ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފިއެވެ.
ބައެއް މަސްދަރުތަކުން މައުލޫމާތު ލިބޭގޮތުގައި އީރާނުން ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް 6 މިސައިލް ހަމަލާދިފައިވެއެވެ. މިއާއެކު ގަތަރުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވެއެވެ.
❗️ Qatar fires air defense to intercept Iranian missiles https://t.co/QtZToWTeoR pic.twitter.com/AjOsEcy3Dg
— RT (@RT_com) June 23, 2025
މި ހަމަލާ ދީފައިވަނީ އެމެރިކާއިން އީރާނުގެ ނިއުކުލިއަރ މަރުކަޒުތަކަށް ދިން ހަމަލާގެ ބަދަލުގައި ދިން ހަމަލާއެކެވެ.
އީރާނުގެ ދައުލަތުގެ މީޑއާއިން މީގެ ކުޑައިރުކޮޅެއް ކުރިން ބުނެފައިވަނީ މިއީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމަށް ފެށި އޮޕަރޭޝަނެއް ކަމަށާއި، މި އޮޕަރޭޝަނުގެ ނަމަކީ "އޮޕަރޭޝަން ބައްޝާރަތް އަލް-ފަތް" ކަމަށެވެ.
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ހަމަލާދީފައިވާއިރު، އެ ސަރަހައްދުގެ ގައުމުތަކުގައި ހުންނަ އެމެރިކާގެ އެހެން އަސްކަރީ ބޭސްތަކުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައެވެ.
އެގޮތުން ޔޫއޭއީ އަދި އިރާގުން އަންނަނީ ހާލަތު ގާތުން ބަލަމުންނެވެ. މީގެ އިތުރުން އެލާޓަށް ގެނެސް ސައުދީގެ ވައިގެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ހަމަލާތަކާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރުކޮޅެއްގެ ތެރޭގައި ނެޝަނަލް ސެކިއުރިޓީ ޓީމާއި ވައިޓް ހައުސްގައި ބައްދަލުކުރައްވާނެއެވެ.
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭހަށް ދިން ހަމަލާގެ ތަފްސީލެއް އަދި ލިބިފައި ނުވެއެވެ.