ދިވެހި ރާއްޖޭގައި ބަޖެޓު ކަނޑައެޅިގެން ހިންގާ މުއައްސަސާތަކުގެ ތެރޭގައި އެންމެ ރަނގަޅަށް ދެފުށް ފެންނަ ގޮތައް ހިނގަނީ ކައުންސިލްތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ޒިޔާދު ވިދާޅުވީ، ކައުންސިލްތަކުގައިވެސް މައްސަލަ ހުންނާނެ ކަމަށާއި އެހެން ނަމަވެސް ބައެއް ކައުންސިލްތައް ވަރަށް ރަނގަޅަށްވެސް ހިނގާކަމަށެވެ. އަދި ދިވެހި ރާއްޖޭގައި ވެރިކަން ކުރާ ވެރިން ބޭނުންވަނީ މާލޭގައި ދިވެހިން ގަނަ ތަޅުވަން ކަމަށާއި އެކަމުގެ ފައިދާތަކެއް ވެރިންނަށް ކުރާކަން ޒިޔާދު ފާހަގަ ކުރެއްވި އެވެ.
މިސާލަކަށް ގޯތި ފުލެޓް ލިބުނު ފަރާތްތަކުން ރައީސް މުޢިއްޒަށް ވޯޓު މިފަހަރު އެ ދެއްވި، ގޯތި އޮތީ ލިބިފައި އެ އިންގޮތައް ދޭނަމޭ އެއަށްވުރެން މާ ރަނގަޅު ކޮށްދޭނަމޭ، ކުރިން ހަބުރިއަށް ނޫންހޭ މިފަހަރު ބާރަ ބުރިއަށް ނެގޭނޭ ބުނީމަ އެއްކަލަ ގޯތި ލިބުނު މީހާވެސް ވޯޓު ދެނީ، މިއަދު އޭތި ބަދަލުވެގެން މި އަންނަނީ.
މެންބަރު ޒިޔާދު![]()
ޒިޔާދު ވިދާޅުވީ އެމްޑީޕީން އޭރު މަސައްކަތް ކުރަމުން ދިޔައީ ޖަޒީރާ މެނިފެސްޓޯއެއްގައި ކަމަށާއި 2022 އާއި 2023 ގެ ބަޖެޓުގައި 148 ރަށުގައި ފެނާއި ނަރުދަމާ އަޅަން ނިންމި ކަމަށެވެ. އަދި އެންމެ އަސާސީ ކަންކަމުގެ ވާހަކަ ދައްކާއިރު ރާއްޖޭގެ ތިން ވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ ހދ. ގައި ނަރުދަމާ އަޅާފަ އޮތީ އެންމެ ތިން ރަށުގައި ކަން ޒިޔާދު ފާހަގަކުރެއްވި އެވެ. އެއީވެސް މާލެ ހިޖުރަ ކުރަންޖެހޭ ސަބަބެއްކަމަށާއި އާބާދީގެ ބޮޑުބައި އުޅެނީ ސާފު ބޯފެން ނުލިބި ކަމަށް ޒިޔާދު ވިދާޅުވި އެވެ.
ކައުންސިލްތައް އޮޑީޓް ކުރަނީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ގޮތަކަށް ނޫންކަމަށާއި ކައުންސިލްތަކުގެ އޮޑިޓް ރިޕޯޓު ސާފުވެފަ މާ ރަނގަޅުވާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ. އަދި ކައުންސިލްތަކުން ރައްޔިތުންގެ ބައްދަލުވުންތައްވެސް ބަރާބަރަށް ބާއްވާ ކަން ޒިޔާދު ފާހަގަކުރެއްވި އެވެ.
ޒިޔާދު ވިދާޅުވީ ކައުންސިލްތަކަށް އެ ގެނައި ބަދަލުން އަދި ނަތީޖާއެއްނު ނުލިބިގެން މުޅި ގާނޫނު ބަދަލުކުރާވަރު ނުވާކަމަށެވެ. އަދި ފައިސާ ހޯދައިގެން ވިޔަފާރިކުރަން ލިބުނު ކުރު މުއްދަތު ތެރޭގައި ކައުންސިލްތަކުން ވަރަށް ބޮޑު ކާމިޔާބީއެއް ހޯދައިފިކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.
ބޯފެނާއި ނަރުދަމާގެ ކަންތައް އަދިވެސް ނުނިމި އެއޮތީ އެހެން ނަމަވެސް ގާނޫނެއްގައި އަޅުގަނޑުމެން ލިޔުނިން 2025 ގެ އޮގަސްޓު ގެ ނިޔަލަށް ނިންމަންޖެހޭ ކަމަށް، އެ ގާނޫނު އެހެން އޮއްވާ އަނެއްކާ އިސްލާހެއް މިކުރަނީ 2027 ގައޭ ފެނާ ނަރުދަމާ ނިންމަން ވާނީ. އެއާ ދެކޮޅަށް އަޅުގަނޑުމެން ވޯޓު ލީމަ މިބުނަނީ އެމްޑިޕީގެ މީހުން ދެކޮޅޭ ނަރުދަމާ އެޅުމާ، ވަރަށް ސާފުކޮށް ފެނިފަ ލިޔެފަ ހުރި އެއްޗެހި މީ
މެންބަރު ޒިޔާދު![]()