Advertisement
ކ. މާލެ
|
19 އޯގަސްޓް 2025 | އަންގާރަ 19:08
އައްޑޫ ސިޓީ އަށް ވަޑައިގަތުމަށް އެދި ރައީސް ސާލިހް އަށް އެ ސިޓީގެ މޭޔަރ ދައުވަތު އަރުވަނީ
އައްޑޫ ސިޓީ އަށް ވަޑައިގަތުމަށް އެދި ރައީސް ސާލިހް އަށް އެ ސިޓީގެ މޭޔަރ ދައުވަތު އަރުވަނީ
ރާއްޖެއެމްވީ
ރައީސް ސާލިހް
ލާމަރުކަޒީ ނިޒާމް ފައްކާ ކުރުމަށް ރައީސް ސާލިހް ކުރެއްވި މަސައްކަތައް އައްޑޫ ސިޓީ އިން އެވޯޑެއް އަރުވަނީ
އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުން ރައީސް ސާލިހް އައްޑޫ ސިޓީގެ ތަރައްގީ އަށް ކޮށްދެއްވި ޚިދުމަތް ބަލައިގަން ކަމަށް މޭޔަރ ވިދާޅުވި
އައްޑޫ ސިޓީގެ މޭޔަރ ވަނީ ރައީސް ސާލިހް އެ ސިޓީއަށް ވަޑައިގަތުމަށް ދައުވަތު އަރުވާފަ
ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތާމެދު ރައީސް ސާލިހް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ

ލާ މަރުކަޒީ ނިޒާމް ފައްކާ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ކުރެއްވި މަސައްކަތްޕުޅު ފާހަގަ ކޮށް އައްޑޫ ސިޓީ އިން އެމަނިކުފާނަށް އެވޯޑެއް އެރުވުމަށް ނިންމައިފިއެވެ.

މިކަން ހާމަ ކުރެއްވީ، އެސިޓީގެ މޭޔަރ އަލީ ނިޒާރު އަންގާރަ ދުވަހު ރައީސް ސާލިހް އާ އެކު ބޭއްވެވި ބައްދަލު ކުރެެއްވުމެއް ގައެވެ.

ކުރީގެ ރައީސް ގެ އޮފީހުގައި އޮތް މި ބައްދަލު ކުރެއްވުމުގައި މޭޔަރުގެ އަރިހުގައި އައްޑޫ ސިޓީގެ ބައެއް ކައުންސިލަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

މި ބައްދަލު ކުރެއްވުމުގައި އައްޑޫ ސިޓީގެ މޭޔަރ ވަނީ ރައީސް ސާލިހް އެ ސިޓީ އަށް ވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ.

ރައީސް ސާލިހް ވަނީ އެ ދައުވަތު ގަބޫލު ކުރައްވާފައެވެ.

މޭޔަރު ނިޒާރު ވިދާޅުވީ، މާލެ ފިޔަވާ ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތް އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުން ރައީސް ސާލިހް އައްޑޫ ސިޓީގެ ތަރައްގީ އަށް ކޮށްދެއްވި ޚިދުމަތް ބަލައިގަންނަ ކަމުގައެވެ.

މި ބައްދަލުވުމުގައި ލާމަރުކަޒީ ނިޒާމު "ފުނޑާލުމަށް" މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތާ މެދު ރައީސް ސާލިހް ވަނީ ކަންބޮޑު ވުން ފާޅު ކުރައްވާފައެވެ.

ފ.މަގޫދޫ ކައުންސިލުގެ ދައުވަތަކަށް އެ ރަަށަށް ވަޑައިގެން އެ ރަށު ކައުންސިލް އިން ތަރައްޤީ ކޮށްފައިވާ ބައެއް ބިނާތައް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ދެން އުފެދޭނީ އެމްޑީޕީ ގެ ސަރުކާރެއް ކަމަށާއި، ކައުންސިލް ތަކަށް އިހު އޮތް ބާރުވެރިކަން އެމްޑީޕީ އިން ދޭނެ ކަމަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ރައީސް ސާލިހް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް