ކ. މާލެ
|
28 މާރޗް 2025 | ހުކުރު 00:34
ފިތުރު ޒަކާތް ބަލައިގަތުން
ފިތުރު ޒަކާތް ބަލައިގަތުން
ރާއްޖެއެމްވީ
ފިޠުރު ޒަކާތް
ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް 4500 ރުފިޔާ ފިޠުރު ޒަކާތުގެ ގޮތުގައި ލިބޭނެ
މިއީ ފާއިތުވި ފަސް އަހަރު ތެރޭ އެންމެ ގިނައިން ޒަކާތް ބަލައިގަތް އަހަރު

1446 ވަނަ އަހަރު ފިޠުރު ޒަކާތް ބަހަނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އެއް ހަމައަކުން ކަމުގައި ކަމަށާއި މިގޮތުން ދަފްތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް 4500 ރުފިޔާއިން ފިޠުރު ޒަކާތް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެމިނިސްޓްރީން ބުނީ މިބަދަލަކީ ޒަކާތުގެ މަޤުޞަދުގައި ހިމެނޭ އިޖްތިމާޢީ އަދާލަތު ޤާއިމުކުރުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށެވެ.

މީގެ ކުރިން މިކަން ކުރާ ގޮތަކީ އެރަށަކުން ލިބޭ އެއްޗެެއް އެކަނި އެރަށަކަށް ލިބޭ އުސޫލުން ކަމަށާއި މިހާރު ތަފާތަކީ މުޅިރާއްޖެއަކީ އެއްބައެއް ކަމުގައި ބަލައި އެގޮތުގެ މަތިން އެއް ހަމައަކުން ބެހުން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިއީ ރާއްޖޭގެ ފިޠުރު ޒަކާތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގެނެވުނު މިފަދަ ބަދަލު ކަމަށާއި މިއަހަރު ފިޠުރު ޒަކާތަށް މިވަގުތާ ހަމައަށް 12.4 މިލިއަން ރުފިއާ ލިބިފައިވާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

2025 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަނެފައިވާ ތަކެތި ފަޤީރުންނާއި މިސްކީނުންނަށް ދޫކުރުމުގެ މަސައްކަތް ހުކުރު ދުވަހު ފަށާނެ ކަމަށްވެސް ޒަކާތު ހައުސް އިން ވަނީ ބުނެފައެވެ.

މިއީ ފާއިތުވި ފަސް އަހަރު ތެރޭ އެންމެ ގިނައިން ޒަކާތް ބަލައިގަތް އަހަރު ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

- ކޮމެންޓް