ކ. މާލެ
|
14 މާރޗް 2025 | ހުކުރު 19:10
މާޒް ސަލީމް ފުލުހަށް ހާޒިރު ކުރުން 14-03-2025
މާޒް ސަލީމް ފުލުހަށް ހާޒިރު ކުރުން 14-03-2025
ރާއްޖެއެމްވީ
މާޒް ސަލީމް ފުލުހަށް ހާޒިރުކުރުން
ކުރީ ވަރަށް އަނިޔާވެރި ސުވާލުތަކެއް، ތުހުމަތުތަކަށް އިންކާރު ކުރަން: މާޒް ސަލީމް
މާޒް ސަލީމް އަކީ މައުސޫފް ފަރާތެއް
ސަރުކާރުން ކުރާ ގޯސް ކަންތައްތަކުގެ ވާހަކަތައް ދައްކާނެ
މުޒާހަރާއަށް ނުކުމެ ދައްކާ ވާހަކަތަކުން ސަރުކާރުން ބިރު ގަނޭ

ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް)އަށް ކޮށްފައިވާ ތުހުމަތުތަކަށް އޭނާ އިންކާރުކުރައްވައިފި އެވެ.

ހުކުރު ދުވަހުގެ 4:00 ށް އޭނާ ވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައެވެ. ސަލީމް ފުލުހަށް ހާޒިރު ކުރުމަށް ފޮނުވި ޗިޓުގައި ބުނެފައިވަނީ މާރޗް 12 ވީ ބުދަ ދުވަހުގެ ރޭ މާލޭގައި ސަލީމާއި އިތުރު ބަޔަކު ބައިވެރިވެގެން، ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ޚިލާފަށް މާލޭ ސިޓީގެ އެކި މަގުތަކަށް އެއްވެ، އަޑުގަދަކޮށް އާއްމު ދަތުރުފަތުރަށް ހުރަސް އަޅާ އާއްމު މަސްލަހަތު ނަގާލަން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. ސަލީމް ފުލުހަށް ހާޒިރުކުރަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އޭނާ އާއި ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށް ވެސް އެ ޗިޓުގައި ވަނީ ބުނެފަ އެވެ.

މި މައްސަލާގައި ފުލުހަށް ބަޔާން ދިނުމަށްފަހު ނުކުމެ ވަޑައިގެން ސަލީމްގެ ގާނޫނީ ވަކީލް ޝަން އަނީސް ވިދާޅުވީ ފުލުހުން ސުވާލު ކޮށްފައިވަނީ ވަރަށް ފުޅާކޮށް ކަމަށާއި، ހަގީގަތަށް ކަން ހިނގާފައިވާ ގޮތަށް ކިޔައިދީފައިވާ ކަމަށެވެ. އަދި ސަލީމްއަކީ މި މައްސަލާގައި މައުސޫމް ފަރާތެއް ކަަމަށެވެ.

ވަރަށް ފުޅާކޮށް، އަޅުގަނޑުމެންނާ ސުވާލު ކުރެވިފައިމިވަނީ. އަޅުގަނޑުމެން ދެން ވަރަށް ތެދުވެރިކަމާއެކު ސީދަލަށް އަޅުގަނޑުމެން ހަގީގަތަށް ކަން ހިނގާފައިވާ ގޮތް ފުލުހުންނަށް ދަންނަވާލާފަައިވާނެ. ފުލުހުންނަށް ސާފުކޮށްދިނިން މުވައްކިލުގެ ފަރާތުން ކުށަކަށް އަރައިގަނެފައިނުވާނެ ކަމާއި، އަޅުގަނޑުގެ މުވައްކިލަކީ މިކަމުގައި މައުސޫމް ފަރާތެއްކަން.

ސަލީމްގެ ގާނޫނީ ވަކީލް ޝަން އަނީސް

މި މައްސަލައާ ގުޅިގެން ސަލީމް ވިދާޅުވީ ސަރުކާރުން ކުރާ ގޯސް ކަންތައްތަކުގެ ވާހަކަތައް ދައްކާނެ ކަމަށާއި، އެކަންކަން ރައްޔިތުންނަށް ހާމަކުރާނެ ކަމަށެވެ. އަދި މުޒާހަރާއަށް ނުކުމެ ދައްކާ ވާހަކަތަކުން ސަރުކާރުން ބިރު ގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އަނިޔާވެރި ސުވާލުތަކެއް ކޮށްފައިވާކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ ހަޑިހުތުރު އެއްޗެހި ކިޔަފައިވާ ކަމަށް ތުހުމަތުކޮށްފައިވާ ކަމަށެވެ.

އަޅުގަނޑަށް ކޮށްފައިއޮތީ ވަރަށް އެހެން ކަހަލަ ސުވާލުތަކެއް. އަނެހެން ބުނަންޏާ ވަރަށް އަނިޔާވެރި ސުވާލުތަކެއްކޮށްފައި އޮތީ. ވަރަށް ބޮޑެތި އިލްތިޒާމްތަކެއް އަޅުވާފައި އޮތީ. ދެން ހަގީގަތުގައި އެސުވާލުކުރަން ތިބި ކުދިން ވެސް ތިބީ ވަރަށް ބޮޑަށް އުދަނގޫވެފައި. އަޅުގަނޑު ކަހަލަ މީހަކާ އެފަދަ ސުވާލުތަކެއް ކުރަންވީމަ. ދެން އެނގޭ ސިޔާސީ ގޮތުން ސަރުކާރުން މަރަށް ތެޅޭ ގަޑީގައި މި ހުރިހާ ކަމެއް ހިނގާނެތާ. ފުލުހުންގެ މުއައްސަސާގައި ތިބޭ މަސައްކަތް ކުރާ ކުދިންނަށް ޕްރެޝަރ ކޮށްގެން އަޅުގަނޑުމެން ކަހަލަ މީހުން މިތަނަށް ގެނެސްގެން ހަމަ ބިރު ދެއްކުމުގެ ނިޔަތުގައި މިކަން ކުރަނީ. އެއީ އަސްލު ހަގީގަތުގައި މިކަން ކުރާ ގޮތަކީ.

ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް

ސަލީމް ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި، މިކަމުގައި ސަރުކާރުން ފަހަތަށް ޖެހެން މަޖުބޫރުވާނެ ކަމަށެވެ.

- ކޮމެންޓް