންވަރު ކައުންސިލްގެ 15 މެމްބަރުންނަށް ރަސްމީކޮށް ގަރާރުގެ ޑްރާފްޓް ފޮނުވާފައިވާއިރު، އެ ލިޔުމަށް މިސްރާއި ގަތަރާއި ސައުދީ އަރަބިއްޔާއާއި ތުރުކީ އަދި ޔޫއޭއީގެ ތާއީދު އޮތް ކަމަށް ބުނެފައިވެ އެވެ.
ކައުންސިލްގެ ގަރާރެއް ފާސްކުރުމަށް މަދުވެގެން ނުވަ ވޯޓު ބޭނުންވެ އެވެ. އަދި ރަޝިޔާ، ޗައިނާ، ފްރާންސް، އިނގިރޭސިވިލާތް ނުވަތަ އެމެރިކާ އިން ވީޓޯގެ ބާރު ބޭނުންކޮށްގެން ނުވާނެ އެވެ. ޑްރާފްޓް ޓެކްސްޓަށް ވޯޓަށް އަހާލެވޭނީ ކޮން އިރަކުތޯ ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ އަވަހަށް ހަރަކާތްތެރިވި ވަރަކަށް ރަނގަޅުވާނެ ކަމަށައި، ބަލަނީ ހަފްތާ ތެރޭގައިވާނެ ކަމަށެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ބައިނަލްއަގްވާމީ ބާރު "ވަރަށް އަވަހަށް" ޣައްޒާއަށް ފޮނުވާނެ ކަމަށެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ފާހަގަކުރެއްވި ގޮތުގައި ސިފައިން ކޮންޓްރިބިއުޓް ކުރުމަށް ވޮލަންޓިއަރކޮށް މަސައްކަތްކުރާ ޤައުމުތަކަށް އެކަން ކުރެވޭނެ ގޮތް ހެދުމަށްޓަކައި އދ.ގެ މެންޑޭޓް ބޭނުންވެ އެވެ.
ރޮއިޓާސް އިން ބުނީ އެ ޑްރާފްޓް ގަރާރުގައި ބޯޑް އޮފް ޕީސްގެ ޓްރާންސިޝަނަލް ގަވަރނަންސް އެޑްމިނިސްޓްރޭޝަނަކަށް ޣައްޒާގައި ވަގުތީ އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސްއެއް އުފެއްދުމުގެ ހުއްދަ ލިބިގެންދާނެ އެވެ.
އާންމުންނާއި އިންސާނީ އެހީގެ އޮޕަރޭޝަންތައް ހިމާޔަތްކުރުމާއި، އިސްރާއީލާއި މިޞްރާއި ބޯޑަރު ސަރަހައްދުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމާއި، “އަލަށް ތަމްރީނުކޮށްފައިވާ ފަލަސްތީނުގެ ފުލުހުންގެ ބާރެއް” އައިއެސްއެފްއަށް ލިބިގެންދާނެއެވެ.
އައިއެސްއެފް އިން ޣައްޒާގެ ސަލާމަތީ ކަންކަން ހަމައަކަށް އަޅުވާ، އަސްކަރީ، ޓެރަރިޒަމް އަލުން އިއާދަވުން ހުއްޓުވައި، ދައުލަތް ނޫން ހަތިޔާރު އެޅި ޖަމާއަތްތަކުން ހަތިޔާރު ދާއިމީކޮށް ބެހެއްޓުމަށް ކުރެވޭ މަސައްކަތް ހިމެނެ އެވެ.
އޮފިޝަލް ވިދާޅުވީ އދ ގެ ގަރާރުގެ ޑްރާފްޓުގައި ހަމާސްގެ ހަތިޔާރު ނައްތާލުމުގެ ބާރު އައިއެސްއެފްއަށް ލިބިފައިވާ ކަމަށާއި ނަމަވެސް އެމެރިކާއިން އަދިވެސް އުންމީދު ކުރަނީ ހަމާސްއިން ހަތިޔާރު ދޫކޮށްލާނެ ކަމަށެވެ. ނަމަވެސް ހަމާސްއިން ޣައްޒާގައ ހަތިޔާރު ނައްތާލައި އަސްކަރިއްޔާ ނައްތާލުމަށް އެއްބަސްވާނެ ކަމެއް ނުވަތަ ނޫން ކަމެއް ނުބުނެ އެވެ.
އެމެރިކާގެ އިސް އޮފިޝަލް ވިދާޅުވީ އައިއެސްއެފްގައި ގާތްގަނޑަކަށް 20،000 ސިފައިންނަށް ހިމެނޭނެ އެވެ. ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ސިފައިން ޣައްޒާއަށް ފޮނުވަން ނިންމިއިރު، އިންޑޮނޭޝިއާ، ޔޫއޭއީ، މިސްރު، ގަތަރު، ތުރުކީ އަދި އަޒަރުބައިޖާންއާ ވެސް ޙިއްޞާ ކުރުމަށް ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އައިއެސްއެފްއަށް ސިފައިން ކޮންޓްރިބިއުޓް ކުރަން ވަކި ގައުމަކުން އިސްރާއީލުން ބާތިލްކޮށްފައިވާ ކަމެއް ނޭނގޭ ކަމަށެވެ. ނަމަވެސް އެމެރިކާގެ ސުލްހައިގެ ޕްލޭންގެ ދަށުން ޣައްޒާގައި ތިބި ތުރުކީގެ ހަތިޔާރު އެޅި ސިފައިން ބަލައިނުގަންނާނެ ކަމަށް އިޒްރޭލުން ވަނީ މިދިޔަ މަހު ބުނެފަ އެވެ.
އިސްރާއީލާއި ހަމާސް އިން މީގެ މަހެއްހާ ދުވަސް ކުރިން އެއްބަސްވީ ޓްރަމްޕްގެ 20 ނުކުތާގެ ޕްލޭންގެ ފުރަތަމަ މަރުހަލާ އާއި ދެ އަހަރުގެ ހަނގުރާމަ ހުއްޓާލުމާއި ރަހީނު ދޫކޮށްލުމުގެ އެއްބަސްވުމަށެވެ. އެ 20 ނުކުތާގެ ޕްލޭން ވަނީ ސެކިއުރިޓީ ކައުންސިލްގެ ރެސިލިއުޝަންގައި ވެސް ހިމަނާފަ އެވެ.